މައުމޫނަށް ހުތުރު ބަހުރުވައިން ފާޑުވިދާޅުވި އިމާދު ސޯލިހަށް ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުކަން ދެއްވައިފި

އަހުމަދު މުހުސިން މޭއި 31 2007، 21:27 1 ޚިޔާލު

ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މެމްބަރުކަމުގެ ހުވާ އިމާދު ސާލިހު ކުރައްވަނީ

އެމް.ޑީ.ޕީގެ ޖަލްސާއެއްގައި އިމާދު ސޯލިހު ވާހަކަ ދައްކަވަނީ: ރައީސް މައުމޫނަށް ފާޑުވިދާޅުވެ އިމާދުވަނީ ވަރަށް ހުތުރު ބަހުން ވާހަކަ ދައްކަވާފައި

ރައީސުލްޖުމްހޫރއިްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމަށް ވަރަށް ހުތުރު ބަހުން ފާޑު ކިޔާފައިވާ އިމާދު ޞާލިހަށް ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން, ރައީސުލްޖުމްހޫރިއްޔާ ބުރާސްފަތި ދުވަހު ހަވާލުކުރައްވައިފި އެވެ.

ރައްޔިތުންމަޖިލީހުގެ ރައީސުލްޖުމުހޫރިއްޔާގެ މެމްބަރު ކަމަށް އިމާދު ސާލިޙް ހަމަޖެއްސުމާ ގުޅިގެން އޭނާ ރައީސުލްޖުމުހޫރިއްޔާގެ ކުރިފުޅުމަތީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ ޤާނޫނީ ހުވަޔާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެމްބަރު ކަމުގެ ޤާނޫނީ ހުވާ ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން ބުރާސްފަތި ދުވަހު ވަނީ ކުރައްވާފަ އެވެ.

ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި ވަކިވަކިން ބޭއްވި ދެރަސްމިއްޔާތެއްގައި އިމާދު ޞާލިޙަށް ހުވާލައިދެއްވީ އިސްލާމީ ކަންތައްތަކާއިބެހޭ އެންމެ މަތީ މަޖިލީހުގެ ނާއިބްރައީސް ފަޟީލަތުއްޝައިޚް އަޙްމަދު ފާރޫޤް މުހައްމަދެވެ.

މިހާރު ޑީއާރުޕީގެ މެންބަރ އިމާދު ސާލިހް އެމަޤާމަށް މިއައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމުހޫރިއްޔާގެ މެމްބަރު އަބުދުއްރަޝީދު ޙުސައިންގެ މަސައްކަތްޕުޅުތައް ހުރިގޮތުން މެމްބަރުކަމަށް ބޭފުޅަކު ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގެންފައި ވާތީކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކޮށްފަ އެވެ.

ޢިމާދު ޞާލިޙް ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމުހޫރިއްޔާގެ މެމްބަރުކަމުގެ ޤާނޫނީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައްޔިތުން މަޖިލީހުގެ ރައީސް އަޙްމަދު ޒާހިރު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ރައްޔިތުންގެ ޚާއްޞަމަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިދެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޕްރެޒިޑެންޝަލް އެފެއަރޒް މުޙައްމަދު ޙުސައިންއާއި ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު އަޙްމަދު މުޙައްމަދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިމާދު ސާލިހަކީ 2004 ވަނަ އަހަރުގެ އޮގަސްޓްމަހު ކުރިމަތިވި މަޝްހޫރު ފުރަތަމަ ބާރަ ތޭރައިގައި ދިވެހިސަރުކާރަށާއި ރައީސް މައުމޫނަށް ތާއީދުކޮށް އަޑުގަދަކުރާއިން ވާހަކަ ދައްކާ އަދި ހުޝާމަދުގެ ބަސްތައް ބުނެފައިވާ މީހެކެވެ. އޭގެފަހުން ގ ދުންފިނި ހިޔާގައި ހިނގަމުންދިޔަ އެމްޑީޕީގެ ހަރުގޭގައި ކުރިއަށްދިޔަ ބައްދަލުވުންތަކުގައި ބައިވެރިވެ ރިޔާސަތާ ސުވާލު ކުރަމުން ގެންދިޔަ މީހެކެވެ. އަދި އޭގެ ފަހުން އެބައްދަލުވުންތަކުގައި އައްޑޫ ރައްޔިތުންގެ ޝުއޫރު ކަމަށް ބުނެ އިމާދުވަނީ މިސަރުކާރަށާއި ރައީސް މައުމޫނަށް ވަރަށް ހުތުރު ބަހުން ފާޑުކިޔާ އަދި މަލާމާތްކޮށް ހަދާފަ އެވެ. އަދި ވަރަށް ސާބިތު ކަމާއި ކެރި ހުރެގެން ހުރިކަމަށް ބުނެ ވަރަށް ހަރު އަޑުން ވާހަކަ ދައްކާ ސްޓޭޖްތައްވެސް ފަޅު ފިލުވާފަ އެވެ.

އިމާދު ސާލިހް އެމްޑީޕީން ވަކިވެފައިވަނީ ދެވަނަ ބާރަ ތޭރައިގެ ފަހުން މާލޭގައި ހިނގާދިޔަ ހަމަނުޖެހުންތަކަކާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި އިމާދު ސާލިހްވެސް ދޫނިދޫގައި ހައްޔަރުކޮށް ދޫކޮށްލި ފަހުންނެވެ. އަދި އެހާހިސާބުން ޑީއާރުޕީއާ ވަނީ ގުޅިފައެވެ.

ކުރިން ސީއެޗްއެސްސީގެ ކެމިސްޓްރީ ޓީޗަރެއްގެ ގޮތުގައި ހުރެ ޑީއާރުޕީގެ މެންބަރަކަށް ވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރުކަން އޭނާއަށް ވަނީ ދެއްވާފައެވެ. އަދި އޭގެފަހުން ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން އައްޔަން ކުރާ އެއްމެންބަރުގެ ގޮތުގައިވެސް އިމާދު ސާލިހް ވަނީ ހަމަޖައްސާ ފައެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. buy soma buy cialis buy tramadol buy phentermine buy adipex buy oxycontin buy viagra buy ultram buy levitra buy valium by zoloft buy zyban buy tramadol buy pharmacy buy meridia

    އަންގާރަ، ޖުލައި 1 2008، 16:46
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv