ގޭތެރޭ ހަރަދުތައް ކުޑަ ކުރުމަށް އިގްތިސާދުކުރުން
ހެޔޮލަފާ ގެވެހި އަންބެއްގެ ސިފަތައް ކޮޅުން ނުލާހާ ގިނައެވެ. މީގެތެރެއިން އެންމެ މުހިއްމު އެއް ކަމަކީ ގޭތެރޭގައި ކުރެވޭ ޚަރަދުތަކުން އިސްރާފް މަދުކޮށް އިޤްތިޞާދުކުރުމެވެ. އާދައިގެ އަދި މެދު ފަންތީގެ އާއިލާތަކުގައި ، އިޤްތިޞާދުކުރަން ދަންނަ އަނބިންގެ އިއްޒަތާއި އަގު އުފުލިގެންވެއެވެ. އެފަދަ އަނބިންނަށް ކުޑައެހީތެރިކަމެއް ފޯރުވައި ދިނުމުގެ ގޮތުން ، އިޤްތިޞާދުކުރުމުގައި ބޭނުންކުރެވިދާނެ ބައެއްގޮތްތައް ތިރީގައި އެވަނީއެވެ.
• އެއްވެސް އެއްޗެއް ގަތުމުގެ ކުރިން އަމިއްލަ ނަފްސާ ދެ ފަހަރު ސުވާލު ކުރާށެވެ. “ މިއީ ކޮންމެހެން ގަންނަން ބޭނުން އެއްޗެއް ހެއްޔެވެ؟”
• ބާޒާރުކުރުމުގައި ގިނަ ބާވަތްތައް އެއް ތަނަކުން ލިބޭ އަދި ޑިސްކައުންޓް ދޭ ފިހާރަތަކުން ވިޔަފާރި ކުރާށެވެ.
• ގޭގައި ބޭނުން ކުރާ ދަޅުފަދަ ތަކެތި ހަދާފައި ހުންނަ އެލްމިނިއަމް އަދި ދަގަޑަކީ ވިކޭ އެއްޗެއްސެވެ. މިފަދަ ތަކެތި އެއްކުރުމަށްފަހު ވިއްކާލާށެވެ.
• ވީވަރަކުން ގޭގައި އާއްމުކޮށް ބޭނުންކުރާ މިރުސް އަދި ކޮޕީފަތް ފަދަ ތަކެތި އަމިއްލައަށް ހައްދާށެވެ. މިއީ ވަރަށް ފަސޭހައިން ހެދޭ ބާވަތްތަކެވެ.
• ގޭތެރެ ޒީނަތްތެރިކުރުމަށް އަގު ބޮޑެތި ގަސް ގަތުމުގެ ބަދަލުގައި ރައްޓެއްސެއްގެ އަތުން ގޮފިކޮޅެއް ހޯދައިގެން ރޯކުރާށެވެ.
• ގޭތެރަށް ބޭނުންވާ ސާމާނު ގަތުމުގައި ފިހާރަތަކުގައި ސޭލް އަޅުވާ ދުވަސްތައް ބަލާށެވެ. އަދި އެތަންތަނުން ތަކެތި ގަންނާށެވެ.
• ގޭތެރޭގައި ކޮންމެދުވަހަކު ބޭނުންކުރާ ދަޅުމަސް، ޓޮމާޓޯ ޕޭސްޓް، ކުދިވެރިންގެ އިންޓަރވަލް އަދި ނޫޑުލް ފަދަ ތަކެތި ގަނޑުކޮށް ގަންނާށެވެ. އަގު ހެޔޮވާނެއެވެ.
• ކޮންމެ މަހަކު އަންނަ ކަރަންޓް، ފެން، ފޯނު، ކޭބަލް ޓީވީ އަދި އިންޓަރނެޓް ފަދަ ބިލްތައް ރަގަޅަށް ޗެކް ކުރާށެވެ. ބޮޑެތި ކުންފުނިތަކުން ހަދާ ބިލްތަކުގައި ބައެއްފަހަރު މައްސަލަހުރެއެވެ.
• ޖޫރިމަނާ އެރުމުގެ ކުރިން ބިލްތަކަށް ފައިސާ ދައްކާށެވެ.
• އިންޝުއަރެންސް ޕޮލިސީއެއް ނަގާފައި ވާނަމަ ތިން މަހުން ނުވަތަ ހަ މަހުން ޕްރިމިއަމް ދެއްކުމުގެ ބަދަލުގައި މުޅިއަހަރަށް އެއްފަހަރާ ދައްކާށެވެ.
• ލޯނެއް ނަގާނަމަ އެންމެ އިންޓްރެސްޓް ކުޑަކޮށް ދޫކުރާ ފަރާތަކުން ނަގާށެވެ. އަދި ވީ އެންމެ ކުރުމުއްދަތަކަށް ނަގާށެވެ.
• ޕާޓީ ބާއްވާނަމަ ޑިސްޕޯސަބަލް ތަށިފަދަ ތަކެތި ގަތުމުގެ ބަދަލުގައި އާދައިގެ ތަށި، ސަމުސާ އަދި ނެޕްކިން ހޯދާށެވެ. ގަތުމުގެ ބަދަލުގައި ތިމާގެ މީހެއްގެ ނުވަތަ ރައްޓެއްސެއްގެ ގެއިން ގެންނާށެވެ.
• އަގު ބޮޑެތި ފޭސް ޓިޝޫ ގަތުމުގެ ބަދަލުގައި ދޮވެގެން ގިނަ ފަހަރު ބޭނުން ކުރެވޭ ރުމާ ގެންގުޅޭށެވެ.
• ބާޒާރަށް ނޫންގޮތަކަށް ގެއިން ބޭރަށް ދާނަމަ ފައިސާއަދި ކޭޝްކާޑު ގޭގައި ބަހައްޓާފައި ދާށެވެ. ނޫނީ ވަރަށް ފަސޭހައިން ފިހާރައަށް ވަދެ ކޮންމެސް އެއްޗެއް ގަނެވިދާނެއެވެ.
• ގޭތެރޭގެ އެއްވެސް ކަމެއް ކުރުމަށްޓަކައި މީހަކު ފައިސާ ދީފައި ގެނައުމުގެ ބަދަލުގައި އަމިއްލައަށް އެކަން ކުރުމަށް ވިސްނާށެވެ.
• އަމިއްލައަށް ނުކުރެވޭފަދަ ބޮޑެތި މަސައްކަތް ކުރުމަށް ބޭނުން ވާނަމަ ދެތިން ފަރާތަކުން އަގު ހޯދުމަށްފަހު އެންމެ ކުޑައަގެއް ހުށައަޅާފަރާތަކަށް މަސައްކަތް ހަވާލުކުރާށެވެ.
• ގޭތެރެއާއި ގޭގައި ގެންގުޅޭ ކަރަންޓް ސާމާނު އަދި ވެހިކަލް ކޮންމެ ދުވަހަކު ސާފުކޮށް ކުދި މަރާމާތުތައް ކުރާށެވެ. ބޮޑެތި މަރާމާތުކުރަން ޖެހޭލެއް މަދުވާނެއެވެ.
• ގެއާއި ވެހިކަލް އަބަދުވެސް ރަގަޅު ހާލަތެއްގައި ބަހައްޓާށެވެ. ވިއްކާލަން ނުވަތަ ކުއްޔަށް ދޭން ބޭނުންވާއިރު ބޮޑު އަގުގައި ދެވޭނެއެވެ.
• ގޭތެރެ ކުލަލުން އަދި ކުދި މަރާމާތު އަމިއްލައަށް ކުރާށެވެ.
• ގޭކުދިންގެ ބޯކޮށުން، އެކުދިންގެ ހެދުން ފެހުން، ދޮރުފޮތި އަދި ބެޑްޝީޓް ފެހުން ފަދަ ކަންތައް އަމިއްލައަށް ކުރާށެވެ.
