އެންޖަލީނާ ޖޮލީއަށް އެއްމާބަނޑު ދެކުދިން ލިބިއްޖެ
މަޝްހޫރު އެކްޓްރެސް އެންޖަލީ ޖޮލީ މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ފްރާންސްގެ ހޮސްޕިޓަލެއްކަމަށްވާ ލެންވަލް ހޮސްޕިޓަލުގައި އެއްމާބަނޑު ދެކުދިން ވިހައިފިއެވެ. އެކްޓަރ ބްރެޑް ޕިޓް އާއި އެންޖަލީނާއަށް ލިބުނީ އަންހެން ކުއްޖަކާ ފިރިހެން ކުއްޖެކެވެ. އެންޖެލީނާ ވިހެމުގެ ކަންތަކުގައި އިސްކޮށް ހަރަކާތްތެރިވި ޑރ.މިޝޭލް ސުސްމަން ބުނެފައިވަނީ މައިމީހާއާ ދެދަރިންގެވެސް ހާލުރަގަޅުކަމުގައެވެ. މި ދެތަރިންނަށް ވަނީ 2006 ވަނަ އަހަރުގައި އަންހެން ކުއްޖަކު ލިބިފައެވެ. މީގެ އިތުރުން އެޑަޕްޓްކޮށްފައިވާ ތިން ކުދިންވެސް މިދެތަރިންގެ ތިބެއެވެ.