ގައުމީ ޓީމަށް އެނބުރި އަތުވެދާނެ ކަމުގެ އިޝާރާތެއް ޓޮޓީ ދީފި
އިޓަލީގެ ގައުމީ ޓީމަށް ކުޅުން ހުއްޓަލާފައިވާ އެގައުމުގެ މިޑްފީލްޑަރ ފްރެންޗެސްކޯ ޓޮޓީ އަލުން އެނބުރި ޓީމަށް އެތުވެދާނެ ކަމުގެ އިޝާރާތެއް ދީފިއެވެ. 31 އަހަރުގެ ޓޮޓީ 2006 ވަނަ އަހަރުގެ ވޯލޑްކަޕް ކާމިޔާބުކުރުމަށްފަހު ކްލަބަށާއި ގައުމީ ޓީމަށް ކުޅުމަކީ އުނދަގޫ ކަމެއް ކަމަށް ބުނެ ވަނީ ގައުމީ ޓީމުން އިސްތިއުފާ ދީފައެވެ. އެހެން ނަމވެސް އިޓަލީގެ ގައުމީ ޓީމަށް އަނެއްކާވެސް ލިއޕީ އައުމުން ޓޮޓީ ބުނީ އަނިޔާއިން ސަލާމަތްވެގެން ހުންނަ ނަމަ ގައުމީ ޓީމަށް ކުޅުމުގައި އެއްވެސް މައްސަލަ އެއް ނެތް ކަމަށެވެ.
ވޭތުވެދިޔަ ސީޒަންގައި ފަހު ބައި ޓޯޓީ ހޭދަކޮށްފައިވަނީ އަނިޔާގެ ސބަބަުން ކުޅުމާއި ދުރުގައެވެ. އާ ސީޒަނަށް ތައްޔާޜުވަމުންދާ ރޯމާ ޓީމުން މުހިންމު ދެކުޅުންތެރިޔަކު އިންޓަރ މިލާނަށް ބަދަލުވެފައިވާ އިރު އެއްވެސް ކުޅުންތެރިއަކު އަދި ނުގެނެއެވެ. އިންޓަރ އާއި މިލާން އަދި ޔުވެންޓަސް އިންވެސްވަނީ މުހިންމު ކުޅުންތެރިން ލައްވައި ސޮއިކުރުވާފައެވެ. މި ތިން ޓީމާއި ވާދަކުރަން ބޭނުންނަމަ ރޯމާ އަށްވެސް ރަނގަޅު ކުޅުންތެރިން ގެންނަން ޖެހޭނެއެވެ.
ޓޮޓީ އަކީ ފަހަކަށް އައިސް އިޓަލީގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާއެވެ.--ރޮއިޓާސް