ބޮޑޭގެ ޕާސްޕޯޓް ވަގަށްނެގި މައްސަލައިގައި ވިކްޓަރީން އަދަބުދިނުން : އައްސަދު ދެ ހާސް ރުފިޔާއިން ޖޫރިމަނާކޮށް އޭއެފްސީކަޕްގެ މެޗުން ބާކީކުރަން ނިންމައިފި
ޤައުމީ ޓީމުގެ ކިޓް މެނޭޖަރ ހަސަން ނިޒާރު(ބޮޑޭ)ގެ ޕާސްޕޯޓް ވަގަށް ނެގި އައްސަދު އަލީ އާއި ދެކޮޅަށް އޭނާގެ ކްލަބް ވިކްޓަރީން ފިޔަވަޅު އަޅައިފި އެވެ.
ވިކްޓަރީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި އައްސަދދާ ދެކޮޅަށް ތިންފިޔަވަޅެއް އަޅާގޮތަށް ވަނީ ނިންމާފައެވެ. އެގޮތުން އައްސަދު އަލީގެ އެމަލާ މެދު ކްލަބުން ހިތާމަކޮށް އޭނާ އާއްމުންގެ ކިބައިން މާފަށް އެދެން ޖެހެއެވެ.
ދެވަނަ އަދަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އޭނާ 2000 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ އިޖްތިމާއީ ކަންކަމަށް ހޭދަކުރަން ރާއްޖޭގައި ހުޅުވާފައިވާ ފަންޑަކަށް އެ ފައިސާ ދައްކައި ފައިސާ ދެއްކި ކަމުގެ ރަޝީދު ކްލަބާ ހަވާލު ކުރުމެވެ.
ތިންވަނަ އަދަބެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އޭ އެފް ސީކަޕްގައި ވިކްޓަރީ މިމަހުގެ 14 ވަނަ ދުވަހު ހޮންކޮންގެ ސައުތު ޗައިނާއާއި ދެކޮޅަށް ކުޅޭ މެޗަށްދާ ޓީމުން އައްސަދު ބާކީ ކުރުމެވެ.
ވިކްޓަރީގެ ވައިސް ޕްރެޒިޑެންޓް ލޯޖެހި އަހްމަދު މަނިކުގެ ނަމުގައި ފޮނުވާފައިވާ ބަޔާނުގައި ބުނެފައިވަނީ ޕާސްޕޯޓް ފޮރުވި މައްސަލަ ވިކްޓަރީން ކުށްވެރި ކުރާ ކަމަށެވެ.
އައްސަދު ބާކީކުރިއިރު އަނިޔާގެ ސަބަބުން އަޝްރަފު ލުތުފީ(ސަމްޕަތު) އާއި އިސްމާއީލް މުހައްމަދުވެސް މިމެޗުގައި ބައިވެރިނުވާނެ ކަމަށްވެއެވެ. އިއްސޭއަށް އަނިޔާވީ އިއްޔެގެ މެޗުގައެވެ. އެހެންކަމުން އިއްސޭ ޓީމާއެކު މިރޭ މާލެ އަންނާނެ އެވެ.
ވިކްޓަރީގެ އިސް އޮފިޝަލެއް ކަމަށްވާ އަލީ ސުޒޭން ބުނީ ކްލަބުން އޭނާ އާއި ދެކޮޅަށް ފިޔަވަޅު އަޅަން ނިންމީ އޭނާ ޤައުމީ ޓީމަށް ފޮނުވީ ކްލަބުން ކަމަށްވާތީ އެވެ. ”ކުޅުންތެރިއަކަށް ލިބޭ ކޮންމެ ހުތުރުނަމެއްގައި ކްލަބަށްވެސް އޭގެ އަސަރު ކުރޭ. އެހެންވެ އެގޮތަށް ނިންމީ.“ ސުޒޭން ބުންޏެވެ.
ވިކްޓަރީން މައްސަލައިގައި ފިޔަވަޅު އެޅިއިރު އެފް އޭ އެމުން އަދި މައްސަލަ ބަލާކަށްވެސް ނުފަށައެވެ. އެފް އޭ އެމުގެ އިންޓަރިމް ކޮމެޓީގެ ޗެއާމަން އަހްމަދު ޝާހިރު ވިދާޅުވީ އަދި ކިރިޔާ ހުޅުވުނީ ކަމަށާއި މިއަދު އިންޓަރިމް ކޮމެޓީ ބައްދަލުކޮށް އޭނާގެ ކަންތައް ކުރިއަށް ގެންދާނެ ގޮތެއް ނިންމާނެ ކަމަށެވެ.
-
ބުދަ، ޖުލައި 9 2008، 17:32
eDEBkm uikaocauzxcf, [url=http://wxqjkcipyxax.com/]wxqjkcipyxax[/url], [link=http://ibigzqcrvzhx.com/]ibigzqcrvzhx[/link], http://vdxqvukambxr.com/
