މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުން ލަސްވަމުންދާތީ ޓީޗަރުން އަމަލުކުރިގޮތް

ރަނގަޅު
ރަނގަޅެއްނޫން

ނަތީޖާ ބައްލަވާ

ކޮކާކޯލާ ކޮމްޕެނީން ” ބާން “ ގެ ނަމުގައި ބުއިމެއް ރާއްޖޭގެ ބާޒާރަށް ނެރެފި

މުހައްމަދު އަފްރާޙް މޭއި 11، 17:04 1 ޚިޔާލު

ކޮކާކޯލާ ކޮމްޕެނީން ” ބާން“ ގެނަމުގައި އެނަރޖީ ޑްރިންކެއް ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

ކޮކާކޯލާ ކޮމްޕެނީން މިއަދު ވާހަކަދެއްކި އޮފިޝަލެއް ވިދާޅުވީ އެކުންފުނިން ކ.ތުލުސްދޫގައި ހުންނަ ފެކްޓްރީގައި ބަންދުކޮށްގެން ރާއްޖޭގެ ބާޒާރަށް ނެރެފައިވާ މިއުފެއްދުމަކީ އެކުންފުނީގެ އަމިއްލަ އުފެއްދުމެއް ކަމަށެވެ.

” އަޅުގަނޑުމެން މިއުފެއްދުން ރާއްޖޭގެ ބާޒާރަށް ނެރުމުގެ މަގުސަދަކީ އަޅުގަނޑުމެންގެ އަތުން ގިނަ ބާވަތްތަކެއް ލިބޭނެ ގޮތެއް ހަދައިދިނުން. މިމަގުސަދުގައި އަޅުގަނޑުމެން ކޮކާކޯލާގެ އުފެއްދުން ތަކުގެ އިތުރުން ފެންބަންދު ކުރަން ފެށީވެސް.“ އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ގިނައިން ނަގާފަރާތްތަކަށް ހާއްސަ އަގެއްގައި ހޯލްސޭލްކޮށް ދޫކުރުމަށް ހަމަޖެހިފައިވާ ” ބާން“ ޑްރިންކަކީ އެނަޖީ ޑްރިންކެއް ކަމަށެވެ.

” މިއަހަރު އަޅުގަނޑުމެން ދިވެހިންގެ ލައިފް ސްޓައިލް ވެސް މިވަނީ ބަދަލުވެފައި. އަދި އެނަރޖީ ބުއިންތަކުގެ މަގުބޫލުކަން ވެސް މިހާރު ދަނީ ބޮޑުވަމުން ހާއްސަކޮށް ޒުވާނުންގެ ވަރަށް މަގުބޫލު އެއްޗަކަށް ވާތީ އެފަރާތްތަކަށް ހާއްސަކޮށްގެން މިނެރުނީ.“ އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ މިބުއިން ރާއްޖެއަށް ތައާރަފުކުރުމުގެ ގޮތުން ލޭބަލާއި ނުލައި ދެވައްތަރެއްގެ ބުއިމެއް ގެނެސްގެން މީހުންނަށް އެންމެ ޝައުގުވަރިވާނެ ބުއިމެއް ބެލުމަށް ޓެސްޓެއް ހެދިފައިވާ ކަމަށެވެ.

” އެ ޓެސްޓުން ވެސް ގިނަމީހުންނަށް ކަމުދިޔައީ ބާން ޑްރިންކް. އެހެންވެ އަޅުގަނޑުމެން މިއުފެއްދުން ރާއްޖެއަށް ތައާރަފުކުރީ.“ އޮފިޝަލް ވިދާޅުވިއެވެ.

ކޮކާކޯލާ ކޮންޕެނީން މިހާރު ރާއްޖޭގެ ބާޒާރަށް ނެރެފައިވާ ބާން އެނަރޖީ ޑްރިންކް ވަކިން ފުޅިއެއް ފިހާރަތަކުގައި ވިއްކަމުން ދަނީ 10 ރ އަށެވެ.

ކޮކާކޯލާ ކޮންޕެނީއިން މިދިޔަ އަހަރުގެ ނޮވެންބަރުމަހު ވަނީ ކޮކާކޯލާ ފެންޓާލެމަން ވެސް ރާއްޖޭގެ ބާޒާރަށް ނެރެފަ އެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. xMDUaM qkmefxysrluq, [url=http://bgybdieztuof.com/]bgybdieztuof[/url], [link=http://ivribiwjqder.com/]ivribiwjqder[/link], http://crplxmwvupkh.com/

    ބުދަ، ޖުލައި 9 2008، 18:26
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv