މަލިކާ ސަލްމާންގެ ހުށަހެޅުމާ ދެކޮޅު ހަދައިފި
މިހާރު ރިލީސް ވުމަށް ތައްޔާރުވަމުންދާ ފިލްމު އަގްލީ އައުރު ޕަގްލީގެ ތަރި މަލިކާ ޝަރާވަތު ސޮނީއިން ދައްކާ ސަލްމާން ޚާން ހުށަހަޅާދޭ ޝޯ ދަސް ކާ ދަމްގައިބައިވެރިވުމަށް އެދު ހުށަހެޅި ހުށަހެޅުމާ ދެކޮޅު ހަދައިފިއެވެ. ބުނެވޭ ގޮތުގައި މަލިކާ ސަލްމާންެގެ މި ހުށަހެޅުމާދެކޮޅު ހެދުމުގެ އަސްލަކީ 2006 ވަނަ އަހަރު މި ދެމީހުންވެސް ބައިވެރިވި ވަރލްޑް ޓުއަަރއެއްގައި ޖެހުނު މައްސަލަތަކެވެ. ދެމީހުންގެމެދުގައި އޭރު ޖެހުނު މައްސަލައިގެ ސަބަބުން މަލިކާ ވަނީ ސަލްމާންއަށް ނޫންބަސްބުނެފައެވެ. 2006 ވަނަ އަހަރުގައި ހިނގި ހާދިސާގެ މަތިން އަދިވެސް މަލިކާ ހަނދާންނުނެތެނީބާއެވެ. ނުވަތަ މިއީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ކުރިކަމެއްބާއެވެ.