ދިރާގާއި މައިކްރޯސޮފްޓާއި ދެމެދު ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފި
ދިވެހި ސަރުކާރާއި އިގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔަރލެސް ގުޅިގެން އުފައްދާފައިވާ ދިވެހި ރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑު(ދިރާގު) ން މައިކްރޯސޮފްޓާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ސްރީލަންކާގެ އޮންލައިން ނިއުސް ޕޭޕަރެއް ކަމަށްވާ ” ކޮލަންބޯ ޕޭޖު“ ގައި ވާގޮތުން ދިރާގާއި މައިކްރޯސޮފްޓާއި ދެމެދުވަވުނު އެއްބަސްވުމަކީ އެކުންފުނީގެ ކޯޕަރޭޓް ކަސްޓަމަރުންނާއި އެކުނޫނީ ގާއިމުނުކުރާ އެއްބަސްވުމެއް ކަމަށްވާ ” މައިކްރޯ ސޮފްޓް އެންޓަޕްރައިސް އެގްރީމަންޓް“ އެއްބަސްވުމެކެވެ.
އެ ސައިޓުގައި ވާގޮތުން ލަންކާގައި ހުންނަ މައިކްކޯސޮފްޓުގެ އޮފީހުންގާއިމްކުރި މިއެއްބަސްވުމުގެ ދަށުން ދިރާގަށް މައިކްރޯސޮފްޓުގެ އާއުފެއްދުންތަކުގެ ލައިސަންސް ލިބުމަށް ފަސޭހަވެގެން ދާނެއެވެ.
ދިރާގުން މިހާރުވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފޯނުގެ ހިދުމަތް ދިނުމުގެ އިތުރުން ރާއްޖޭގެ 70 އިންސައްތަ އަށް ވައިފައި އިންޓަނެޓުގެ ހިދުމަތް ވެސް ދީފަ އެވެ.
މައިކްރޯސޮފްޓާއި ދިރާގާއި ދެމެދު މިވެވުނު އެއްބަސްވުމުގެ ސަބަބުން އެކުންފުނީގެ ހިދުމަތްތަކުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅުގެން ދާނެ ކަމަށް ދިރާގުން ބުނެއެވެ.
-
ހުކުރު، މޭއި 23 2008، 18:50
Wow, cool man, big thanks! http://gmwyenpywtkye.com
