ރާކީ ސާވަންތް ޝޯގެ ފުރަތަމަ މެހްމާނަކަށް އާމިރު ޚާން

ޖުލައި 15، 17:16 0 ޚިޔާލު

ބޮލީވުޑްއާ އިންޑިޔާގެ ގިނަ ޓީވީ ބެލުންތެރިން މިހާރު އިންތިޒާރުކުރަމުންދަނީ މަޝްހޫރު ނެށުންތެރިޔާ ރާކީ ސާވަންތްގެ ޓިވީ ޓޯކް ޝޯ ދި ރާކީ ސާވަންތް ޝޯއަށެވެ.

ޖުލައި 14 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ޝޯގެ ފުރަތަމަ އެޕިސޯޑްގެ މެހްމާނެއްގެ ގޮތުން ރާކީ ހޮވާފައިވާ ތަރިޔަކީ މަޝްހޫރު ފިލްމީތަރި އާމިރު ޚާންއެވެ. ގިނަ ބަޔެއްގެ ހިތުގައި މިހާރު އުފެދިފައިވާ ސުވާލަކީ މީޑިޔާއާދުރު ގަވައިދުބޮޑު ތަރި މި ޝޯގައި ބައިވެރުވުމަށް އެއްބަސްވީ ސަަބަބެވެ. މިކަމާ ގުޅޭގޮތުން އާމިރު ބުނެފައިވަނީ މި ޝޯގެ ފުރަތަމަ މެހްމާނެއްގެ ގޮތުގައި ބައިވެރިވުމަށްއެދި ރާކީ އޭނާޔަށްފޮނުވީ ސިޓީއެކެވެ. މި ސިޓީވެގެންދިޔައީ މި ޝޯގައި އާމިރު ބައިވެރިވުމަށް އެއްބަސްވީ ސަބަބަށެވެ.

އާމިރު ބުނިގޮތުގައި ރާކީ ސާވަންތް އޭނާޔަށް ވަރަށް ގިނަ ޓީވީ ޝޯތަކުންފެނިފައިވެއެވެ. އަދީ ރާކީގެ ހިތްވަރަށާއި އަޒުމަށް އޭނާ ތަޢުރީފްކުރިއެވެ. ޝޯ ހުށަހެޅުންތެރިޔާ ރާކީ ބުނިގޮތުގައި އޭނާ ފުރަތަަމަ ހުށަހަޅާދޭ ޝޯގެ އެންމެ ފުރަތަމަ މެހްމާނެއްގެ ގޮތުން އާމިރު ހޮވީ އޭނާޔަކީ ބޮލީވުޑްގައި މަޝްހޫރު ގިނަބަޔެއްގެ ސަޕޯޓް ލިބި އަދި ހަމަ އެހެންމެ އޭނާ ހަރަކާތްތެރިވާ ހުރިހާ ފިލްމެއް ކާމިޔާބްވާ ސްޓާރަކަށްވުމުންނެވެ.

ރާކީ އެހާފަސޭހައިން އާމިރު މި ޝޯގައި ބައިވެރިކުރުވުމަށް އެއްބަސްކުރުވީ ކިހިއްނެއްތޯ ކުރި ސުވާލުގެ ޖަވާބުގައި ރާކީ ބުނެފައިވަނީ އާމިރުއާ އޭނާޔަކީ އެއްކަހަލަ އެހެނަސް ތަފާތު ދެމީހުންކަމުގައެވެ.

މި ޝޯގެ ދެވަނަ މެޙްމާނަކަށް ރާނީ ހޮވާފައިވަނީވެސް ބޮލީވުޑްގައި މިހާރު ވަރަށް ކާމިޔާބުކަމާއެކު ފިޔަޖަހަމުން އަންނަ އަލިގަދަތަރި ވިދްޔާ ބާލަންއެވެ. ގިނަ ވީޑިޔޯ ލަވަތަކެއްގައި ހަރަކާތްތެރިވެފައިވާ ރާކީއަށް ވަނީ ބޮލީވުޑް ފިލްމް އިންޑަސްޓްރީގައި ކާމިޔާބެއް ލިބޭގޮތްނުވެފައެވެ. ނަމަވެސް ދާދިފަހުން ޔަޝްރާޖް ޕްރޮޑަކްޝަންއިން ވަނީ ރާނީ މުކަރްޖީ އަދި ޝާހިދު ކަޕޫރު ހަރަކާތްތެރިވާ ފިލްމެއްގެ ބޮޑުބައެއްއަދާ ކުރުމުގެ ފުރުސަތު ލިބިފައެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ރާކީއަކީ ޖެހިލުން ކުޑަ ހިތްވަރުގަދަ ތަރިއެކެވެ. ޔަޝް ރާޖް ފިލްމާއި ޓީވީ ޝޯގެ ސަބަބުން ރާކީޔަށް ކާމީޔާބު ލިބުން ވަރަށްގާތެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv