މުލަކާ އެއްވަރުވުމުން ވިލިފުށި މުބާރާތުން ކަޓައިފި
މިހާރު ކުރިއަށްދާ ޒޯން 8-1ގެ ފުޓްބޯޅަ މުބާރާތުގައި އިއްޔެ އާއި ރޭ ކުޅެވުނު މެޗުތަކުގެ ނަތީޖާ ނުކުތްގޮތުން ބީ ގްރޫޕްގެ ފޯރިގަދަވެ ސެމީއަށްދާނެ ދެ ޓީމު ކަނޑައަޅަން އެންމެ ފަހު މެޗާ ހަމައަށް މަޑުކުރަން ޖެހިއްޖެ އެވެ. އަދި މުލަކާއި އެއްވަރުވުމުގެ ސަބަބުން މިދިޔައަހަރުގެ ފައިނަލުގައި ކުޅުނު ފައުންޑޭޝަން ފޯ ވިލިފުށި ވަނީ މުބާރާތުން ކަޓާފައެވެ.
އިއްޔެ ހަވީރު ކުޅެވުނު މެޗުގައި އައްޑޫ ދަ އައިލެންޑް ކޮމިއުނިޓީ ވަނީ ހައިރާންކުރުވަނިވި ގޮތަކަށް ކަޅައިދޫ ޒުވާނުންގެ ޖަމްއިއްޔާ އަތުން މޮޅުވެފައެވެ. ކުރިން ކުޅުނު ދެމެޗުންވެސް ބަލިވެފައިވާ އައްޑޫ ޓީމު މޮޅުވީ 1-3 ލަނޑުންނެވެ. އެހެންކަމުން އައިލެންޑް ކޮމިއުނިޓީ ޓީމުވެސް ވަނީ ސެމީއަށް ވާދަކުރާ ލިސްޓަށް އިތުރުވެފައެވެ.
ލަނޑެއް ނުޖެހި ފުރަތަމަ ހާފު ދިޔުމަށްފަހު މެޗުގެ ފުރަތަމަ ލަނޑު ކަޅައިދޫގެ އަހްމަދު ޒާދު ކާމިޔާބުކުރީ 50 ވަނަ މިނެޓްގައެވެ. އެހެން ނަމަވެސް ޖެހިގެން އައި މިނެޓްގައި އައްޑޫގެ މުހައްމަދު ހައްސާން ހަބީބު ލަނޑެއް ޖަހާ އެއްވަރުކުރިއެވެ. އަނެއް ދެލަނޑު ކާމިޔާބުކުރީ އިބްރާހީމް މުޙައްމަދާއި އަހްމަދު ނާޝިދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އައިލެންޑް ކޮމިއުނިޓީގެ މުހައްމަދު އިބްރާހީމެވެ.
ރޭ ކުޅެވުނު މެޗުގައި މުލަކުއެކުވެރި ޒުވާނުންގެ ޖަމްއިއްޔާ އާއި ފައުންޑޭޝަން ފޯރ ވިލިފުށީގެ މެޗު ނިމުނީ 1 ލަނޑުން އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހާ ވިލިފުށިން ލީޑް ނެގީ 14 ވަނަ މިނެޓްގައެވެ. މިލަނޑު ޖަހާދިނީ އަހްމަދު އިހްސާނެވެ. މުލަކުން 21 ވަނަ މިނެޓްގައި އެއްވަރުކުރީ އަލީ ޝަމީމެވެ. މޮޅު ކުޅުންތެރިއަކީވެސް ޝަމީމެވެ.
އޭ ގްރޫޕްގެ މެޗުތައް ނިމި ސެމީއަށް ދެޓީމު ހޮވިފައިވާއިރު ބީ ގްރޫޕްގެ ފޯރިވަނީ ގަދަވެފައެވެ. މިގްރޫޕްގައި ހިމެނޭ 5 ޓީމުގެ ތެރެއިން ހަތަރު ޓީމަށް ސެމީގެ ފުރުސަތު އެބައޮތެވެ. އެހެން ނަމަވެސް އަމިއްލަބާރު މިހާރުއޮތީ ތިނަދޫ އަށާއި ކަޅައިދޫ އަދި އައިލެންޑް ކޮމިއުނިޓީއަށެވެ. އަންގާރަ ދުވަހު އައްޑޫއާއި ތިނަދޫ ކުޅޭ މެޗުން މޮޅުވާ ޓީމެއް ސެމީއަށް ހޮވޭނެ އެވެ. އަދި ހުކުރު ދުވަހު ތިނަދޫ އާއި ކަޅައިދޫގެ މެޗުން މޮޅުވާ ޓީމަކަށްވެސް ސެމީގެ ފުރުސަތު ލިބޭނެ އެވެ.
4 ޕޮއިންޓްގައިވާ ތިނަދޫއަށް ދެމެޗު އޮތުމުން އެޓީމަށް ސެމީގެ ފުރުސަތު ވަރަށް ބޮޑެވެ. ދެމެޗުން ތިނަދޫ މޮޅުވެއްޖެނަމަ ސެމީގެ ދެވަނަ ޖާގަ ލިބޭނީ މިހާރު 5 ޕޮއިންޓްގައި އޮތް މުލަކަށެވެ. އެޓީމާއި ފައުންޑޭޝަން ފޯ ވިލިފުށި ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް ފައިދާ ގޯލުގެ ގޮތުން ކުރީގައި އުޅެނީ މުލަކެވެ. ސެމީގެ ފުރުސަތު ގެއްލިފައި
މުބާރާތުގެ މެޗެއް މިއަދާއި މާދަމާ ނޯންނާނެ އެވެ.
-
ބުދަ، ޖުލައި 9 2008، 17:32
nZH57d okkldiwzwxhe, [url=http://qndxexqhdhbj.com/]qndxexqhdhbj[/url], [link=http://ihzknopqipwk.com/]ihzknopqipwk[/link], http://aibhkvhyummy.com/
