
ހިކަދުވާ ބީޗްފެސްޓިވަލާ ދިމާކޮށް އިނަ މޯލްޑިވްސް ހޮލިޑޭސްއިން ލަންކާއަށް ހާއްސަ ޕެކޭޖެއް ތައާރަފްކޮށްފި
ސްރީލަންކާގައި ބާއްވާ ” ހިކަދުވާ ބީޗް ފެސްޓިވަލް“ އާއި ދިމާކޮށް އިނަ މޯލްޑިވްސް ހޮލިޑޭސްއިން ލަންކާއަށް ހާއްސަ ޓްރެވަލް ޕެކޭޖެއް ތައާރަފުކޮށްފިއެވެ.
އިނަ މޯލްޑިވްސް ހޮލިޑޭސްގެ ޖެނެރަލް މެނޭޖަރ މުހައްމަދު ޖަލާލު ވިދާޅުވީ ހިކަދުވާ ބީޗް ފެސްޓިވަލް އާއި ދިމާކޮށް ލަންކާއަށް ދާ މީހުންނަށް ހާއްސަކޮށްގެން ނެރެފައިވާ ޕެކޭޖުގައި ދެ ރޭގެ ހުރުމާއި ތިން ދުވަސް ހިމެނޭ ކަމަށެވެ.
” މިއީ މިހާރު އަޅުގަނޑުމެން އެންމެ ބޮޑަށް އިސްތިހާރުކުރަމުން ގެންދާ ޕެކޭޖު. މި ޕެކޭޖުގެ ބޭނުމަކީ މި ފެސްޓިވަލްއަށް ރާއްޖެއިން ދާ މީހުންނަށް ހާއްސަަ އަގެއްގައި ލަންކާއަށް ސްރީލަންކަން އެއާލައިންސްގައި ދަތުރުކުރުމުގެ މަގުފަހި ކުރުން.“ ޖަލާލު ވިދާޅުވިއެވެ.
” މިފެސްޓިލަކާއި ބޭރުގެ ތަފާތު ހުނަރުވެރިން ލަންކާއަށް އައިސް އެކިއެކި ހުނަރުތައް ދައްކާލާ ފެސްޓިވަލެއް. މި ފެސްޓިވަލުގައި ޕެރޭޑާއި މޫދުގެ ކުޅިވަރުތައް ވެސް ހިމެނޭނެ.“ ޖަލާލު ވިދާޅުވިއެވެ.
ޖަލާލު ވިދާޅުވީ 373 ޑޮލަރ(4793ރ) އަށް ވިއްކަމުން ގެންދާ މިޕެކޭޖުގެ އިތުރުން ސްރީލަންކާ އިންޑިއަން ކްރިކެޓް ޓުއާއަށް ހާއްސަކޮށްގެން 420 ޑޮލަރު( 5397 ރ ) އަށް ވެސް ޕެކޭޖެއް ވިއްކަމުން ގެންދާ ކަމަށެވެ.
ޖަލާލު ވިދާޅުވީ މީގެ ކުރިން ކޮލަންބޯ, ބެންގަލޫރު, ބެންކޮކަށް އިއުލާނުކޮށްފައިވާ ޕެލޭކުތަކުގެ އަގަށް ބަދަލު ގެނެސް އާ ޕެކޭޖުތަކެއް ދެ ދުވަހެއްގެ ތެރޭގައި އިއުލާނުކުރެވޭ ވަރުވާނެ ކަމަށެވެ.