ރައީސަށް ހަމަލާދިން މައްސަލަ: ޝަރީއަތުގެ މަޖިލީހުގައި މުރުޝިދު ވާހަކަ ނުދެއްކުމުން ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް ދިމާވެއްޖެ
ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމު ހއ. ހޯރަފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް ވަޅިން ހަމަލަދިން މައްސަލާގައި ދައުލަތުން ދައުވާ ކުރާ އެރަށު, ކިނާރާ, މުހައްމަދު މުރުޝިދު, ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ނުދެއްކުމުން ޝަރީއަތް ކުރިއަށް ގެންދިއުމަށް ބޮޑު ހުރަސްތަކެއް ކުރިމަތި ވެއްޖެ އެވެ.
މިއަދު ޖިނާއީ ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހަށް ދައުލަތުގެ ވަކީލު ހުސެއިން ޝަމީމް ދައުވާގެ ހުށަހެޅުއްވުމުން ގާޒީ މުރިޝިދާއި ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އޭނާ ވަނީ އެއްވެސް ބަހެއް ނުބުނެފަ އެވެ.
މުރުޝިދު ވާހަކަ ނުދެއްކުމުން ގާޒީގެ އިޒުނަޔާއި އެކު އޭނާގެ ދިފާއީ ވަކީލު އަބުދުލް މަތީން އަބުދުލް ކަރީމް އެއަމަލް ކުއްވެރި ކުރަމުން ވިދާޅުވީ ތަހުގީގު މަރުހަލާގައި ވެސް މުރުޝިދު އާ އެމީހުން ތިންފަހަރެއްގެ މަތިން ވާހަކަ ދެއްކުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އެކަން ކާމިޔާބު ވެފައިނުވާ ކަމަށެވެ.
” އަޅުގަނޑުމެން މިމައްސަލާގައި ދިފާއީ ވަކީލުންނަށް މިމަސައްކަތް ކުރަނީ މިއަމަލަށް ތާއީދު ކުރާތީކީ ނޫން. އަޅުގަނޑުމެން މިއަމަލު ކުއްވެރިކުރަން.“ މަތީން ވިދާޅުވި އެވެ.
މަތީނު ވިދާޅުވީ މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އޭނާއަކީ ކުޑައިރު ބޮލަށް ލިބިފައިވާ ގެއްލުމެއްގެ ސަބަބުން ނަފްސާނީ ބަލިކުއްޖެއް ކަމަށާއި އެހެންވުމުން އޭނާ ނަފްސާނީ ޑޮކްޓަރަކަށް ދައްކަން ބޭނުންވާ ކަމަށެވެ.
މަތީނުގެ ވާހަކައާއި ގުޅިގެން ގާޒީ ވިދާޅުވީ ނަފްސާނީ ޑޮކްޓަރަކަށް ދައްކަން ޖެހިއްޖެކަމަށް ކޯޓަށް ފެނިއްޖަނަމަ އެކަން ކުރާނެ ކަމަށެވެ. ދައުލަތުން މުރުޝިދުގެ މައްޗަށް ތިން ދައުވާއެއް އުފުލާފައި ވެއެވެ. ރައީސުލްޖުމްހުރިޔާގެ ފުރާނަފުޅަށް ގެއްލުންދޭންއުޅުމުގެ ދައުވާ އާއި ތޫނުއެއްޗަކުން މާރާމާރީ ހިންގި ކަމުގެ ދެދައުވާ އެކެވެ.
މިމައްސަލާގައި ހިމެނޭ ހަމަ އެރަށު އަންދަލީބުގެ, އަހުމަދު ހާފިޒު, މިއަދު ޝަރީއަތުގެ މަޖިލީހުގައި ބުނީ އޭނާ ދައުވާއަށް އިންކާރު ކުރާ ކަމަށާއި އޭނާގެ ބަޔާނަކީ ވެސް އޭނާއަށް ކާންނުދީ ނިދިޔަވެސް ނުދީ ނަގާފައިވާ ބަޔާނެއް ކަމަށެވެ.
ހާފިޒުގެ މައްޗަށް ދައުލަތުންކޮށްފައި ވަނީ ދެ ދައުވާ އެކެވެ. އެއީ ރައީސުލްޖުމްހުރިޔާގެ ފުރާނަފުޅަށް ގެއްލުންދޭންއުޅުމުގެ ދައުވާ އާއި ތޫނުއެއްޗަކުން މާރާމާރީ ހިންގި ކަމުގެ ދައުވާ އެކެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ގާޒީ ރޫޅާލެއްވީ ދައުވާތައް ދިރާސާ ކުރުމަށް ވަކީލުންނަށް ފުރުސަތު ދިނުމަށްފަހުގަ އެވެ.
-
ބުދަ، ޖުލައި 9 2008، 10:19
VNnhfY atwzrovhmjed, [url=http://flmsxyxlmxes.com/]flmsxyxlmxes[/url], [link=http://qosqosqmvjmv.com/]qosqosqmvjmv[/link], http://thyjboqgodtz.com/
