ލިއްޕީގެ ތައުރީފް ރޫނިއަށް

މުބާރިކް ރަފީއު ޖުލައި 21، 19:29 0 ޚިޔާލު

އިންގްލެންޑްގެ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެ އެގައުމުގެ ބައިނަލް އަގުވާމީ ފޯވަޑް ވޭން ރޫނީ ކޮޕީ ކުރުމަށް އިޓަލީގެ ކުޅުންތެރިން އިޓަލީގެ އާ ކޯޗް މާޗެލޯ ލިއްޕީ ގޮވާލައިފިއެވެ.

ލިއްޕީ ބުނީ އެދިކޮޅު ކުޅުންތެރިން އަތުގައި ބޯޅާ އޮންނަ ވަގުތު ރޫނީ ބޯޅާ ހޯދުމަށް ވަރަށް ރަނގަޅަށް މަސައްތް ކުރާ ކަމަށާއި އިޓަލީ ކުޅުންތެރިންވެސް އެގޮތަށް މަސައްކަތް ކުރުމަށެވެ.

ލިއްޕީ ބުނީ 2006 ވަނަ އަހަރުގެ ވޯލްޑްކަޕް ދިފާއުކުރަން ބޭނުން ނަމަ އަމއްލަ ނަފްސަށް ބޮޑޫ އިތުބާރެއް ޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އިޓަލީއަށްތޯ ކުޅެނީ ނުވަތަ ބްރެޒިލް އަށްތޯ ކުޅޭނީ އަދިވެސް ނުނިންމިގެން އުޅޭ ޔުވަންޓަސް އަށް ކުޅޭ ބްރެޒިލްގެ އަމޫރީ އަށް ލިއްޕީ ގޮވާލީ ކުޅެނެ ގައުމެއް އަވަހަށް ނިންުމަށެވެ. އަމޫރީ އަށް ވަރަށް އަވަހަށް އިޓަލީ ޕާސްޕޯޓް ލިބޭނެއެވެ. ލިއްޕީ ބުނީ ކުޅެނެ ގައުމެއް ނިންމުމަށް އެއްމަސްދުވަސް ބޭނުން ވާނެ ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށެވެ.

ޔުވެންޓަސްގައި ގިނަ ކާމިޔާބީ ތަކެއް ހޯދި ލިއްޕީ އަކީ 2006 ވަނަ އަހަރުގެ ވޯލްޑްކަޕް އިޓަލީ އަށް ކާމިޔާބުކޮށްދިން ކޯޗެވެ. އޭނާގެ ފަހުން އެމަގާމާއި ހަވާލުވޮި ޑޮނަޑޯނީ އަށް ޔޫރޯގައި ލިބުނު ނާކާމިޔާބީގެ ސަބަބުން އޭނާ އެމަގާމުން ވަކިކުރުމަށްފަހު އަނެއްކާވެސް ލިއްޕީ ވަނީ އިޓަލީ ޓީމާއި ހަވާލުވެފައެވެ. އިޓަލީ ޓީމުގައި ލިއްޕީގެ ފުރަތަމަ ކުރިމަތިލުން އޮންނާނީ އޮގަސްޓް 20ގައި އޮސްޓްރިއާ އާއި ދެކޮޅާށެވެ. ވޯލްޑްކަޕް ކޮލިފައިންގައި އިޓަލީ ކުޅެ ފުރަތަމަ މެޗް އޮންނާނީ ސެޕްޓެމްބަރު 6 ގައި ސައިޕްރަސް އާއި ދެކޮޅަށެވެ. އޭގެ ފަހުން ސެޕްޓެމްބަރު 10 ގައި ޖޯޖިއާ އާއިވެސް އިޓަލީ ބައްދަލުކުރާނެއެވެ. --ރޮއިޓާސް


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv