
ޗެލްސީންވަނީ ކަކާއަށް 160 މިލިއަން ޑޮލަރު ހުހަޅާފައި : ރިޕޯޓް
އިޓަލީގެ ގަދަބާރު އޭސީ މިލާނަށް ކުޅޭ ބްރެޒިލްގެ ބައިނަލް އަގުވާމީ ތަރި ރިކާޑޯ ކަކާ އަށް އިންގްލެންޑްގެ ޗެލްސީން 160 މިލިއަން ޑޮލަރު ހުށައަޅާފައިވިނަމަވެސް އެކުޅުންެތެރިޔާ ނުވިއްކާނެ ކަމަށް މިލާނުން ބުނެފިއެވެ.
”އިންގްލެންޑުން ހުށައެޅުންތަށް އައިސްފައިވާ ކަމަށް އަހަރެން ޔަގީންކޮށްދީފާނަން, ނަމަވެސް ސަޕޯޓަރުން މަޑުމައިތިރިކޮށް ތިބެން އަހަރެން ބޭނުން, ސަބަބަކީ ޗެލްސީއަަކަށް ކަކާ އެއް އަހަރެމެން ނުވިއްކާނަން“ މިލާނުގެ ނައިބު ރައީސް ގަލިއާނީ ބުންޏެވެ.
މިލާނުން މިގޮތަށް ވާހަކަ ހުރި ނަމަވެސް ކަކާގެ އެޖެންޓު ބުނެފައިވަނީ މިފަހަރުގެ ފުރުސަތު ނަގާލަން ބޭނުން ނުވާ ކަމަށާއި ޗެލްސީ އަކީ މިވަގުތު ހުރުމަށް އެންމެ ރަނގަޅު ޓީމް ކަމަށެވެ. އަދި ރެއާލްއިންވެސް ތަންކޮޅެއް ކުރިން ވަރަށް ރަނގަޅު ހުށައެޅުމެއް ލިބުނު ކަމަށާއި އެފަހަރު އެކަމާ ނުވެސް ވިސްނާ ކަމަށް އެޖެންޓު ބުންޏެވެ.
ކަކާ ޗެލްސީ އަށް ބަދަލުވެއްޖެނަމަ މިލާނުން އެކުޅުންތެރިޔާގެ މުސާރައަށްވެސް މިލާނުން ދޭ މުސާރައަށްވުރެ ބޮޑު އެއްޗެއް ދޭނެ ކަމަށް ވެއެވެ. ޗެލްސީގެ ކޯޗަކަށް މިވަގުތު ހުރި ފެލިއްޕެ ސްކޮލާރީ އަކީ 2002 ވަނަ އަހަރުގެ ވޯލްޑްކަޕް ބްރެޒިލް ކާމިޔާބުކުރިއިރު އެޓީމުގެ ކޯޗެވެ. އެފަހަރުގެ ޓީމުގައި ކަކާވެސް ހިމެނުނެވެ.
ބެއިޖިންގް ގައި އޮންނަ އޮލިމްޕިކްސްގައި ކުޅޭ ބްރެޒިލް ޓީމުގައި ކުޅުމަށް މިލާނުގެ ރޮނާލްޑީނިއޯ އަށާއި ޕާޓޯ އަށް ފުރުސަތު ދިނުމަށްފަހު އެ ފުރުސަތު ކަކާ އަށް ނުދިނުމުން ކަކާ މިލާން ދެކު ހިތްހަމަ ނުޖެހިފައިހުރިކަމަށްވެއެވެ.--ޓިކަރ