ކަމާރޯގެ އާ މޮޑެލްއެއް 2010 ގައި ބާޒާރަށް ނެރެނީ

ޖުލައި 23، 14:47 0 ޚިޔާލު

ކަމާރޯ ގެ އައު މޮޑެލްއެއް 2010 ވަނަ އަހަރު ބާޒާރަށް ނެރޭނެކަމުގައި ކާރު އުފައްދާ އެމެރިކާގެ އެންމެ ބޮޑު ކުންފުނި ކަމުގައިވާ ޖެނެރަލް މޮޓޯސްއިން ބުނެފިއެވެ.

ޖެނެރަލް މޮޓޯސްއިން މިކަން މި މިޢުލާން ކުރީ އެ ކުންފުނީގެ ޓްރަކާއި އެސް.ޔޫ.ވީ. އުފައްދާ 4 ފެކްޓަރީ ބަންދުކުރާނެކަމަށާއި އަދި ހަމަރ ބްރޭންޑް ވިއްކާލާނެކަމަށް ބުނިތާ މާގިނަދުވަހެއް ނުވަނީހެވެ.

މި އައު މޮޑެލް އުފެއްދުމުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހު ކެނެޑާގެ އޮޝާވާ ޕްލާންޓްގައި ފަށާއިރު އޭގެ އަހަރެއް ފަހުން ބާޒާރަށް މިކާރު ނެރޭނެކަމަށް ޖެނެރަލް މޮޓޯސް ކުންފުނިން ބުނެއެވެ.

ކަމާރޯގެ އައު މޮޑެލް އަކީ ތެލުގެ ޚަރަދު ކުޑަ ކާރަކަށް ވާނެކަމަށް ޖެނެރަލް މޮޓޯސް ކުންފުނިން ބުނެއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv