ޓޮމްކޭޓް ކިޑްމަންއަށް ހަދިޔާ ފޮނުވައިފި
ހޮސްކާ ހާސިލްކޮށްފައިވަ އުމުރުން 41 އަހަރުގެ ބަތަލާ ނިކޯލް ކިޑްމަންއާ ފިރިމީހާ ލަވަކިޔުންތެރިޔާ ކީތް އަރބަންއަށްވަނީ މިމަހުގެ 7 ވަނަ ދުވަހު ދަރިޔަކު ލިބިފައެވެ. މި ދެތަރިންނަށް މި ލިބުނު އުފަލުގައި ބައިވެރިވުމުގެ ގޮތުން ނިކޯލްގެ ކުރީގެ ފިރިމީހާ ޓޮމް ކުރޫޒްއާ އޭނާގެ މިހާރުގެ އަނބި ކެތީ ހޯމްސް ބޭބީ ގިފްޓް ބާސްކެޓެއް ފޮނުވައިފިއެވެ. 2006 ވަނަ އަހަރުގައި ޓޮމްއާއި ކެތީއަށް ދަރިޔަކު ލިބުމުން ކިޑްމަންވަނީ އެމީހުންގެ މި އުފަލުގައި ބައިވެރި ވުމުގެ ގޮތުން ދަރިޔަށް ހަދިޔާ ފޮނުވާފައެވެ. ކިޑްމަންއާ ޓޮމް ކައިވެނިކޮށްގެން އުޅުނު ދުވަސްވަރު މިދެތަރިންވަނީ ދެކުދިން އެޑަޕްޓްކޮށްފައެވެ. ކިޑްމަންއާއި ކީތްއަށްވެސް ލިބިފައިވަނީ އަންހެންކުއްޖެކެވެ.