ދެވަނަ މެޗް ދެކުނު އެފްރިކާ ކާމިޔާބުކޮށްފި
ދެކުނު އެފްރިކާގެ ކްރިކެޓް ޓީމް އިންގްލެންޑަށް ކުރަމުން ގެންދާ ޒިޔާރަތުގައި ކުޅޭ ޓެސްޓް ސިލްސިލާގެ ދެވަނަ މެޗް ދެކުނު އެފްރިކާ ކާމިޔާބުކޮށްފިއެވެ.
މެޗް ެ ޓޮސް ލިބިގެން އިންގްލެންޑް ފުރަތަމަ ކުޅެން އަރުވައި އެޓީމުގެ ފުރަތަމަ އިނިންގްގައި ދެވުނީ 203 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 45 ލަނޑު ހެދި ޕީޓަރސަންއެވެ. ދެކުނު އެފްރިކާ އިން އެންމެ ރަނގަޅަށް އުކީ 4 ވިކެޓުނެދި ސްޓޭން އާއި މޯކެލްއެވެ.
އިންގްލެންޑެގެ ދެވަނަ އިނިންގްސްގައި އެޓީމަށް ދެވުނީ 327 ލަނޑެވެ. މި އިނިންގްސްގައި އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 76 ލަނޑުހެދި ބްރޯޑެވެ. ދެކުނު އެފްރިކާ އިން އެންމެ ރަނގަޅަށް އުކީ 3 ވިކެޓުނެގި ސްޓޭންއެވެ.
ދެކުނުއ ެފްރިކާގެ ފުރަތަމަ އިނިންގސްގައި އެޓީމުން އެންމެން ނުބައިވެގެން 522 ލަނޑުހެދިއެވެ. މި އިނިންގްސްގައި އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 174 ލަނޑުހެދި ޑިވިލިއާސްއެވެ. ސައްތަހެދި ޕްރިންސްގެ ކުޅުންވެސް ފާހަނގެ ކުރެވުނެވެ.
އިންގްލެންޑުން އެންމެ ރަނގަޅަށް އުކީ 3 ވިކެޓުނެގި އެންޑަރސަންއެވެ.
މެޗްގެ މޮޅު ކުޅުންތެރިޔާ އަށް ހޮވުނީ ޕްރިންސެވެ.
މި ސިލްސިލާ އިން ދެކުނު އެފްރިކާ އަށް 0-1 އިން ލީޑު ލިބިފައިވެއެވެ.