• ރައްޓެއްސެއް ނުވަތަ ގޭ ކުއްޖެއްގެ އުފަން ދުވަސް ފަދަ މުނާސަބަތުތަކަށް ބޭރުން ކޭކު ގަތުމުގެ ބަދަލުގައި އަމިއްލައަށް ގޭގައި ތައްޔާރުކުރާށެވެ.
• ކަރަންޓް އަދި ފެން ބޭނުން ކުރުމުގައި ވީވަރަކުން އިސްރާފް މަދުކުރާށެވެ. އަދި ގޭގައި އުޅޭ އެހެންމީހުންނަށް މިކަން ވިސްނާދީ މި އާދަ ހަރުލައްވާށެވެ.
• ޕްލާސްޓިކް ދަޅުފަދަ ތަކެތި އެއްލާނުލާ ބަހައްޓާށެވެ. ތަކެތި ރައްކާކުރުމަށް ބޭނުން ކުރާށެވެ.
• އެލްމިނިއަމް ފޮއިލް އަދި ޕްލާސްޓިކް ކޮތަޅު ދޮވެގެން އަލުން ބޭނުން ކުރާށެވެ.
• ގެއެއް ނުވަތަ އެޕާޓްމަންޓެއް ހޯދުމުގައި އާ އަދި އަގުބޮޑުތަނެއް ހޯދުމުގެ ބަދަލުގައި ބާ އަދި އަގު ހެޔޮތަނެއް ހޯދުމަށްފަހު އަމިއްލައަށް ޒީނަތްތެރިކުރާށެވެ.
• ސައިބޯނި ކުޑަވުމުން ނައިލޯނު ދާކޮޅަކަށް ލައިގެން ބޭނުން ކުރާށެވެ. ގައި އުގުޅަންވެސް ފަސޭހަވާނެއެވެ.
• ގިނައިން ޝޭމްޕޫ ލުމުގެ ބަދަލުގައި ޝެމްޕޫ ފެންފޮދެއްގައި ގިރާލާށެވެ. އަވަހަށް އަދި ފަސޭހައިން ފޮނުއަރާނެއެވެ.
• ނޫސްކަރުދާސް އުކާނުލާށެވެ. އެއްޗެތި ތެލުލާފައި އަޅާތަށީގެ ތެރޭގައި އަޅާށެވެ. ތެޔޮތައް ފޭދުމަށް އެހީތެރވެދޭނެއެވެ.
• ކޮންމެހެން ބޭނުން ވެގެންނޫނީ ފޯނު ބޭނުން ނުކުރާށެވެ.
• އެއްވެސް އިތުރު ގޮތެއް ނެތިގެން ނޫނީ ދުއްވާއެއްޗަކަށް ނާރާށެވެ. ޚާއްސަކޮށް ޓެކްސީގެ ބޭނުން ކުރުމުގައި ވަރަށް ބޮޑަށް ވިސްނާށެވެ.
-
އަންގާރަ، ސެޕްޓެމްބަރ 2 2008، 08:00
vilWge CeaWmwnckwmunc vwkiviywsc, gWsimuge hiacsWaeac ae kuncfunIgwai aotumwkI gWsimu rwaIsckwmwSc hoviacjeacyW mwsclwhwtu fuSUawrW kwmwkwScvWne. swbwbwkI hiacsWaeac aotumwkI viywfWrIgwai bwaiverivunc awdi viywfWri aincTwrescTeac aotunc. aehencveacjeyW dwaulwtuge mwsclwhwtW fuSUawrWne. awhwrencge nwzwrugwai verikwmwSc kurimwtilwai kemcpEnc kurwncfwSW hisWbunc nuvwtw rwaIsckwmW hwvWluvW hisWbunc ae mIheacge aotc viywfWri hiacsWaeac viacyW jehEnI aWacmukoSc huLuvWlwaigenc viackWlwnc. verikwmunc fwaibWfwai dwrifuLuawtunc hiacsW awtulW gotwSc dinumwkI hwmwjehE ausUleac nUnc.