ބޭނުމީ ބަޔާންގައި މަޑުކުރަން ކަމަށް ޝްވެއިންސްޓީގަރ ބުނެފި

މުބާރިކް ރަފީއު ޖުލައި 19، 18:34 0 ޚިޔާލު

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅޭ އެގައުމުގެ ބައިނަލް އަގުވާމީ ކުޅުންތެރިޔާ ބާސްޓިއަން ޝްވެއިންސްޓިގަރ (ފޮޓޯ)ބޭނުމީ ބަޔާންގައި މަޑުކުރަން ކަމަށް އެކުޅުންތެރިޔާ ބުނެފިއެވެ.

ޔޫރޯ 2008ގައި ވަރަށް މޮޅު ދެ ލަނޑު ޖަހާ މުބާރާތުގައި ވަރަށް މޮޅު ކުޅުމެއް ދެއްކި ޝްވެއިންސްޓީގަރ ބުނީ ބަޔާނަކީ އޭނާގެ ވަޒަން ކަމަށާއި އެހެން ކްލަބަކަސް ދާން ބޭނުންނޫން ކަމަށެވެ.

ޝްވެއިންސްޓިގަރ އަކީ ބެޔާންގެ ޔޫތު ޑިވޮލޮޕްމެންޓްގެ ދަށުން އުފެދިފައި ހުރި ކުޅުންތެރިއެކެވެ.

ވޭތުވެދިޔަ ސީޒަނަށްފަހު އާ ކޮންޓްރެކްޓެއްގެ ވާހަކަ ދައްކަމުން ގެންދާ ޝްވެއިންސްޓިގަރ އަދިވެސް ބަޔާން އާއިއެކު އާ އެއްބަސްވުމެއްގައި ސޮޔެއް ނުކުރެއެވެ.

”ޔޫރޯ ގައި އަހަރެން ވާނީ އަހަރެންގެ އަސްލު ފެންވަރު ދައްކާލާފައި, އެކަމަކު އެ މުބާރާތާއި ބެހޭ ގޮތުން މާ ގިނައިން ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން“ އުމުރުން އެންމެ 23 އަހަރުގެ އޭނާ ބުންޏެވެ.--އޭއެފްޕީ


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv