ދޮންފަނުގައި 16 އަހަރުގެ އަންހެން ކުއްޖަކާއެކު ގަދަކަމުން ބަދު އަޙްލާގީ އަމަލު ހިންގަން އުޅުނު ބަނގުލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި

މޭއި 14 2008، 17:17 1 ޚިޔާލު

ދޮންފަނުގައި 16 އަހަރުގެ އަންހެން ކުއްޖަކާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު ދެ ބިދޭސީއަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ބިދޭސީ ދެމީހުން ހައްޔަރު ކޮށްފައި ވާކަމަށާއި ނަމަވެސް އިތުރު މައުލޫމާތު އަދި ހާމަކުރެވެން ނެތް ކަމަށެވެ.

” އިއްޔެ ދެމީހުން ހައްޔަރު ކުރީ. އަންހެން ކުއްޖަކާ ބެހެން އުޅުނު ކަމުގެ ތުހުމަތުގައި. އިތުރު ތަފްސީލު ދެވޭކަށް އަދި ނެތް.“ ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

ބަނގުލަދޭޝް ދެމީހުން ބެހުނު ކުއްޖާގެ ބައްޕަ މިއަދު ބުނީ ސިކުނޑީގައި އުނިކަމެއް ހުންނަ ކުއްޖާ މީގެ އެއްދުވަސް ކުރިން މަގުމަތީގައި ކުޅެން ހުއްޓައި ބަނގުލަދޭޝް ދެ މީހުން އެ ކުއްޖާ ގެންގޮސް ކުއްޖާގެ އަތުގައި ހިފަހައްޓައި ގަދަކަމުން ބެހެން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ކުއްޖާގެ ބައްޕަ ބުނީ އޭނާ ވަގުތުން އޭދަފުށީ ޕޮލިސް ސްޓޭޝަނަށް ގުޅިކަމަށާއި ނަމަވެސް ތިން ފަހަރު ގުޅުމުން ވެސް އެރޭ ނެތް ކަމަށް ބުނެފައި ވާކަމަށެވެ. އަދި ބިދޭސީ ދެމީހުން ގެންގޮސްފައިވަނީ އިއްޔެ ކަމަށް އޭނާގެ ބައްޕަ ބުނެއެވެ.

މި ދެބިދޭސީ މީހުންނަކީ އެރަށުގައި ފައިބަރު މަސައްކަތް ކުރަން އުޅޭ ދެމީހުން ނެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ބަލަބަނގުލަދޭޝްމީހަކަސް،ނޭޕާލުމީހަކަސް،އެމީހުންގެވެސްއޮންނާނީ، ހަމައެހެންމީހުންގެވެސްއޮންނަކަހަލަހިތެއް.އަންހެންކުދިންރާއްޖޭގައިއާއްމުކޮށް ލައިގެންއުޅޭއެއްޗިއްސަކީފިރިހެނުންގެހިއްސުތައް،ހިމޭނުންބޭއްވޭވަރަށްވުރެއް މާނިވާކަންކުދިއެއްޗިހި.ވީމައި،ތިފަދަކަންތައްތިހެންދިމާވުމުން،އެއީ ދެފަރާތަށްވެސްވިސްނާލަންޖެހޭކަމެއް.== 69 ==

    ބުދަ، މޭއި 14 2008، 19:14
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv