އެންސިސް އެންޑް ފްރެޝްކުންފުނިން އަންނަމަހު މަސްގަތުމުގެ މަސައްކަތް ފަށަނީ

މުހައްމަދު އަފްރާޙް ޖުލައި 22، 20:40 0 ޚިޔާލު

އެންސިސް ފިޝިން އާއި ފްރެޝް ފްރޮމް ދަ ސީ ގުޅިގެން އުފައްދާފައިވާ އެންސިސް އެންޑް ފްރެޝް ކުންފުނިން މަސްގަތުމުގެ މަސައްކަތް އަންނަމަހު ފަށާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

ފްރެޝް ފްރޮމް ދަ ސީގެ ސީއީއޯ އަހުމަދު ބުންޔާމީން ވިދާޅުވީ އެކުންފުޏާއި އެންސިސް ގުޅިގެން އުފައްދާފައިވާ ”ޗޮއިންޓް ވެންޗާ“ ގެ ދަށުން އެންސިސްގެ ފެކްޓްރީއަށް މަސް ގަތުމަށް އަންނަ މަހު ފަށާނެ ކަމަށެވެ.

” ފެކްޓްރީގެ ނަން ބަދަލުކުރުމަށް ޔޫރަޕިއަން ޔޫނިއަނަށް ލިޔެގެން މިއުޅެނީ. އެކަން ނިމުމުން ފެކްޓްރީގެ ނަންވެސް ދެކުންފުނީގެ ނަމާއިގުޅޭ ގޮތައް ބަދަލުވެގެން ދާނެ.“ ބުންޔާ ވިދާޅުވިއެވެ.

އެންސިން އާއި ޕްރެޝް ފްރޮމް ދަސީ ގުޅުގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ އުފައްދުމުގެ ބޭނުމެއް ކަމަށް އެންސިންއިން ބުނަނީ މަސްވެރިންނަށް މިހާރަށްވުރެ ލުއިފަސޭހަކޮށް މަސްވެރިކަމުގެ ދާއިރާގެ ކަންތައްތައް ހަމަޖައްސާދިނުމާއި އެކުންފުނިގެ ހުޅުމާލޭގެ ފެކްޓްރީއަށް ބޭނުންވާ މަސް ހޯދުމެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv