ރިސޯޓް މުވައްޒަފުންގެ ބަސް: ” މަޖިލީހުގައި އެވަނީ އަހަރެމެންގެ މަސައްކަތުގެ އެންމެ ފަހު ހުޅުކޮޅު“

މުހައްމަދު އަފްރާޙް ޖުލައި 19، 18:42 1 ޚިޔާލު

” މަޖިލީހުގަ އެވަނީ އަހަރެމެންގެ މަސައްކަތުގެ އެންމެ ފަހުގެ ހުޅުކޮޅު.“ ވަޒީފާގެ ގާނޫނުން އިސްތިސްނާވެފައިވާ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ޖަމިއްޔާގެ އިސްމެންބަރަކު ބުންޏެވެ.

ހައްގުތައް ނިގުޅައިގެނެވިފައި ވީ ކަމުގައިވިއަސް މީގެ ކުރިން ފަތުރުވެތިކަމުގެ ދާއިރާގެ މުވައްޒަފުން އެ ހައްގެއް ހޯދުމުގެ ބަދަލުގައި ތިބީ ” ހަނުހިމޭނުން“ ނެވެ. އެމީހުން ބުނާ ގޮތުގައި އެދުވަސްވަރު މަސައްކަތް ނުކުރެވުމުގައި ގިނަގުނަ ސަބަބުތަކެއް އެބަހުއްޓެވެ. އޭގެތެރެއިން އެއް ސަބަބަކީ ވަޒީފާއިން ވަކިކޮށްފާނެ ކަމުގެ ބިރުހީވުމެވެ.

” އަޅުގަނޑުމެންގެ ދާއިރާގައި މަސައްކަތްކުރާ މީހުން މީގެ ކުރިންވެސް އެމީހުންނަށް ދިމާވާ ތަފާތު މައްސަލަތަކުގެ ވާހަކަ ސަރުކާރުގެ އެކިވުޒާރާތަކަށް ވަނީ ފޮނުވާފައި. ނަމަވެސް ވާގޮތަކީ އޭގެ ދުވަސްކޮޅެއް ފަހުން އެސިޓީ ރިސޯޓުގެ މެނޭޖްމަންޓަށް އެވުޒާރާތަކުން ފޮނުވާ އެހާހިސާބުން އެމުވައްޒަފެއްގެ ކެރިޔާ ގެއްލުނީ. ނުގެއްލޭނަމަ އެމީހަކާއި މެދު ޖައްސާލައިގެން އަމިއްލައަށް ވަޒީފާ ދޫކޮށްފައި ދާވަރު ކުރާނެ.“ ރިސޯޓު މުވައްޒަފުންގެ ޖަމިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދެއްކި މެންބަރަކު ބުންޏެވެ.

މިއީ އަދި ” އާވާހަކަ“ އެކެވެ. ކުރިން އަޅުގަނޑުމެންނަށް އަޑުއިވެނި އެގޮތައް ލާ ސިޓީތައް ކުނިވަށިގަނޑަށް ލާ ވާހަކަ އެވެ. އެކަންތައް އެހެންވާނަމަ ސަރުކާރުގެ ވުޒާރާތަކުން ރައްޔިތުންގެ ހައްގު ހޯދައިދިނުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ބުނެ ވަކާލާތުކުރާ ވަކާލާތުކުރުމުގެ ތެދުކަމާއި މެދު ސުވާލު އުފެދެއެވެ. އަދި ރިސޯޓު ދާއިރާގެ ޒުވާނުންތަކެއް 25 ގައި އެކަން ހާމަކުރުމުން އެކަމަށް ސަރުކާރުން ޖަވާބުދާރީ ވެފައެއްވެސް ނުވެއެވެ. މިހެންކަމުން ގަބޫލުކުރަން ޖެހެނީ ސަރުކާރުގެ ވުޒާރާތަކުގެ މެދުގައި އެފަދަ ކަންތައްތައް ހިނގަމުންދާ ކަމަށެވެ.

ރާއްޖޭގެ ގިނަ ރިސޯޓުތަކުގެ މެނޭޖްމަންޓް ތަކަކީ ބޭރުގެ މެނޭޖްމަންޓްތަކެވެ. އެހެންވީއިރު އެފަދަ ކަންތައްތައް ރާއްޖޭގައި ހިގާފައިވާނަމަ އެކަންވެގެންދާނީ ރާއްޖެއަށް ލިބޭ ވަރަށް ހުތުރު ނަމަކަށެވެ. ބޭރުގެ މީހުންގެ ކުރިމަތީގައި ދިވެހި ސަރުކާރު އަގުވެއްޓިގެންދާނެ ކަމަށެވެ.

ރިސޯޓު މުވައްޒަފުންގެ ޖަމިއްޔާގެ މެންބަރުން ބުނާ ގޮތުގައި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަރާތުން 6000 މީހުންގެ ސޮޔާއިއެކު ޕެޓިޝަނެއް ހަދާއިރު އެއީ ހަމައެކަކަނި މި 6000 މީހުންގެ މައްސަލައެއް ނޫން ކަމަށާއި އެއީ މުޅި ފަތުރުވެރިކަމުގެ ދާއިރާއާއި މުޅި ދިވެހި އުންމަތުގެ ”ހިތުގައި“ ޖަހާ ވިންދު ކަމަށެވެ. އަދި އެމީހުން ވަނީ ރައީސް މައުމޫނަށާއި ސިޔާސީ ޕާޓީތަކަށް ވަރުގަދަ ސުވާލެއް ކުރިމަތިކޮށްފަ އެވެ. އެއީ ގާނޫނު އާސާސީން ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ހައްގުތައް ނިގުޅައިގެންފައިވާއިރު މިގާނޫނު ރައީސް ތަސްދީގުކުރީ ކީއްވެގެން ހެއްޔެވެ؟ އަދި މިގާނޫނުގައި އަހަރެމެންގެ ހައްގުތައް ނިގުޅައިގެންފައިވާއިރު އެކަމާއި ދެކޮޅަށް ސިޔާސީ ޕާޓީތަކުން އެންމެ ކުޑަމިނުން ނޫސްބަޔާނެއްހާ ހިސާބުވެސް ނެރިފައިނުވަނީ ކީއްވެގެން ހެއްޔެވެ.؟

” ގާނުނު އަސާސީ އިސްލާހު ކުރުމަށްފަހު މެމްބަރުން ދެއްކި ވާހަކަ އިންވެސް އެނގުނު މި ގާނޫނުން އަޅުގަނޑުމެންގެ ހައްގުތަކެއް ނިގުޅައިގެންފައިވާކަން. އަޅުގަނޑުމެން ވަރަށް ކުރިން ފެށިގެން ވެސް އުންމީދު ކުރަމުން އައީ އުންމީދެއް ލޭބަރ ލޯ އަކުން އަޅުގަނޑުމެންނަށް ހިމާޔަތް ލިބުން. ނަމަވެސް ގާނޫނު ނިމުނުއިރު އެކަންތައް މިއޮތީ ބަދަލުފައި. އަޅުގަނޑުމެން އެހިމާޔަތެއް މިއަކުން ނުލިބުނު. ގާނޫނު އެގޮތަށް އޮއްވައި ތަސްދީގުކުރުމަކީ އަޅުގަނޑުމެންގެ ކަރަށް ވަޅިހެރުން ފަދަ ކަމެއް.“ ޖަމްއިއްޔާގެ އިސް މެންބަރަކު ބުންޏެވެ.

ރިސޯޓު ތަކުގެ މުވައްޒަފުން ބުނާ ގޮތުގައި ގާނޫނު އަސާސީ އަކީ ރައްޔިތުންގެ މަންދޫބުން ހަދާފައިވާ އެއްޗަކަށް ވާއިރު އޭގެން ރައްޔިތުންގެ ހައްގުތަކެއް ނިގުޅައިގެންފައިވާނަމަ ބަލައި ގުނަތުމުގެ ބާރު ރައްޔިތުންނަށް ލިބިގެން ވާކަމަށާއި އެމީހުން ކުރަމުން ދަނީ އެމަސައްކަތް ކަމަށެވެ.

” ސުލްހަވެރިކޮށް ކުރަން ހުރި ހުރިހާކަމެއް އަޅުގަނޑުމެން މިދަނީ ކުރަމުން. ލޭބަ މިނިސްޓްރީއާއި ބައްދަލުކޮށްފިން. އެހެންފަރާތްތަކާއި ވެސް ބައްދަލުކޮށްފިން. އަޅުގަނޑުމެން މިކުރާ މަސައްކަތުގެ އެންމެ ފަހުގެ ހުޅުކޮޅު އޮތީ ރައްޔިތުންގެ މަލިޖީހުގެ މެމްބަރުންގެ އަތްމަތީގައި. އެބޭފުޅުން އެބިލް ފެއިލްކޮށްލައިފިނަމަ އޭގެ ފަހުން ރައްޔިތުންގެ މެދުގައި ހިނގާ ހަމަނުޖެހުން ތަކުގެ ޒިންމާ ނަގަންޖެހޭނީ ރައްޔިތުންގެ މަޖިލީހާއި އެކަމާއި ގުޅުންހުރި ވުޒާރާތަކުން.“ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުން ތަމްސީލްކުރާ ޖަމިއްޔާގެ މެންބަރަކު ބުންޏެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ސާބަހޭ ޓީމްގެފަރާތުން ތިކުރާ ހިއްވަރަތް އަޅުގަނޑުމެން މިތިބީ ތިބޭޅުންގެ ފަހަތުގަ ކުރަން ޖެހުނު ކޮންމެ ކަމެއްކުރަން އަޅުގަނޑުމެން ލައްކަ ގިނަދުވަހު ތިބެފިން އަޅުގަނޑުމެންގެ އަމިއްލަފަސްގަނޑުގަ ނިކަމެތިންގެ ގޮތުގަ...ޗަންޕާ ރިޒޯޓްސް ގެ މުވައްޒިފެއް

    ހޮނިހިރު، ޖުލައި 19 2008، 19:09
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv