ލަވަކިޔުންތެރިޔާ އަޝާ މަންމަ މެނޭޖަރަކަށް ހެދުމާމެދު ވިސްނަނީ

ޖުލައި 13، 17:33 0 ޚިޔާލު

އާރު އެންޑް ބީ ލަވަކިޔުންތެރިޔާ އަޝާ މަންނަ ދެވަނަ ފަހަރަށް އޭނާގެ މެނޭޖަރަކަށް ހެދުމާމެދު ވިސްނައިފިއެވެ. މީގެ ކުރިންވެސް އަޝާގެ މެނޭޖަރުކަންކޮށްފައިވާ އަދި އަޝާ މަޝްހޫރުވުމުގައި އެންމެ ބޮޑުބައެއް އަދާކޮށްފައިވާ އަޝާ ވަނީ 2007 ވަނަ އަހަރު އޭނާގެ މަންމަގެ އެހީތެރިކަން ބޭނުންނުވާކަމަށްބުނެ މެނޭޖަރުކަމުން މަންމަވަކޮށްފައެވެ.

މަންމަ މެނޭޖަރުކުމުން ވަކިކުރުމަށްފަހު އަޝާވަނީ މަޝްހޫރު މަރާޔާ ކެރީ އަދި ޖެނިފަރ ލޮޕޭޒްފަދަ ލަވަކިޔުންތެރިންގެ މެނޭޖަރުކަންކޮށްފައިވާ ބެނީ މެޑިނާއަށް މިމަޤާމްހަވާލްކޮށްފައެވެ. ނަމަވެސް އަޝާގެ އެންމެފަހުގެ އަލްބަމް ހީކުރިވަރަށް މާކެޓްގައި ނުހިގާތީ އަޝާވަނީ މިކަމުގެ އިލްޒާމް މެޑީނާގެ ބޮލުގައި އަޅުވާފައެވެ. ބުނެވޭ ގޮތުގައި އަޝާގެ އާ އަލްބަމްގެ ނާކާމިޔާބުގެ ސަބަބުން އޭނާހުރީ ވަރަށް ނުތަނަވަސްވެފައެވެ. މިކަމުގެ ރުޅިގަޑުގައި އޭނާވަނީ ވަރަށްގިނަ ބަޔަކު ވަޒީފާއިންވެސް ވަކިކޮށްފައެވެ.

މެޑީނާ މިކަމާބެހޭ ގޮތުން ބުނެފައިވަނީ މާކެޓްގައި މިދުވަސްވަރު އަލްބަމްތަށް ވިކެމުންދާގޮތަށްބަލާއިރު އަޝާގެ އަލްބަމަކީ ނާކާމިޔާބުއެއްޗެއްކަމަށްނުބެލެވޭކަމަށާ އެކަމާ އަދި އަޝާ ހާސްވަން ނުޖެހޭކަމަށެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އަޝާގެ މަންމަފަދައިން އޭނާޔަށް މަސައްކަތްކޮށްދޭނެ އަދި އެހާ ކުޅަދާނެ އެހެން މީހެއް އަޝާއަށް ނުލިބޭނެއެވެ. އެހެން ކަމުން ކުރިން ލިބުނު ކާމިޔާބު އަޝާ ހޯދަން ބޭނުންނަމަ އެންމެ ބުއްދިވެރިވާނީ އަނެއްކާވެސް މަންމައަށް މެނޭޖަރުކަންދިނުމެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv