މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުން ލަސްވަމުންދާތީ ޓީޗަރުން އަމަލުކުރިގޮތް

ރަނގަޅު
ރަނގަޅެއްނޫން

ނަތީޖާ ބައްލަވާ

ސިވިލް ސާވިސްގެ ގާނޫނުން އައިސްފައިވާ ބަދަލުތައް ހަޖަމްކުރަން އުނދަގޫވެފައިވަނީ ވަގުތާއި އެހެން ދާއިރާތަކުގެ ކަންތައްތައް ހުރިގޮތުންކަމަށް ލީގަލް ރިފޯމް މިނިސްޓަރު ވިދާޅުވެއްޖެ

އިސްމާއީލް ރަޝީދު މޭއި 11، 17:17 0 ޚިޔާލު

ސިވިލް ސާވިސްގެ ގާނޫނުން އައިސްފައިވާ ބަދަލުތައް ހަޖަމްކުރަން އުދަގޫވެފައިވަނީ ވަގުތާއި އެހެން ދާއިރާތަކުގެ ކަންތައްތައް ހުރިގޮތުން ކަމަށް ލީގަލް ރިފޯމް މިނިސްޓަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން އައްޔަނު ކުރި ޕާމަނަންޓް ސެކެރެޓަރީންނާއި ޒިންމާދާރު އިސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުން އިފްތިހާހުކޮށް ދިނުމަށް ބޭއްވި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ސިވިލް ސަވިސް އަށް މި އައި ބަދަލަކީ ކުރިންސުރެ ރޭވިގެން އައި ބަދަލެއް ކަމަށެވެ.

”ސިވިލް ސާވިސް އަށް އައި ބަދަލު ހަޖަމުކުރަން އުނދަގޫވެފައިވަނީ މި ބަދަލު އައި ވަގުތާއި މޫސުމް އަދި މިވަގުތު އެހެން ފެކްޓަރސް ހުރިގޮތުން,“ ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލު ކުރައްވާފައިވާ ނަޝީދު ވިދާޅުވި އެވެ.

ސިވިލް ސާވިސް އައި ބަދަލު ހަޖަމުކުރަން އުނދަގޫވެގެން އުޅޭ މައްސަލައާ ބެހޭ ގޮތުން ނަޝީދު ވާހަކަ ދެއްކެވިއިރު ވަނީ ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން ސިޔާސީ މަގާމާއި ސިވިލް ސާވިސް ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް ވިދާޅުވެ, މިނިސްޓަރ ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީގެ 10 މެމްބަރަކު ސިވިލް ސާވިސްގެ މައްޗަށް ދައުވާ އުފުލާފަ އެވެ.

އަދި ނަޝީދުގެ ދަށުން މަސައްކަތް ކުރައްވާ ލީގަލް ރިފޯމް ކޮމިޝަނަރު މުހައްމަދު އަނިލް ވެސްވަނީ ސިވިލް ސާވިސްގެ މައްޗަށް ދައުވާކޮށްފަ އެވެ. އޭނާ ދައުވާކުރަނީ ސިވިލް ސާވިސްގެ ގާނޫނުގައި ބުނެފައިވަނީ އިންތިހާބުކޮށްފައިވާ މީހަކަށް ވަޒީފާ އަދާނުކުރެވޭކަމަށް ބުނެފައިވާތީ އޭނާ އަކީ އައްޔަނުކޮށްފައިވާ މީހަކަށް ވަނިކޮށް މަގާމު ވަކިކުރުމުންނެވެ.

ނަމަވެސް އެ ގާނޫނުގައި ބުނެފައިވާގޮތުން ސިޔާސީ މަގާމުތައް އަދާކުރައްވާ ބޭފުޅުން ސިވިލް ސާވިސްގެ މަގާމުގައި ނުތިބެވޭނެ އެވެ. ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޝީދު އިތުރަށް ވިދާޅުވީ ސިވިލް ސާވިސްއަކީ ގައުމުގެ ވަރަށް މުހިންމު ކޮމްޕޯނަންޓެއް ކަމަށާއި މިކަމުގެ އާ ކަމުން ބަޔަކަށް މީ ކިހާވަރެއްގެ ކަމެއްކަން އަންގާދެއްވުމަކީ ވަރަށް ބޮޑު ގޮން ޖެހުމަކަށްވާނެ ކަމަށެވެ.

ހުރިހާ ޕާމަނަންޓް ސެކެރެޓަރީން ވެސް އެއް މަގާމެއް ފުރުއްވާ އެއް ހައިސިއްޔަތަކުން އެއް މަސައްކަތެއް ކުރައްވާ ބައެއްކަމަށްވުމަށް ނަޝީދު ގޮވާލެއްވި އެވެ.

ޕާމަނަންޓް ސެކެރެޓަރީންނަށް އަމާޒުކޮށްގެން ފެށި ބައްދަލުވުމުގައި 16 ޕާމަނަންޓް ސެކެރެޓަރީއަކާއި ޒިންމާދާރު ހަ ވެރިއަކު ބައިވެރިވެވަޑައިގެންނެވި އެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv