ރިފޯމް މިނިސްޓަރު ކުރިން އުޅުއްވި ގޭގެ މައްސަލަ ކޯޓަށް: 150،000ރުފިޔާ ހޯދަން ގޭގެ ވެރިފަރާތުން ދައުވާ އުފުލިއިރު, ނަޝީދު ވަނީ ގޭގެ ވެރިފަރާތުގެ މައްޗަށް 260,000 ރގެ ދައުވާއެއް އުފުލާފައި

މޭއި 22 2008، 17:13 3 ޚިޔާލު

ރިފޯމް ނިސްޓަރު މުހައްމަދު ނަޝީދު ގ. ސަމަންގިރިގައި ކުށްޔަށް އުޅުއްވި ދުވަސްވަރު އެގޭގެ ފެން ބިލާއި ކަރަންޓް ބިލަށް ފައިސާ ދައްކާފައި ނުވާތީއާއި އެ ގޭގެ މަރާމާތަށް ބަދަލު ހޯދުމަށް ގޭގެ ވެރިފަރާތުން މަދަނީ ކޯޓަށް މައްސަލަ ހުށަހެޅިތާ ދެ ދުވަސް ފަހުން ނަޝީދުވެސް އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް މަދަނީ ކޯޓަށް ހުށަހަޅައިފި އެވެ.

މިނިސްޓަރު ނަޝީދުގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ބުރާސްފަތި ވިދާޅުވީ ފަސް އަހަރުގެ މުއްދަތަށް ކުއްޔަށް ހިއްޕަވައިގެން ދިރިއުޅުއްވި ސަމަންގިރިން ނަޝީދު ނުކުމެވަޑައިގެންނެވީ މި އަހަރުގެ މާޗު މަހުގެ މެދެއްހާ ހިސާބު ކަމަށާއި އެގޭ ވެރިފަރާތުގެ މައްޗައް ދައުވާ ކުރަނީ ވެރިފަރާތުންވެފައިވާ އެއްބަސްވުމާއި ހިލާފްވެފައިވާތީ އެކަމުގެ ސަބަބުން ނަޝީދަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ކަމަށެވެ.

ސުއޫދު ވިދާޅުވީ ނަޝީދުގެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމަށް މަދަނީ ކޯޓަށް ދައުވާ ހުށަހަޅާފައިވާނެ ކަމަށާއި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރީ, ސަމަން ގިރީގެ އެގްރީމެންޓް ދެ އަހަރަށް އިތުރުކުރެވޭނެ ކަމަށް ބުނެފައިވާއިރު, އެ މުއްދަތު ވެރި ފަރާތުން ނުދިނުމުން ޑަބަލް ބޮޑު ކުއްޔެއްގައި އެހެން ގެއަކަށް ބަދަލުވާންޖެހުމުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ކަމަށެވެ.

ސުއޫދު ވިދާޅުވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ހޯދުމަށް ހުށަހަޅާފައި ވާނީ 260,000 ރ. ގެ ކަމަށެވެ.

ގޭގެ ވެރިފަރާތުގެ މައްޗަށް ބުދަ ދުވަހު ނަޝީދު ދައުވާ އުފުލާފައި ވާއިރު ގޭގެ ވެރިފަރާތުން ވަނީ މިދިޔަ ހޯމަދުވަހު ނަޝީދުގެ މައްޗަށް ދައުވާ އުފުލާފަ އެވެ. ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޝީދު އެގޭގައި އުޅުއްވިދުވަސް ވަރު ފެން ބިލާއި ކަރަންޓް ބިލަށްވާ 9792. އަރާފައި ވެއެވެ. އަދި އެގޭގެ ވެރިފަރާތުން ބޭނުންވަނީ ނަޝީދުގެ އަތުން މަރާމާތަށް 15000. ހޯދުމަށެވެ. އެހެން ނަމަވެސް އެފައިސާ ދިނުމަށް ނަޝީދު ވަނީ އިންކާރުކޮށްފައި އެވެ. މިކަމާ ގުޅިގެން ނަޝީދުގެ ބަހެއް ވެސް ސަމަންގިރިގެ ވެރިފަރާތުގެ ބަހެއް ވެސް ލިބޭގޮތް ވަނީ ނުވެފަ އެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. މިއީ ހެޔޮފާލެއްކަމަށޗ ފެނެއެވެ. އަދިއަމުދުން ދައުވާގައި ނަޝީދުގެ ކޮޅު ބަލިވުން ވަރަށް މުހިއްމެވެ. މަޢާފުކުރައްވާށެވެ. ޒާތީ ގޮތަކުން ނޫނެވެ. ސިޔާސީގޮތުންނެވެ. އޭގެ ސަބަބުން ތަންކޮޅެއް ތަސައްރަފުހުރި ބިމާބެހޭ ޤާނުނަކަށް ފަހިވާނެތީއެވެ. މިއިރާއްޖޭގައި ކަންހިނގާ މަގެވެ. = އ ލ ޤ =

    ބުރާސްފަތި، މޭއި 22 2008، 19:23
  2. ރިފޯމް މިނިސްޓަރ ގެ ވަކީލަކަށް ހުސްނުއްސުއޫދު ލުމުން ދެން ވަރަށް އެހެން ގޮތެއް ހީވަނީ. އެހެންކަމުން ގާނޫނީ ގޮތުން ސުއޫދުމެން ދައްކާ ވާހަކައިގައި އޮށްޓަރުހުރިކަން ނަޝީދުވެސް ގަބޫލުކުރައްވާ ދެއްތޯ؟

    ބުރާސްފަތި، މޭއި 22 2008، 19:32
  3. buy soma buy cialis buy tramadol buy phentermine buy adipex buy oxycontin buy viagra buy ultram buy levitra buy valium by zoloft buy zyban buy tramadol buy pharmacy buy meridia

    އަންގާރަ، ޖުލައި 1 2008، 16:49
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv