އީސާގެފާނު އަލުން ދުނިޔެއަށް ފޮނުއްވުން

މަސްއޫދު ހިލްމީ މޭއި 15، 15:02 1 ޚިޔާލު

ޣައިބަށް އީމާން ވުމާއި އާހިރަތް ދުވަހަށް އީމާންވުމުގެ އިތުރުން އަދި އާހިރަތް ދުވަހުގެ ކުރިން އެކަންތައްވާނޭ ކަމަށް ކީރިތި ގުރުއާނުންނާއި ކީރިތި ރަސޫލާގެ ސައްހަ ހަދީސް ފުޅުތަކުން ސާބިތުވާ ކަންތައްތަކަށް ފުރިހަމައަށް އީމާންވާން ޖެހޭނެ އެވެ.

މާތް ނަބިއްޔާ އީސާ އަލައިހިއްސަލާމް ގަތުލުކުރުމަށް ޔަހޫދީން މަސައްކަތްކުރުމުން މާތްﷲ ސުބުހާނަހޫވަތައާލާ ވަނީ އެބައިމީހުންގެ ނުބައި މަކަރުވެރި ރޭވުމުން ސަލާމތް ކުރައްވައި އުޑަށް އުފުއްލަވާފަ އެވެ. ފަހުޒަމާންގައި ( އެބަހީ: ގިޔާމަތްވާން ކައިރިވުމުން އެކަލާގެ ފާނު މާތްރަސްކަލާންގެ އަމުރު ފުޅާއި އެކު) ބިމަށް ފައިބައި ވަޑައިގެންނަވާނެ ކަމަށާއި އެކަލޭގެ ފާނު ބިމަށް ފައިބައި ވަޑައިގެންނެވުމަކީ ގިޔާމަތުގެ އަލާމާތްތަކުގެ ތެރެއިން ވާކަމެއް ކަމަށް އީމާންވާން ޖެހެ އެވެ.

ފަހުޒަމާންގައި ޖައްޖާލު އުފަންވާނެ ކަމާއި ޖައްޖާލު ގަތު ކުރައްވާނީ އީސާއަލައިހިއްސަލާމްކަމަށާއި އެކަންވެގެންދާނީވެސް ފަހުޒަމާންގެ އަލާމާތްތަކުގެ ތެރެއިން ކަމަށް ރަސޫލާހަދީތް ކުރައްވާފައިވާ ކަމަށް އިތުބާރު ހުރިވަރަށް އިލްމްވެރިން ވިދާޅުވެފައި ވެއެވެ.

އީސާގެފާނު ދުނިޔެއަށް ވަޑައިގަންނަވާނެ ކަމަށް އިންކާރު ކުރާފަރާތްތަކުން ވިދާޅުވަނީ މުހައްމަދުގެ ފާނަށްފަހު ރަސޫލަކުވެސް އަދި ނަބިއްޔަކުވެސް ނުފޮނުއްވާނެ ކަމަށް ކީރިތި ގުރުއާނުގައި މާތްﷲ ވަހީ ކުރައްވާފައިވާ ކަމަށެވެ. އަދި ކީރިތި ރަސޫލާވަނީ އެކަލޭގެ ފާނަށްފަހު ދެން ނަބިއްޔަކު ނުފޮނުއްވާނެ ކަމަށް ހަދީސް ކުރައްވާފަ އެވެ.

އިލްވެރިން ވިދާޅުވަނީ އީސާގެފާނު ދުނިޔެއަށް ވަޑައިގަންނަވަނީ ނަބިއްޔެއްގެ ގޮތުގައި ނޫން ކަމަށާއި މުސްލިހެއްގެ ގޮތުގައި މިއުންމަތުގެ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.

ނަޞާރާއިން ކުރަނީ ބާޠިލު ތައުވާއެއް.

ސޫރަތުލް ނިސާގެ 157 ވަނަ އާޔަތުގައި މާތް ﷲ އެކަން ބަޔާން ކުރައްވައި ވަހީ ކުރައްވާފައިވާ އާޔަތެއްގެ މާނާގައި ވަނީ ” ހަމަކަށަވަރުން ﷲ ގެ ރަސޫލާ, މަރިޔަމްގެ ފާނުގެ ދަރިކަލުން މަޞީހު އީސާގެފާނުން ތިމަންނަމެއް ގަތުލުކޮށްފީމެވެ. އެބައިމީހުންނަށް އެކަލޭގެ ފާނު ގަތުލެއް ނުކުރެވެއެވެ. އަދި ޞަލީބެއް ވެސް ނުކުރެވެއެވެ. ނަމަވެސް އެކަން އެގޮތަށް ކުރެވުނު ކަމަށް އެބައިމީހުންނަށް އެފަދަ ގޮތެއްގައި ފެނުނެވެ. ހަމަކަށަވަރުން އެކަލޭގެ ފާނާއި މެދު ހިލާފްވި މީހުންވަނީ އެކަމާއި މެދު ( ގަތުލުކޮށް ސަލީމް ކުރެވުނު ކަމާއި މެދު) ސައްކެއްގައިކަން ކަށަވަރެވެ. އެކަމުގައި ހީއަކަށް ތަބާވުން މެނުވީ އެބައިމީހުންނަށް އެގުމެއް ނެތެވެ. އަދި ޔަގީންވެގެންވާ ގަތުލްކުރުމަކުން އެކަލޭގެ ފާނު ގަތުލެއް ނުކުރެވެއެވެ.

އީސާގެ ފާނު އުޑަށް އުފުލެއްވި ކަމާއި އެކަލޭގެފާނު އަލުން ބިމަށް ވަޑައިގަންނަވާނެ ކަމީ ކީރިތި ގުރުޢާނާއި ރަސޫލާގެ ސުންނަތުން ބަޔާންވެގެންވާ ގޮތުންނަމަ މިކަމަކީ ހިނގާނެ ކަމެއް ކަމަށް އަޅުގަނޑުމެން މުސްލިމުން ގަބޫލް ކުރަމެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ޕާޓީތަކުން ކެންޕޭން ކުރުމައް ރައްރަށް ކުރައްވާ ދަތުރުތަކުގެ ވީޑިއޯ ތިޔަނޫހުގައި ހިމަނާދެއްވުމަކީ އަޅުގަނޑު ވަރަށްއެދޭކަމެކެވެ.

    ހޮނިހިރު، އޮކްޓޫބަރ 4 2008، 02:01
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv