
އެޑިޔުކޭޝަން މިނިސްޓްރީ މިހާރު ހޭލައިފިއެވެ.
ޓީޗަރުންނަކީ ނަމޫނާ ދައްކަން ޖެހޭ ބައެކެވެ. އެހެންކަމުން ޓީޗަރުންނަށް ކޮންމެހެން ކުރަންޖެހޭ ކަންތައްތަކާއި ނުކޮށް ދުރުވާންޖެހޭ ކަންތައްތަކެއް ހުންނާނެއެވެ. އެގޮތުން ކިޔަވާދޭ ކުދިންނަށް ގޯސް ނަމޫނާއެއް ފެންނާނެ އެއްވެސް ކަމެއް ކުރުމަކީ ހަގީގަތުގައިވެސް ވަރަށް ގޯސް ކަމެކެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން ޓީޗަރުންނަށްވެސް އެ ބޮނޑިބޯން ޖެހިދާނެ އެވެ. މިއީ އެޑިއުކޭޝަންގެ ވެރިންނާއި ވިސްނޭ މީސްނުމީހުން ވިސްނާދޭ ގޮތެވެ. އެހެން ކަމުން ޓީޗަރުން ވާންޖެހޭނީ އެންމެ ކެތްތެރި, އެންމެ ވިސްނުންތޫނު, އެންމެ މުރާލި, އެންމެ ޚިދުމަތްތެރި, އެންމެ ބަސްމަދު މީހުން ކަމުގަ އެވެ.
ޓީޗަރުން ކެތްތެރިވެ ތިބޭތާ ކިހާ ދުވަހެއް ހެއްޔެވެ؟ ކުޑަ މުސާރައަކަށް މަސައްކަތް ކުރާތާ ކޮންޒަމާނެއް ހެއްޔެވެ؟ އޮނިގަނޑާ ހެދި އެއްވެސް ކުރިއެރުމެއް ނުލިބޭތާ ކިތައް ދަން ވެއްޖެ ހެއްޔެވެ؟ އަދިވެސް ތިބޭނަމަ ވާނީ ތިބޭހާ އެވެ. ދުވަހަކުވެސް އެކަމެއް ނުކުރެވޭނެ އެވެ. ވެރިންގެ ދޫފުޅުންނާއި, މިނިސްޓަރުގެ ދޫފުޅުންނާއި ޚުދު ރައީސްގެ ދޫފުޅުން އެކަން ވާނެ އަހަރެއް ވިދާޅުވެވުނު އިރުވެސް އެކަމެއް ނުކުރެވުނެވެ. ދެން ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟
ޓީޗަރުންގެ ހައްގުތައް ހޯދައެއް ނުދެވުނެވެ. ހައްގު އޮންނަނީ ހަމައެކަނި ވެރިންގެ ވަޒީފާއެއްގައެއް ނޫނެވެ. މަސައްކަތް ކުރުވާނަމަ އެކަށީގެންވާ މުސާރައެއް ދޭން ޖެހޭނެ އެވެ. ކުރިއެރުމާއި އިނާޔަތްތައްވެސް އޮންނަން ޖެހޭނެ އެވެ. އެކަށީގެންވާ މާހައުލެއްވެސް ދައްކަން ޖެހޭނެ އެވެ. މިކަންކަމުގެ ވާހަކަ ޓީޗަރުން ދައްކާތާ އެތައް ދުވަހެއް ވީރުވެސް ކަހާ ކަންފަތް ހިރުވާލި ކަމަކަށް ނުވިއެވެ. އަވަހަށް, ވަރަށް އަވަހަށް, ދާދި އަވަހަށް ކިޔާލަ ކިޔާލަ ހަމަ ހުރީއެވެ.
ޓީޗަރުންނަކީ ޕްރޮފެޝަނަލް ބައެކޭ, އަބުރުވެރިބައެކޭ ބުނެ މިއަދު ފުއްދާ ލެވޭކަށް ނެތެވެ. އަދި ހެއްދޭކަށްވެސް ނެތެވެ. ޕްރޮފެޝަނަލް ބަޔަކަށް ޕްރޮފެޝަނަލް މުސާރައެއް އޮންނަން ޖެހޭނެއެވެ. އަބުރު ހިފެހެއްޓޭ މުސާރައެއް ދޭން ޖެހޭނެއެވެ. ޓީޗަރުން އެކުރަނީ އެޝަކުވާއެވެ. އެހެން ފަންތިތަކުގެ މުސާރަ އިންތިހާއަށް އަރައިގެން ދިޔައިރު ޓީޗަރުންނަށް އަޅާލާނެ ބަޔަކު ނެތުމުން ކުރާ ޝަކުވާ އެވެ. މިނިސްޓްރީ އަށް ޓީޗަރުންގެ އިހްސާސްތައް ދެނެނުގަނެވުމުން ކުރާ ޝަކުވާ އެވެ. އެހެންކަމުން ޓީޗަރުންނަށް މަޖްބޫރުވީ ވެވުނު ގޮތަކުން މަސައްކަތްކޮށް ހައްގު ހޯދާށެވެ. މިނިސްޓަރު ވަހިއްދީންވެސް ވިދާޅުވީ އެބައެއްގެ ހައްގުތަކާއެކު ތެދުވާނީ އެބައެއް ކަމަށެވެ. އެއީ އެބަޔަކަށް ލިބިގެންވީ އަސާސީ ހައްގެއް ކަމަށެވެ.
މިއޮތް ހުރިހާ އިރު މިދެއްކުނީ ޓީޗަރުން ދެއްކިހާ ވާހަކަ އެވެ. އަޅުގަނޑު ބުނެލަން އޮތީ މިހިސާބަށް ޓީޗަރުން ދާން ޖެހުނީ ކޮންމެވެސް ބައެއްގެ އިހްމާލުން ކަމަށެވެ. އެ އިހްމާލުގެ ބޮޑު އިންސައްތައެއް ނަގަންޖެހޭނީ އެޑިއުކޭޝަން މިނިސްޓްރީ އެވެ. ޓީޗަރުންގެ ޕްރޮފެޝަނަލްކަން ކެނޑިއްޖެ ކަމަށް ގަބޫލުކުރާނަމަ އެކަން ކެނޑުމަށް މެދުވެރިވީ މިނިސްޓްރީގެ ސަބަބުން ކަމެވެ. ޓީޗަރުން މިއަދު ހަޅުތާލެއް ހެދިނަމަވެސް, އަދި މަގުމައްޗަށް ނުކުތްނަމަވެސް އެކަން އެކުރީ މިނިސްޓްރީގެ އިހްމާލުންކަމަށް ގަބޫލުކުރެވޭ އެތައް ސަބަބެއް އެބަހުއްޓެވެ. އެކަންކަން އެންމެ ރަނގަޅަށް އެނގޭނީ ޓީޗަރުން ނަށެވެ. އެކިސްކޫލުތަކުން އަމިއްލަ ގަވައިދުތައް ހަދައިގެން ޓީޗަރުން އަޅުވެތި ކުރި އިރުވެސް މިނިސްޓްރީއަކަށް ނޭނގެއެވެ. ސްކޫލުތަކުގެ ވެރިން ކުރައްވާ ކަންކަން ސްޕަވައިޒުކުރުމުގެ މަސައްކަތް މިނިސްޓްރީއަކުން ނުކުރެއެވެ. މިކަހަލަ ކިތަންމެ ކަމެކެވެ.
ބުނަން ހެއްޔެވެ؟ ޓީޗަރުން އެއްވެ ބޭއްވި ބައްދަލުވުމުގެ އަޑުފައްގަނޑުން މިނިސްޓްރީ ހޭލައިފި އެވެ. ނުވަތަ ހޭލާން މަޖުބޫރުވެއްޖެ އެވެ. އެކަމަކު އޭގެ ބަދަލު އަދި ލިބޭނެކަން ޓީޗަރުން ދަންނަން ޖެހޭނެއެވެ. ތިޔަވާ ގުރުބާނީގެ ބަދަލު ލިބޭނީ ކޮންގޮތަކުން ކިހިނެއް ކަމެއް ނޭނގެ އެވެ. އެނގޭ ކަމަކީ ހީނާފަތުން ކުލަ އަރާއިރު, ފަތްތައް ޗިސްވެ, މީހާވެސް ގުނބުހިލޭ ކަމެވެ. އަތްތައް ރަތްވެ, ހިތްތަކަށް ހިތްފަހި ކަންވެސް ލިބޭ ކަމެވެ.
-
އަންގާރަ، ޖޫން 10 2008، 18:08
އެޑިޔުކޭޝަން މިނިސްޓްރީގެ ދައުރަކީ ސްކޫލުތައް ސްޕަވައިޒްކުރުމެއްނޫން. އެމީހުންގެ ދައުރަކީ ސްކޫލްތަކުގެ ބަޖެޓްކަންޓްރޯލްކޮށް އެމީހުން ބޭނުންވާ ކަންކަމަށް ހަރަދުކުރުން. އަދި ބަޖެޓް ސަލާމަތްކޮށްދީ އެހެން އޮފީސްތަކުގެ ހަރަދުތަކަށް ބަޖެޓް ހޯދައިދިނުން. އާދަމްޝަރީފް
-
އަންގާރަ، ޖުލައި 1 2008، 16:43
buy soma buy cialis buy tramadol buy phentermine buy adipex buy oxycontin buy viagra buy ultram buy levitra buy valium by zoloft buy zyban buy tramadol buy pharmacy buy meridia