ކުނިބުނިން ސަލާމަތްވެފައިވާ ދުނިޔެއަކަށްޓަކައި ރީސައިކަލް ކުރުން

ޖުލައި 16، 18:53 1 ޚިޔާލު

މުހައްމަދު ޒުބައިރު

ކުނިބުނި ގިނަވެ ޤައުމުތަކުގެ ސާފުތާހިރުކަން ގެއްލޭވާހަކަ އަކީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި ކުރެވެމުންދާ އެންމެ ހޫނު އެއްބަހުސްއެވެ. ދުނިޔޭގެ އާބާދީ އިތުރުވެ އިންސާނުންގެ ބޭނުންތައްވަނީ އިންތިހާޔަށް އިތުރުވެފައެވެ. މިގޮތުން ކާބޯތަކެއްޗާއި, ހިފާގެންގުޅޭ ތަކެތީގެ އިތުރުން ކޮސްމެޓިކްސްއާއި އަންނައުނުގެ ބާވަތްތައްވެސް މިހާރުވަނީ ކުރިއާ އަޅާބަލާއިރު ބޭނުންކުރާ އަދަދު ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިކަމާ ގުޅޭގޮތުން ދިރާސާ ކުރައްވާ ގިނަ ފަރާތްތަކުން ބުނަމުން ގެންދަނީ މިކަމުގެ އެންމެ ބޮޑު ސަބަބަކީ ފޯރުންތެރިކަމާއި ޚަރަދު ކުރުމުގައި އެކަށީގެންވާ ވަރަށް ނުބެލުމެވެ. ކާބޯތަކެތި އިސްރާފު ކުރުމާއި ފައިވާނާއި އަންނައުނު ފަދަ ތަކެތި ވެސް ބާނުވަނީސް އާ ތަކެތި ގަތުމާއި މިއަދު ފެޝަނެއް ކަމުގައި ވެފައިވާ ނޭދެވޭ ސިފައެކެވެ. މިހުރިހާ ކަމެއް ގުޅިފައިވަނީ އަޅުގަނޑުމެންގެ ތެރޭގައި ކުނިބުނި އިތުރުވެ އެތަކެތި އެކަށީގެންވާ ގޮތެއްގައި ނައްތާލެވޭނެ މަގެއް ނެތުމެވެ. މިކަމާ ގުޅޭ ގޮތުން ދުނިޔޭގެ ގިނަ ޤައުމުތަކުން ދަނީ މިކަމަށްޓަކައި މަޝްރޫޢުތައް ރާވާ ގޮތްތަކެއް ފެނޭތޯ ބަލަމުންނެވެ.

މިގޮތުން އިގިރޭސި ވިލާތުގެ ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ކުނިބުނީގެ ގޮތުގައި އުކާލެވޭ ތަކެތި އަލުން ބޭނުންކުރުމަށް ގޮތްތަކެއް ހޯދައި, އެޤައުމުގެ ”ކުނީގެ ފަރުބަދަތައް“ ތިރިކުރެވޭތޯއެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި އިގިރޭސި ވިލާތުގެ ގޭގެއިން އުކާލެވޭ ކުނީގެ 60 އިންސައްތައަކީ ރީސައިކަލް ކުރެވޭނެ ބާވަތް ބާވަތުގެ ކުންޏެވެ. ނަމަވެސް ރީސައިކަލް ކުރެވެނީ ހަމައެކަނި 17.7 އިން ސައްތަ ކުންޏެވެ.

ސްވިޓްޒަލޭންޑްގައި ރީސައިކަލް ކުރެވޭ ބާވަތްތަކާމެދު އެޤައުމުގެ ސަރުކާރުން ހިތްހަމަޖެހޭކަން ވަނީ ފާޅުކޮށްފައެވެ. މިގޮތުން އެންމެ ޢާއްމުކޮށް ސްވިޒަލޭންޑުން ރީސައިކަލް ކުރަމުން ގެންދަނީ ބިއްލޫރި އާއި ކަރުދާހުގެ ބާވަތްތަކުން އުފެދޭ ކުނިބުންޏެވެ. މިކަމުގެ ސަބަބުން ސްވިޒަލޭންޑްގެ ގިނަ މީހުން ކަރުދާހާއި ބިއްލޫރި ކުނީގެ ގޮތުގައި އުކައެއް ނުލައެވެ. ސްވިޒަލޭންޑްގެ ސްޕަރ މާރކެޓް ތަކުގައި ”ބޮޓްލް ބޭންކްސް“ ތައްވަނީ ޤާއިމްކޮށްފައެވެ. މިތަންތަނުގައި ތަފާތު ވައްތަރުގެ ބިއްލޫރި ވަކިކޮށް އެޅޭނެ ގޮތް ހަމަޖެހިފައެވެ. މީގެ އިތުރުން ކޮންމެ ޓައުން އަކުންވެސް މަހަކު އެއްފަހަރު ކަރުދާހުގެ ހުރިހާ ބާވަތްތަކެއް އެއްތަނަކަށް ގެންދެއެވެ. މީގެ ތެރޭގައި ހިމެނެނީ ބާވެފައިވާ ނޫސްކަރުދާހެއްނޫނެވެ. ކާޑުބޯޑް ފޮށީގެ ކަރުދާހާއި އެކި ބާވަތް ބާވަތުގެ ޕެކެޓުގެ ކަރުދާހުގެ އިތުރުން ފޯނުބިލާއި ފެންބިލުފަދަ ތަކެތިވެސް މީގެ ތެރޭގައި ހިމެނެއެވެ.

އެލުމީނިއަމް އާއި ދަޅުފަދަ ތަކެތިވެސް އެޅުމަށްޓަކައި ޚާއްޞަ ކުރެވިފައިވާ ތަންތަން ހުރެއެވެ. މިތަންތަނުން ޤަވައިދެއްގެ މަތިން މިތަކެތި ނަގައިގެން ރީސައިކަލް ކުރާތަންތަނަށް ގެންދެވޭނެ ގޮތް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. ސްވިޒަލޭންޑްގައި ފިނިބުއިމުގެ ގޮތުގައި ބޭނުންކުރާ ބުއިންތައް އާއްމު ގޮތެއްގައި ހުންނަނީ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައެވެ. މިގޮތުން އުކާލެވޭ ޕްލާސްޓިކްގެ 80 އިންސައްތަ ރީސައިކަލް ކުރެވެއެވެ. މިއީ ޔޫރަޕްގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ސްވިޒަލޭންޑު ސަރުކާރުން ހާމަކުރެއެވެ.

ސްވިޒަލޭންޑްގައި ރީސައިކަލް ކުރުމަށް ސަމާލުކަން ދެނީ ހަމައެކަނި ތިމާވެށި ރައްކާތެރި ކުރުމުގެ ނިޔަތަކުނޫނެވެ. މިކަން ކުރާ ފަރާތްތަކަށް ވަރަށް ޚާއްޞަ އިނާޔަތް ތަކެއް ސަރުކާރުން ވަނީ ދޭން ފަށާފައެވެ. ރީސައިކަލް ކުރުމަށް ސަރުކާރަށް ޓެކްސް ދޭކަށް ނުޖެހެއެވެ. ކުނިއުކާލުމަކީ އެކަމަށް ޚަރަދު ކުރަންޖެހޭ ކަމެކެވެ. ގޭގެއިން އުކާލާ ކުނި ކޮތަޅުގައި ޚާއްޞަ ސްޓިކާއެއް ޖަހަން ޖެހެއެވެ. މިފަދަ ސްޓިކާއެއް ގަންނަން ލިބެނީ ޔޫރޯއަކަށެވެ.

އެމެރިކާ އަކީވެސް ރީސައިކަލް ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތްތައް ކުރަމުން އަންނަ ޤައުމެކެވެ. މިގޮތުން މުޅި ޤައުމުގައި އުފެދޭ ކުނީގެ 28 އިންސައްތަ ރީސައިކަލް ކުރެވެއެވެ. މިއީ މިވޭތުވެދިޔަ 15 އަހަރާ އަޅާބަލާއިރު ދެގުނަ އިތުރު ޢަދަދެކެވެ. މީގެ 20 އަހަރު ކުރިން އެމެރިކާގައި ރީސައިކަލް ކުރުމުގެ ޕްރޮގްރާމެއް ހިންގާފައިވަނީ އެންމެ ފަހަރަކުއެވެ. ނަމަވެސް 1998 ވަނަ އަހަރު މިފަދަ 9000 ޕްރޮގްރާމް ހިންގަންފަށާފައި ވެއެވެ. މިގޮތުން މުޅި ޤައުމުގައި 12000 އަށްވުރެ ގިނަ ރީސައިކަލް ޕްލާންޓްތައް މަސައްކަތް ކުރެއެވެ.

ޖަރުމަނު ވިލާތަކީ އަބަދުވެސް އެމީހުންނަކީ ތިމާވެއްޓަށް ޚިދުމަތްކުރުމުގެ ގޮތުން ދުނިޔޭގެ ޗެމްޕިއަން ޤައުމުކަމުގައި ދެކެމުން އަންނަ ޤައުމެކެވެ. މިގޮތުން ޖަރުމަނުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުންނަށް އެންމެ އުނދަގޫ ކަމަށްވާނީ އެމީހުން ކުނީގެ ގޮތުގައި އުކާލާތަކެތި ބައިބައިކުރުމެވެ. މީހުން ދިރިއުޅޭ އެޕާރޓްމަންޓް ބިލްޑިންގ ތަކުގައި ކުނި އެޅުމަށްޓަކައި ޑަސްބިންތައް ބެހެއްޓިފައި ހުރެއެވެ. މިގޮތުން ޖަރުމަނު ވިލާތުގައި ކުނީގެ ބާވަތްތައްވަނީ މައިގަނޑު 5 ބަޔަކަށް ބަހާލާފައެވެ. ކޮންމެ މީހަކު ވެސް ކުނި އަޅަންޖޭހޭނީ އެބައިތައް ވަކިކޮށް އެކަމަށް ޚާއްޞަ ކުރެވިފައިވާ ޑަސްބިންތަކަށެވެ. ކުނިނައްތާލުމުގައި މިސާލެއްގެ ގޮތުގައި ފާހަގަ ކޮށްލެވެނީ ޖަޕާނުގެ އިރުމަތީ އަވަށެއް ކަމުގައިވާ ކަމިކަޓްސްއެވެ. މިއަވަށުގެ މޭޔަރ ވަނީ އެމީހުން މިސާލެއް ކަމުގައި ބެލުމަށް ދުނިޔޭގެ އެހެން ޤައުމުތަކަށް ގޮވާލާފައެވެ. މިއަވަށުން މަސައްކަތް ކުރަމުން ގެންދަނީ އެމީހުން ދިރިއުޅޭ އަވަށަކީ ”ޒީރޯވޭސްޓް“ ޒޯނަކަށް ހެދުމަށެވެ. މިގޮތުން އެއަވަށުގައި ދިރިއުޅޭ މީހުން ކުނީގެ ގޮތުގައި އުކާލާ ކާބޯޓަކެތި ނައްތާލަން މަޖްބޫރުވާނެއެވެ. މިކަމުގެ ސަބަބުން ކާބޯތަކެތި އިސްރާފްކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ.

މީގެ އިތުރުން އުކާލެވޭ ކުނި 34 ކެޓަގަރީ އަކަށް ބައިކުރަން ޖެހެއެވެ. އެއަވަށުގައި ދިރިއުޅޭ މީހުން ބުނަމުން އަންނަނީ މިކަމުގެ ސަބަބުން އެމީހުން ކުރާ އިސްރާފު ކުޑަވެގެން ހިގައްޖެ ކަމުގައެވެ. އަދި ޚާއްޞަކޮށް ކާބޯތަކެތި ކޮންމެ މީހަކުވެސް ގަންނަނީ އެމީހަކަށް ވާވަރަށެވެ. ގިނަ ގޭގެއިން އުކާލާނެ އެއްޗެއް ނުހުރެއެވެ. ކަމިކަޓްޒޫގެ ރައްޔިތުންގެ އެއްބާރުކުމާއެކު އެއަވަށް މިހާރުވަނީ ކުނި ނައްތާލުމުގައި ދުނިޔޭގެ ނަމޫނާ އަވަށަކަށް ވެފައެވެ.

މިއަވަށުގެ މީހުން މިކަން ކުރަނީ ކުރާހިތުންނެވެ. މިގޮތުން ފުޅީގެ ބޭރުގައި ތަތް ކޮށްފައިވާ ލޭބަލްވެސް އެމީހުންނަށްޓަނީ ފޯކޮށްގެންނެވެ. އަދި އެއަށްފަހު އެތަކެތި ހިއްކައިގެން ރީސައިކަލް ކުރާ ފަރާތްތަކަށް ފޮނުވައެވެ. މީގެ އިތުރުން ރީސައިކަލް ކުރުން ޕްރޮމޯޓް ކުރުމަށްޓަކައި އެފަރާތްތަކުންވަނީ އިނާމު ތައްވެސް ކަޑައަޅާފައެވެ. މިގޮތުން ރީސައިކަލް ކުރަން ޙަވާލުކުރެވޭ ކޮންމެ ކުނިކޮތަޅަކަށް ކޫޕަނެއް ލިބެއެވެ. މިކޫޕަން ތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ބޮޑެތި އިނާމުތައް ވެސް ވަނީ ހަމަޖައްސާފައެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. މިޚަބަރުގައި އެއްވެސް ވަރަކަށް ރާއްޖޭގެ ރަށެއްގެ ކުނީގެ މައްސަލައާމެދު އަލި އަޅުވާލާފަ ނެތްކަން ދެރައެެވެ. ސުނާމީއާގުޅިގެން ރެޑްކްރޮސް އިން 74 ރަށުގައި ހަދައިދީފައިވާ ކުނިކޮށިތައް ހަދައިދީފައިވާ އެއްވެސް ރަށަކަކށް ސަރުކާރުގެ އެއްވެސް އެހީއެއް ލިބެމުން ގޮސްފައެއް ނުވެއެވެ. ވ. އަތޮޅު ފިޔަވައެެވެ. ރާއްޖޭގައި ޒަމާނުންސުރެ އާދަވެފައިވާގޮތަށް ރަށްވަށައިގެން ދަނީ ކުނިއުކަމުންނެވެ. ކުނިކޮށިހަދައިދީފައިވާ 74 ރަށުިގައި ފަރުބަދައެއްހެން ކުނިޖަމާވެ އެކަންވަނީ ރަށްރަށުގެ ވެރިން ގެ ބޮލުގައި އެޅިފައެެވެ. ސަރުކާރުގެ އެހީއެއްނެތި އެވެ.ޒަމާނުއްސުރެ މޫދަށް ކުނިއަޅަން އާދަވެފައިވާ ބަޔަކަށް ވިޔަސް ކުނިކޮށިހަދައިދިން ރަށްރަށުގައި ރެޑްކްރޮސްއިން ހިންގި ތަމްރީނު ތަކާއެކު ދާދި އަވަހަށް މޫދަށް ކުނިއުކުން ހުއްޓި ކޮށްޓަށް ކުނިގެންދިޔުމުގެ ރަނަގަޅުއާދަވަނ ީ ފޯރިހިފާފައެވެ. ނަމަވެސް އެތަން ތައްފުރި ކުނިނައްާލެވޭނެ ގޮތެއް ނެތިފައި ތިބެން ޖެހުމުން އަލުން މޫދަށް ކުނިއެޅުމުގެ ރޫޙުވެސް ދަނީ އުފެދެމުންނެވެ.މ ޫދަށް ކުނިއެޅުމުން މަސްމަހާމެއްސަސާ ފަރުތަކަސާ ފަރުތަކުގައިވާ ދިރުމަށް ބޮޑެތި ގެއްލުންތަކެއް ލިބުނަސް މިަކަމކީ ސަރުކާރަށް މާފަސޭހަ ޕްރެޝަރކުޑަ ބޭރުންމިކަންކަމަށް ލިބޭއެހީ ނަހަމަގޮތުގައި ބޭނުންކުރުމަސާއި ކޮރަޕްޓްވުމަށް މާރަނގަޅުގޮތެކެވެ.ރ ަށުގައި އުފެދޭކުނި މޫދަށް އުކާލުމުން ގާތަކުގައި އޮޅި މަސްމަރުވަމުން ދިޔަނަމަވެސް އުފެދޭކުނި މޫދަށް އުކުމުން ރަށުގައި ފެންނަން ނެތަތީވެ ސަރުކާރުން ވަނީ މާފައްކާ ގޮތަކަށް އެގޮތްވެފައެެވެ. އެއްވެސް މީހަކު ކުނިނައްތައި ނުލެވިގެން އެންވަޔަރުމަންޓަށް ނުގުޅާނެތީއެވެ. ސަރުކާރަށް ގްރީންޕީސް ފަދަ ތިމާވެށީގެ ޖަމާޢަތަކުން ކުނީގެ މިބާވަތުގެ މަސައްކަތަށް ދޭޢާލަތްތަކާ ފައިސާ ބޭނުންކުރަނީ މާލޭއާ ހުޅުމާލެއާ ވިލިނގިލީގެ ކުނިނައްތާލުމަށްޓަކާ ތިލަފުއްޓަށް އެކަންޏެވެ. މިއީ ވަރަށް ދެރަކަމެކެވެ. މިގޮތަށް މޫދަށް ކުނިއުކާލުމަކީ ސަރުކާރުން ހުއްދަ ކަމެއް ކަމުގައި ހަދާ ބާއްވަން ބަލާއިރު މަސްވެރިކަމަށް ގައްލުންވެ ކައިރީގައިވާ ރިސޯޓުތަކުގެ ބީޗް ތައް ހަޑިވެ ބީޗަށް ކުނިލައްގަނީ މިފަދަމައްސަލަ ތަކުންނެވެ. އަދި އެންވެރިަކަމާ ފަރުގެ ދިރުމަށް ބެޓެރިއާ ސިމްންތި ޓިނުން އަދި އެކިފާޑުގެ ކެމިކަލް ހިމެނޭ ބާވަތްތައް އުކާލެވުމުންވެސް ފަރުތައްމިދަނީ ހަލާކު ވަމުންނެވެ. އެކަމަކު ބައެއްގެ ޖީބު މިކަމުންވެސް މިދަނީ ފުރެމުންނެވެ. އެބައިމީހުްގެ ގެތައް 10 ބުރިޔަށް ނެގެނީ މިފަދައެތިކޮޅުން ލިބޭ ފައިސާއިންނެވެ. ޓޫރިޒަމް މިނިސްޓްރީއަށް ބެޑްޓެކްސްގެ ގޮތުގައިލިބޭ ފައިސާއަކީ މަދު އެއްޗެއް ނޫނެވެ. އެކަމަކު ރަށްޜަށުގެ ގޮނޑުދޮށްތަކަށް އުކާލެވޭކުނިއެޅުން މަނާކުރުމަށް އެއްވެސް ޚަރަދެއް ސަރުކާރުންނުކުރާއިރު ސަރުކާރުން މިގޮޑުދޮށްތަކަށް ވެލިއަޅާ ހަދަމުންނެއްވެސް ނުދެއެވެ. ވީއިރު މިފައިސާއިން މިކުރަނީޮކން ކަމެއްބާވައެވެ. އަހަރެމެންނަށް ފެންނަ ގޮތުގައި މިރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ކުނިނައްތާލުމަށް ފަ ަޅުރަށެއް ޚާއްޞަކޮށް އެރަށުގައި ކުނިނައްތާލުމަށް ތައްޔާރުކޮށް އެރަށަށް މީހުން އުޅޭ އެއަތޮޅުގެ ހުރިހާ ރަށަކުން ކުނިގެންގޮސް ނައްތާލަންވީއެވެ. ނޫނީ މިރިސޯޓުތަކުގެ ގޮނޑުދޮށްތަކަކީ އރަށްރަށުގެ ވަށައިގެން ދިރިއުޅޭ ރަށްރަށުގެ މީހުްނ އުކާކުނިން ސަލާމަތްވާނެ ތަންތަނެއް ނޫނެވެ. މަސްވެރިންވެސް އިންޖީނުގެ ތެޔޮ ބަދަލް ކޮށް އެތެޔޮ މޫދަށްއަޅާލުމުގެ ބަދަލްގައި އެރަށްކާތެރިގޮތުގައި ކުނިކޮށްޓަށް ޙަވާލުކުރާ އުޞޫލެއް ނޫނީ އަނބުރާ މިފްކޯއަށް ގަންނަގޮތަށް ހަދަންވީއެވެ. ނޫނީ މިޓޫރިޒަމާ އަލްވަދާއުކިޔަން ޖެހިދާނެއެވެ. ފަރުތަކގެ ދިރުން ކަމުގައިވާ މަސްތައް މަރުވާފަދަތަކެތި މެދުނުކެނޑި އެޅެނީނަމަ މިޔަރުތަކާ މަސަްތައް މަރުވެ މިތަންބަލަން އަންނާނެ މީހަކު ނުވާނެއެވެ. މިއިންޑަސްޓްރީ ހަލާކުވެ ގެއްލިދާނެއެވެ. ސަރުކާރުން މިފަދަކަންތަކަށް އެއްވެސް ސަމާލުކަމެއް ދީފައިނުވާތީ ހިތާމަކުރަން ޖެހެއެވެ. މިހެން މިކަން ހުރުމުން ރާއްޖޭގެ އަދުގެ ސަރުކާރަކީ ތިމާވެއްޓަށް ޙަޤީ ޤަތުގައި ސަމާލުކަން ދޭ ޤައުމެއް ނޫނެފވެ. އެކަމަކު އެނަމުގައި ފާޑުފާޑުގެ ވާހަކަގިނައިން ދައްކައިގެން ބޭރުގެ އެހީ ފުޅާދާއިރާއެއްގައި ހޯދާ ޤައުމެކެވެ.

    ބުދަ، ޖުލައި 16 2008، 21:17
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv