މޯލްޑިވްސް ޕާޓްނަޝިލް ފޯރަމްގެ ދެވަނަ ބައްދަލުވުން އާދީއްތަ ދުވަހު ބާއްވަނީ

މިއުސަމް އައްބާސް މޭއި 31 2007، 21:15 0 ޚިޔާލު

ދިވެހި ރާއްޖެއާ ބޭރުގެ ގައުމުތަކާ އޮންނަ ގުޅުންތައް ބަދަހިކުރުމަށް ބާއްވާ ސިލްސިލާ ބައްދަލުވުން )މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް 2( އަންނަ އާދިއްތަ ދުވަހު ފާށާނެ އެވެ.

ހާރިޖީ ވުޒާރާއިން ބުނީ މިބައްދަލުވުމަކީ 2010ގައި އދ.ގެ ފަގީރުގައުމުތަކުގެ ލިސްޓުން ރާއްޖެއުނި ކުރުމަށް ނިންމާފައިވާއިރު, ރާއްޖެއަށް ލިބޭ އެހީތައް ލިބުން ދަތިވެދާނެތީ ރާއްޖެއަށް އެހީދޭ ގައުމުތަކާ އެކު ބާއްވާ ގުޅުން ބަދަހި ކުރުމުގެ ބައްދަލުވުމެއް ކަމަށެވެ.

” މެދުފަންތީގެ ގައުމެއްގެ ގޮތުގައިދާ ގައުމަކަށް އެހީ ހޯދަން އެހާ ފަސޭހައެއް ނުވާނެ. އެހެންވެ އެހީދޭ ގައުމުތަކަށާއި އެކިއެކި ގޮތްގޮތުން އެހީވާ ޖަމްއިއްޔާތަކާ އެކު ބާއްވާ ބައްދަލުވުމެއް މީ“ ފޮރިން މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރ ހުސެން ނިޔާޒު ވިދާޅުވި އެވެ.

މިނިސްޓްރީން ބުނީ މިއަހަރުގެ ފޯރަމް ކުރިޔަށް ގެންދެވޭނީ މައިގަނޑު ދެބަޔަކަށް ބަހާލައިގެން ކަމަށެވެ.

”މިއަހަރުގެ ފޯރަމްގައި ބަލާލާނެ މައިގަނޑު ދެބަޔަކީ ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް ހޯދުމަށާއި މޫސުމަށް އަންނަ ބަދަލަކާ ގުޅިގެން ރާއްޖެކަހަލަ ގައުމަކަށް ދިމާވެދާނެ ކަމަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތައް“ ހުސެން ނިޔާޒު މިއަދު ވިދާޅުވި އެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv