މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުން ލަސްވަމުންދާތީ ޓީޗަރުން އަމަލުކުރިގޮތް

ރަނގަޅު
ރަނގަޅެއްނޫން

ނަތީޖާ ބައްލަވާ

ރައިސް ބުޝްގެ ދަރިކަނބަލުން ޖެން ބުޝް ކައިވެނި ކުރައްވައިފި

ހުސައިން ރަޝީދު މޭއި 11، 15:37 0 ޚިޔާލު

އެމެރިކާގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ ދެދަރިކަނބަލުންގެ ތެރެއިން ޖެނާ ބުޝް އިއްޔެ ކައިވެނި ކުރައްވައިފިއެވެ. ޢުމުރުން 26 އަހަރުގެ ޖެނާ ކައިވެނި ކުރެއްވީ ވާޖީނިއާގެ ރިޕަބްލިކަން ޕާޓީގެ ވެރިޔާ ޖޯން ޖެގާގެ ދަރިފުޅު ހެންރީ ހެގާ (30) އާއެވެ.

ދެމީހުންގެ ކައިވެނީގެ ވާހަކަތައް މިދިޔަ ހަފްތާގައި އެމެރިކާގެ ނޫސްތަކުގައި ހާމަކޮށްފައިވީ ނަމަވެސް, މިރަސްމިއްޔާތު ބާއްވާފައިވަނީ ޢާއިލާ އާއި އެކުވެރިންގެ 200 އެއްހާ ބައިވެރިން ހިމެނޭގޮތަށެވެ. އަދި އެރަސްމިއްޔާތަށް ނޫސްވެރިންނަށާއި އެފަދަ އެއްވެސް ބަޔަކަށް ދަޢުވަތު އަރުވާފައެއް ނުވެއެވެ.

ވޮޝިންޓަން ޕޯސްޓުގައި ހާމަކޮށްފައިވާ ގޮތުގައި ހެންރީ އާއި ޖެނާގެ ހަނީމޫން ހެދުމަށް ހަމަޖެހިފައިވަނީ ޔޫރަޕުގެ ޤައުމެއްގައެވެ. އަދި ކައިވެންޏަށްފަހު ޖެނާ ޓީޗަރެއްގެ ގޮތުގައި ބަލްޓީމޯގައި މަސައްކަތް ކުރައްވާގޮތަށް ހަމަޖެހިފައިވާކަމަށް އެނޫހުގައި ހާމަކޮށްފައިވެއެވެ.

މީގެއިތުރުން ހެންރީ ކޮންސްޓަލޭޝަން އެނާޖީ ކުންފުނީގައި މަސައްކަތް ކުރައްވާގޮތަށް ހަމަޖެހިފައިވާ ކަމަށާއި އޭނާގެ މާސްޓާސް ޑިގްރީ އަންނަ މަހުގެ ތެރޭގައި ލިބޭނެކަމަށް ހާމަކޮށްފައިވެއެވެ.

މިކައިވެނީގެ ހަފްލާއަށް ދަޢުވަތު އެރުވުނީ ޢާއިލާއާއި ރައްޓެހިންގެ ތެރެއިންވެސް މަދު ބަޔަކަށް ނަމަވެސް, އެހިސާބުގެ ޖިފްޓް ފިހާރަތަކުގެ ވިޔަފާރި ވަރަށްބޮޑުތަން ރަގަޅުވެގެން ދިޔަކަމަށް ފިހާރަތަކުގެ ވެރިން ހާމަކޮށްފައިވެއެވެ.

އަދި ޖެނާ އަށާއި ހެންރީއަށް ބާއްޖަވެރި ކައިވެންޏަކަށް އެދި ވަރަށް ގިނަބަޔަކުވަނީ ދެމީހުންނަށް ހެޔޮއެދުމުގެ މެސެޖުތައް ފޮނުވާފައެވެ. މިރަސްމިއްޔާތުގެ ހަފްލާ ހުށަހަޅާދީފައިވަނީ ޖެނާގެ އެއްމާބަނޑު ކޮއްކޮ ބާބަރާއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv