އައިވަރީ ކޯސްޓްގައި މިނިސްޓަރުންގެ މުސާރައިން%50 އުނިކުރަނީ
އައިވަރީ ކޯސްޓްގައި މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ މެނޭޖަރުންގެ މުސާރައިން ދެބައިކުޅަ އެއްބައި އުނިކުރަން ހަމަޖެހިއްޖެއެވެ.
އެ ޤައުމުގެ ބޮޑު ވަޒީރު ގުއިލައުމެ ސޯރޯ ވިދާޅުވީ މިދާޅުވީ މިކަމުގެ ސަބަބުން އެ ޤައުމުގެ ތެލުގެ އަގު ހެޔޮވެގެންދާނެކަމަށެވެ. “ރައްޔިތުންގެ ރުއިމުގެ އަޑު އިވުމަށްފަހު ތެލުގެ އަގު ހެޔޮކުރަން ސަރުކާރުން ނިންމައިފި” ސޯރޯ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވިގޮތުގައި ސަރުކާރު ހިންގުމުގެ ޚަރަދުތައްވެސް ކުޑަކުރަން ހަމަޖެހިފައިވެއެވެ.
ޖުލައި މަހުގެ 7ވަނަ ދުވަހު އައިވަރީ ކޯސްޓްގައި ޑީސަލްގެ އަގު % 44 އަދި ޕެޓްރޯލްގެ އަގުން % 29 ވަނީ ބޮޑުކޮށްފައެވެ.