ކުއްލި ޚަބަރު: ދައުލަތާއި އިދިކޮޅު އަމަލެއް ހިންގަން އުޅުމުގެ ކުށް ޝައިޚް ފަރީދުގެ މައްޗަށް ސާބިތެއްނުވި

ޖުލައި 23، 11:07 0 ޚިޔާލު

ދައުލަތާއި އިދިކޮޅު އަމަލެއް ހިންގަން އުޅުމުގެ ކުށުގައި ދައުލަތުން ދައުވާކުރާ ދ.ކުޑަހުވަދޫ މެޑޯޒް އިބުރާހިމް ފަރީދުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ދާދި ދެންމެ އަކު ޖިނާއީ ކޯޓުން ޙުކުމު ކޮށްފިއެވެ.

ޙުކުމު އިއްވަވަމުން ޤާޟީ ޢަލީ ރަޝީދު ވިދާޅުވީ ދައުލަތުން ޝައިޚް ފަރީދުގެ މައްޗަށް ދައުވާ ކުރަނީ އެމައްސަލައިގަައި ހައްޔަރުކުރެވުނު އެހެން މީހުން ތަހުގީގަށް ދީފައިވާ އިއުތިރާފު ބަޔާނުގެ މައްޗަށްކަމަށާއި ތަހުގީގުގަޔާއި ޝަރީއަތުގެ މަޖުލިހުގައިވެސް ފަރީދު ދައުވާއަށް އިންކާރުކޮށްފައި ވާކަމަށާއި އަދި ތަހުގީގަށް އެމީހުން ދީފައިވާ ބަޔާންތަކަކީ ސައްހަ ބަޔާންތަކެއްކަމަށް ޝަރީއަތަށް ސާބިތުނުވާތީ މިމައްސަލައިގައި ދއުލަތުން ދައުވާކުރާ އެއްވެސް ފަރާތެއްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv