
ބަޖެޓްގެ ކަންތަކުގައި ޑީއާރުޕީގައި ހިމެނޭ ބައެއް ވަޒީރުން އެއްބާރުލުން ނުދެއްވިކަމަށް ވިދާޅުވެ ގާސިމް ޑީއާރުޕީންވެސް އިސްތިއުފާ ދެއްވައިފި
ފިނޭންސް މިނިސްޓަރުގެ މަގާމުން އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޑީއާރުޕީގެ އެއްނައިބު ޒައީމް ޤާސިމް އިބްރާހީމް ޑީއާރުޕީން ވަކިވެވަޑައިގެންފިއެވެ.
މިކަން ޤާސިމް އިބްރާހީމްވެސް ވަނީ ޖަޒީރާއަށް ކަށަވަރުކޮށްދެއްވާފައެވެ.
ޤާސިމް ވިދާޅުވީ ޑީއާރްޕީން ވަކިވެވަޑައިގަތީ, ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓަށް އާމްދަނީ ހޯދުމަށް ރާވައި އެބަޖެޓްގައި ހިމަނާފައިވާ މަޝްރޫއުތައް ހިންގެވުމަށް ޑީއާރުޕީގެ މެންބަރުން ކަމުގައިވާ ބައެއް ވަޒީރުން އެއްބާރުލެއްވުން ނުދެއްވުމުގެ ސަބަބުން ކަމަށެވެ.
ޤާސިމް ވިދާޅުވީ 2006 ވަނައަހަރާއި 2007 ވަނައަހަރުވެސް ދައުލަތުގެ ބަޖެޓަށް އާމްދަނީ ހޯދުމަށް ކުރުމަށް ރާވާފައިވާ ބައެއް ކަންތައްތަކާއި ހިންގުމަށް ހަމަޖެހިފައިވާ ބައެއް މަޝްރޫއުތައް ހިންގެވުމަށް އެމަޝްރޫއުތަކާ ގުޅޭ ދާއިރާތަކުގެ ބައެއް ކެބިނެޓް ވަޒީރުން އެއްބާރުލެއްވުން ނުދެއްވުމުގެ ސަބަބުން ބަޖެޓަށް އާމްދަނީ ލިބޭނެ މަގުތައް ބަންދުވެ ބަޖެޓް ޑެފިސިޓް ވަމުން އަންނަ ކަމަށެވެ.
”އެއީ ޑީއާރުޕީގެ މެންބަރުން ކަމުގައިވާ ބައެއް ވަޒީރުން. ހުރިހާ ވަޒީރުންނެއް ނޫން. އަނެއްކާ ބައެއް ކަންތައްތައް ކޮށްފައިވެސް އެބަހުރި ނުކޮށް ހުރީކީވެސް ހުރިހާ ކަމެއް ނޫން“ ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ބަޖެޓަށް އާމްދަނީ ލިބޭނެ ބައެއް މަޝްރޫއުތައް ކުރިއަށް ނުދިއުމުގެ ސަބަބުން ރައްޔިތުންނަށްޓަކައި ކޮށްދޭން ނިންމާފައިވާ ކަންތައްތައްވެސް ކުރެވެމުން ނުދާ ކަމަށާއި އެއީވެސް ޤާސިމް އެޕާޓީން އިސްތިއުފާ ދެއްވުމުގެ ސަބަބެއް ކަމަށެވެ.
ޤާސިމް ވިދާޅުވީ އޭނައަކީ ރިސޯޓް ފަދަ ވިޔަފާރިތައް ކުރާ މީހަކަށް ވެފައި ޓެކްސް ނެގުމަށް ޓެކްސާ ބެހޭ ޤާނޫނުވެސް ފޮނުވާފައިވާތާ 2 އަހަރު ވެފައިވައިރު އެކަންވެސް އަދިވެސްއޮތީ ނުކޮށްދީ ކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާގެ ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފު (މުންދު) ކެޕިޓަލް ރޭޑިއޯއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ގާސިމް ސަރުކާރުން އިސްތިއުފާދެއްވާފައި ވަނީ ސިޔާސީ ސަބަބުތަކެއްގެ ސަބަބުން ކަމަށެވެ. އެގޮތުން ޑީއާރުޕީގެ ރަނިންގ މޭޓެއްގެ މައްސަލައާއި ޖުމްހޫރީ ޕާޓީއާއި ގާސިމާ ގުޅުމެއްވާކަމަށް މުންދު އިޝާރާތް ކުރެއްވި އެވެ.
” ސިޔާސީ ވަރަށްގިނަ ސަބަބުތަކެއް އެބަހުރި. އެގޮތުން ޒައީމުގެ ރަނިންގ މޭޓެއްގެ މައްސަލަވެސް ހިމެނޭ. ރަނިންމޭޓަކު ހޮވުމަށް ކައުންސިލަށް ބާރު ދިނުން އެއީ އެއް ސަބަބު. އަދި ގާސިމާއި މިހާރު އުފެއްދުމަށް މަސައްކަތް ކުރަމުންދާ ޖުމްހޫރީ ޕާޓީއާ ހުރިގުޅުން ކަމަށް ދެކެވޭ ވާހަކަވެސް ހިމެނޭ. ގާސިމް ވިދާލުވިޔަސް އެއްވެސް ހާލަތެއްގައި އިގުތިސާދީ މައްސަލައެއްގައި ނޫން އެމަނިކުފާނު އިސްތިއުފާދެއްވާފައި ވަނީ“ މުންދު ވިދާޅުވި އެވެ.
ޑީއާރުޕީގެ ނައިބު ޒައީމެއްގެ ގޮތުގައި ހުންނެވި ޤާސިމް އިބްރާހީމް މިއިސްތިއުފާދެއްވީ އެޕާޓީގެ ހުސްވެފައިވާ ނައިބު ޒައީމަކަށް ރައީސްމައުމޫނުގެ ކޮއްކޯފުޅު ހޮވުނު ކޮންގްރެސް ނިމުނުތާ 24 ގަޑިއިރުވެސް ނުވަނީހެވެ. އެހެންކަމުން އަނެއްކާވެސް ނައިބު ޒައީމެއްގެ ގޮނޑި ޑީއާރުޕީން ހުސްވީ އެވެ.
ޑީއާރުޕީގެ ކޮންގްރެސް ނިމުނު ޖަލްސާގައިވެސް ޤާސިމް އިއްޔެ ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
އިއްޔެ ކޮންގްރެސް ނިންމާލުމަށްފަހު އެ ޕާޓީން ބޭއްވި ނިއުސް ކޮންފަރެންސްގައި ޖަލްސާގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ, ގައުމީ ޖަލްސާ ނިންމުމުގެ ރަސްމިއްޔާތުގައި ގާސިމް ބައިވެރިވަޑައިނުގެންނެވީ ރަށުގައި ވަޑައިގެން ނެތުމުން ކަމަށެވެ.
ޤާސިމް އިތުރު ޕާޓީއަކާ ގުޅެން ޚިޔާލުކުރައްވަމުތޯއާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލައްވަނަންތޯ ދެންނެވުމުން އެކަމަށް ޖަވާބު ދެއްވަމުން ވިދާޅުވީ މިހާރު މިދައްކަނީ ޑީއާރުޕީން އިސްތިއުފާ ދިން ވާހަކަ ކަމަށެވެ.
-
އާދިތްތަ، ޖުލައި 13 2008، 21:28
ޤާސިމް ތިހެއްދެވީ ރަނގަޅަށެެވެ. ޤާސިމަކީ މިހާތަނަށް ވެސް އަމިއްލަމަސްއަކަތުން އުޅުއްވާ ނިކަމެތިންގެ ޙާލުބަލާ އެމީހުން ނަށް އެހީތެރިކަން ދީ ރަށްރަށަށް ޒިޔާރަތް ކުރައްވާ ރަށްރަށުގެ ޙާލަތު ދެނެލައްވާ ހުންނަވާ ބޭފުޅެކެވެ. ދެވަނަ ޤާސިމެއް އުފެދުނަކަ ނުދޭނަމޭ ބުނެފަ މީހަކުވަނީ ދެވަނަ ޤާސިމަށް ވެފައެވެ.
-
އާދިތްތަ، ޖުލައި 13 2008، 21:31
ޖައުސާ ޖަޢުފަރު ދައްކާ ވާހަކަ ތަކަކީ ޔާމީނު ބާރު ލިބިގެން ސަރުކާރާ ދެކޮޅަށް ދައްކަމުން އަންނަވާހަކަ ތަކެކެވެ. އޭނާ މަސްގަންނަން ނަގާފައިވާ ރަށް އެހެން އޮތުމުން ހއ. ރައްޔިތުންގެ ނުރުހުންވަނީ ވަރަށް ބޮޑަށް ޖޯރޭއަށް ކުރިމަތިވެފައެވެ.
-
ހޯމަ، ޖުލައި 14 2008، 18:49
ދިވެހިރައްޔިތުން ފަރާތުން މައުމޫނަށް ސާބަހޯ !!!!! ރައީސަކު އަރާ އެއޮއްބޮޑު އިންޑިޔާއިން ޢާއިލާއަށް ނުކުރާ ޚަރަދުކޮށް ފިއޯ ސާފުގެ އެއްވަނަ ހޯދި ހަމަ ވަރުބަލިކަމެއްވެސްނެތި ތިޔަކުރިހިތްވަރަކުން ..... މަރުޙަބާ މައުމޫނަށް މަރުޙަބާ މަރުޙަބާ ނަސްރީނާއަށް މަރުޙަބާ މަރުޙަބާ އިބްރާހީމް މަނިކަށް މަރުޙަބާ މަރުޙަބާ ޢައްބާސް އަށް މަރުހަބާ މަރުޙަބާ މުޅިޢާއިލާއާ ޙަމީދަށް ޝުކުރިޔާ
-
ހޯމަ، ޖުލައި 14 2008، 01:44
ގާސިމް ތިކޮށްދެއްވި އަގު ހުރި މަސަައްކަތައް ސާބަސް! އަދި ކުރިޔައް އޮތް އިންތިހާބުގަވެސް މައުމޫނާ އިދިކޮޅައް ނިކުމެ ކާމިޔާބު ހޯދުމައް ފަސް ނުޖެހުމައް ވެސް ގޮވާލަން.
-
އާދިތްތަ، ޖުލައި 13 2008، 22:55
މިހުރިހާ ވެސް ކަމަކީ ފެއިލް ވެފައިވާ މިސަރުކާރުގެ ގޭމް ޕުލޭނެވެ. ދިވެހިންނަށް ބިރު ދެއްކުމަށް ކުރާ ކަންތަކެވެ.ދިވެހިން ހެއެއް ނާރާނެއެވެ. އެމީހުން އެއަށްވުރެ ފިނޑި އެވެ.ބަނޑަށް ޖެހެނީއެވެ. މަގޫފަތް ކާން ތައްޔާރުވާށެވެ. ހިތާމައަކީ މިހާރަކު ރާއްޖެއަކު އެހާ މަގޫފަތެއްވެސް ނެތްކަމެވެ.ހެހެހެހެހޭހޭ...-ހިޔަނި.