ދުބާއީގެ ޕާމް މެރިން ޔޮޓް ރާއްޖޭގައި ވިއްކުމުގެ ހުއްދަ ވީއޭއަށް ދީފި
ދުބާއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ” ޕާމްމެރިން“ ކުންފުނިން ބަނދެފައިވާ ޔޮޓުފަހަރު ރާއްޖޭގައި ވިއްކުމުގެ ހުއްދަ އެކުންފުނިން ރާއްޖޭގެ ވީއޭ ޕްރައިވެޓް ލިމިޓެޑަށް ދީފި އެވެ.
ދުބާއީގެ ”ސިޓީގައިޑް“ ވެބްސައިޓްގައި ވާގޮތުން މެދުއިރުމަތީގައި ޔޮޓުފަހަރު ބަންނަ އެންމެ މަޝްހޫރު ކުންފުނީގެ ޔޮޓުފަހަރު ރާއްޖޭގައި ވިއްކުމުގެ ހުއްދަ ދިނުމުގެ ގޮތުން ރާއްޖޭގެ ވީއޭ ޕްރައިވެޓް ލިމިޓެޑާއި އެކު އެއްބަސްވުމެއްގައި މިހާރުވަނީ ސޮއިކޮށްފަ އެވެ. މިއެއްބަސްވުމުގެގައި ވީއޭގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ ޑިރެކްޓަރ އަހުމަދު ހަމްޒާއެވެ. އަދި ޕާމްމެރިންގެ ފަރާތުން ސޮއިކޮށްފަވަނީ އެކުންފުނީގެ ބިޒްނަސް ޑިވްލޮޕްމަންޓް މެނޭޖަރ ހެރަލްޑް ސްރެގެލް އެވެ.
އެބަސްވުމާއި ބެހޭގޮތުން ވާހަކަ ދައްކަމުން ހެރަލްޑް ސްރެގެލް ވިދާޅުވީ ވީއޭއާއި އެކު ވެވުނު އެއްބަސްވުމުގެ ދަށުން އެކުންފުންނީގެ ޔޮޓުފަހަރުގެ ވިޔަފާރިއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
” މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް ޔޫރަޕުގައި ބޭނުންކުރާ ކޮލެޓީގެ ޔޮޓުފަހަރު ނެރުމުގެ މަގުފައި ވެގެންދާނެ.“ ސްރެގެލް ވިދާޅުވިއެވެ.
ސިޓީގައި ވާގޮތުން މި އެއްބަސްވުމުގެ ދަށުން ޕާމްމެރިންގެ ލަގްޒަރީ ޔޮޓްފަހަރުގެ ރާއްޖޭގެ ” އެކްސްކްލޫސިވް ޑީލަރ“ އަކަށް ވީއޭ ވެގެންދާނެ އެވެ. މިއެއްބަސްވުމުގެ ދަށުން ވީއަޕީން ގޮތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން ވީއޭގެ ދެ ރިޒޯޓުކަމަށްވާ ފިލިތެޔޮ ރިޒޯޓާއި މެދުފުށި ރިޒޯޓަށް ގެނައުމަށް މަގުފައި ވެގެންދާނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.