ބުލަރޫޒް ޗެލްސީ ދޫކޮށް ސްޓުޓްގާޓަށް

މުބާރިކް ރަފީއު ޖުލައި 22، 20:43 0 ޚިޔާލު

ވޭތުވެދިޔަ ސީޒަންގައި އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެލްސީން ފެނުނު ހޮލެންޑްގެ ބައިނަލް އަގުވާމީ ޑިފެންޑަރ ހާލިދް ބުލަރޫޒް ޖަރުމަނުގެ ސްޓުޓްގާޓަށް ރަސްމީކޮށް ބަދަލުވެއްޖެއެވެ.

ޗެލްސީގެ ރަސްމީ ވެބްސައިޓްގައި މިކަން ވަނީ ޔަގީން ކޮށްޑިފައެވެ.

ވޭތުވެދިޔަ ސީޒަންގައި ފަހު ބައި ބުލަރޫޒް ހޭދަކޮށްފައިވަނީ ލޯން ކުޅުންތެރިއެއްގެ ގޮތުގައި ސްޕޭނުގެ ސެވިއްޔާގައެވެ.

ޔޫރޯ 2008 ގައި ހޮލެންޑް ކުޅުނު ގިނަ މެޗްތަކުގައި ރަނގަޅު ކުޅުމެއް ދެއްކި ބުލަރޫޒް އަށް ޔޫރޯ މުބާރާތް ތެރޭގައި އޭނާގެ އަންހެނުން ދުވަސް ނުފުރާ ވިހޭ ދަރިފުޅު މަރުވުމުން ވަނީ ބޮޑު ހިތާމަ އެއް ކުރިމަތިވެފައެވެ.

ބުލަރޫޒް ޗެލްސީ އާއި ގުޅުނީވެސް ޖަރުމަނުގެ ކްލަބެއް ކަމަށްވާ ހެމްބާގަށް ކުޅެމުން ދަނިކޮށެވެ.

ބުލަރޫޒް ޗެލްސީ އަށް ކުޅެދީފައިވަނީ އެންމެ 13 މެޗެވެ. އޭނާ ޗެލްސީ އަށް ކުޅުނު ދުވަސްވަރު އެޓިމުގެ ކޯޗަކަށް ހުރި އިސްރާއީލްގެ ގްރާންޓަށް ބުލަރޫޒަކީ މާ އެދެވޭ ކުޅުންތެރިއަކަށް ނުވިއެވެ.

ޗެލްސީން ވޭތުވެދިޔަ ސީޒަންތަކުގައި ފެނުނު ފްރާންސްގެ ބައިނަލް އަގުވާމީ ކުޅުންތެރިޔާ ކްލައުޑިއޯ މަކަލެލޭ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމޭން އަށް ބަދަލުވެފައިވާ ކަމަށްވެސް ޗެލްސީން ބުނެފައިވެއެވެ.--


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv