ފެކްޓްސް އެންޑް ފިގާސް ޔުނިވަރސިޓީ ފެއާއެއް ރާއްޖޭގައި ބާއްވަނީ

މުހައްމަދު އަފްރާޙް ޖުލައި 22، 20:36 0 ޚިޔާލު

އިގިރޭސިވިލާތުގެ ފެކްޓް އެންޑް ފިގާސް ޔުނިވާސިޓީ އާއި ރާއްޖޭގެ ގްލޯބަލް ނެޓްވޯކް ފޯކަސް އިންވެސްޓްމަންޓް ގުޅިގެން ” ފެކްޓް އެންޑް ފިގާސް ޔުނިވާސިޓީ ފެއާ“ އެއް ރާއްޖޭގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.

މިފެއާ އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދޭގޮތުގައި މިފެއާ ބޭއްވުމަށް ހަމަޖެހިފައިވަނީ ދަރުބާރުގޭގައި އަންނަމަހު 29 ން ދެ ދުވަހުގެ މުއްދަތަށެވެ.

މިފެއާގައި މައުލޫމާތު ދޭ ދާއިރާތަކުގެ ތެރޭގައި ސެކަންޑްރީ ސްކޫލްތަކުގެ ކުދިންނާއި ބެލެނިވެރިން އަދި ތައުލީމީދާއިރާގެ މެނޭޖްމަންޓް ދާއިރާގެ ފަރާތްތަކަށްވެސް ހިމެނެއެވެ. ދުނިޔޭގެ 31 ޔުނިވާސިޓީ އަކުން ބައިވެރިވާ މިފެއާގައި ޔުނިވާސިޓީގައި ހުރި ސްކޯލާޝިޕް ތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ގްލޯބަލް ނެޓްވޯލުން މައުލޫމާތު ދެއެވެ.

މިއަހަރުވެސް އެޑިއުކޭޝަން ދާއިރާގެ ދެ ފެއާއެއް ރާއްޖޭގައި ވަނީ ބާއްވާ ފައެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv