ދެވަނަ ޑިވިޝަންގެ ފުރަތަމަ މެޗު ވިޔަންސާ ކާމިޔާބުކޮށްފި
16 ވަނަ އެމް ބީ އޭ ޗެމްޕިއަންޝިޕްގައި ޕޮލިސް ކްލަބާ ވާދަކޮށް ވިޔަންސާ މޮޅުވެއްޖެ އެވެ.
ރޭ ކުޅެވުނު ދެވަނަ ޑިވިޝަންގެ ފުރަތަމަ މެޗުގައި ވިޔަންސާ މޮޅުވީ 63-59 ޕޮއިންޓުންނެވެ. ފޯރިގަދަވެގެން ދިޔަ މެޗުގެ ފުރަތަމަ ދެ ކުއާޓަރގައި ވިޔަންސާ މޮޅަށް ކުޅެ ގިނަ ޕޮއިންޓް ހޯދި ނަމަވެސް ފަހު ދެކުއާޓަރގައި ޕޮލިހުގެ ކުޅުން ފެނުނީ ވަރަށް ވަރުގަދަކޮށެވެ. އެމީހުންނަށް ނުކުރެވުނު ކަމަކީ ލީޑް ހޯދުމެވެ.
މެޗުގައި އެންމެ ގިނަ ޕޮއިންޓް ހޯދި ކުޅުންތެރިއަކީ ޕޮލިހުގެ މުޒައްމިލު މުހައްމަދެވެ. އޭނާ 18 ޕޮއިންޓް ހޯދިއިރު ވިޔަންސާއިން އެންމެ ގިނަ ޕޮއިންޓް ހޯދި އަހްމަދު ނަޖީލާއި އަލީ މުރުތަލާ ވަނީ 17 ޕޮއިންޓް ހޯދާފައެވެ. މޮޅު ކުޅުންތެރިއަކީ ނަޖީލެވެ.
މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގެ ފޯރިގަދަ މެޗެއް މިރޭ ކުޅޭނެ އެވެ. ބައްދަލުކުރާނީ ވިކްޓަރީ އާއި ހަރިކޭނެވެ. މިދެޓީމުވެސް ވަނީ ފުރަތަމަ މެޗުން މޮޅުވެފައެވެ.
-
ބުދަ، ޖުލައި 9 2008، 17:31
754dky vnuinnmutxzu, [url=http://ixdtmlktxlfh.com/]ixdtmlktxlfh[/url], [link=http://upkpbboewuum.com/]upkpbboewuum[/link], http://mnkxugigatlz.com/
