މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުން ލަސްވަމުންދާތީ ޓީޗަރުން އަމަލުކުރިގޮތް

ރަނގަޅު
ރަނގަޅެއްނޫން

ނަތީޖާ ބައްލަވާ

ރާއްޖޭގެ ބާޒާރުގައި ވިއްކާ ޕާނުގެ އަގު ބޮޑުކޮށްފި

މުހައްމަދު އަފްރާޙް މޭއި 11، 17:11 0 ޚިޔާލު

ރާއްޖޭގެ ބާޒާރުގައި ވިއްކާ ޕާނުގެ އަގު ބޮޑުކޮށްފިއެވެ.

ރާއްޖޭގައި ޕާން ވިއްކާ މަޝްހޫރު އެއް ކުންފުނި ކަމުގައިވާ އެލްސިއޯން ބޭކަރީން ވިއްކާ ޕާނުގެ އަގު އިއްޔެއިން ފެށިގެން ވަނީ ބޮޑުކޮށްފަ އެވެ.

އެލްސިއޯން ބޭކަރީން އިއްޔެއިން ފެށިގެން ހޯލްސޭލްކޮށް ބޮޑުޕާނެއް ވިއްކަމުން އަންނަ އަގަކީ 18 ރުފިޔާ ކުރިން ބޮޑުޕާނެއް ވިއްކަމުން އައި އަގަކީ 13ރ އަދި ކުޑަޕާނެއް ވިއްކަމުން އަންނަ އަގަކީ 9 ރުފިޔާ އެވެ. ކުރިން ކުޑަޕާނެއް ވިއްކަމުން އައި އަގަކީ 6 ރުފިޔާއެވެ.

އެފަރާތުން ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހު އެބޭކަރީގެ ތަކެތި އަގު ބަދަލުކުރި ފަހުން ބޭކަރީގެ ތަކެތި އުފެއްދުމަށް ބޭނުންވާ މައިގަޑު ތަކެތީގެ އަގުވަނީ ދުނިޔޭގެ ބާޒާރުގައި ވަރަށް ބޮޑުވެފައި ކަމަށެވެ.

އެގޮތުން މާޖަރިން, ކުކިންއޮއިލް, ކިރުގެ ބާވަތްތަކާއި އަދި ޑީސަލްއާއި އެހެނިހެން ތަކެތިގެ އަގުވެސް ވަނީ ނުހިފެއްޓޭވަރަށް މައްޗަށް ގޮސްފައިކަމަށެވެ.

މިގޮތުން ހަމައެކަނި ފުށުގެ އަގަށް އައިސްފައިވާ ބަދަލު އެފަރާތުން ފާހަގަކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުގައި 733 ޔޫއެސް ޑޮލަރަށް ލިބުނު ގޮދަންފުށް ޓަނެއް މިއަހަރުގެ ޖެނުއަރި ގައި ވަނީ 850 ޔޫއެސް ޑޮލަރަށް ބޮޑުވެފައި ކަމަށެވެ. އަދި މިހާރު ފުށްޓަނެއްގެ އަގަކީ 1،110 ޑޮލަރ އެވެ.

އެފަރާތުން ބުނީ ތަކެތީގެ އަގު ދުނިޔޭގެ ބާޒާރުގައި މިވަރަށް ބޮޑުވެފައިވާތީ އަގުބަދަލުކުރަން މަޖުބޫރު ވީ ކަމަށެވެ.

މާލޭގައި ޕާންވިއްކާ އަނެއް ކުންފުނިކަމަށްވާ ފެންޓަސީ ބޭކަރީން މިއަދު ބުނީ މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެފަރާތުން ވިއްކާ ޕާނުގެ އަގުވެސް ބޮޑުކޮށްފައިވާ ކަމަށެވެ.

އެފަރާތުން ހޯލް ސޭލްކޮށް ޕާން ވިއްކަނީ 18ރ އަދި ވަކިން ވިއްކަނީ 20 ރ އަށެވެ.

މާލޭގައި ޕާން އުފައްދާ މި ދެގްރޫޕުންވެސް ބުނީ ޕާނުގެ އަގުމައްޗަށް ދަނީ ޕާން އުފައްދާ ބާވަތްތަކުގެ އަގު ދުނިޔޭގެ ބާޒާރުގައި އުފުލެމުންދާތީ ކަމުގައެވެ.

ފާއިތުވި ހަމަސް ދުވަހުގެތެރޭގައި މިދެކުންފުނިންވެސް ޕާނުގެއަގު ބޮޑުކުރި މިއީ ދެވަނަ ފަހަރެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv