އިންޑިޔާގެ ބޮމްބޭގައި ދޮން އަނބު ކެއުމުގެ މުބާރާތެއް ބާއްވައިފި
އިންޑިޔާގައި އަނބު މޫސުމާ ދިމާކޮށް ދޮން އަނބު ކެއުމުގެ މުބާރާތެއް ބާއްވައިފިއެވެ. 30 މީހުން ބައިވެރިވި މިމުބާރާތުގައި ބަލާފައިވަނީ ތިން މިނެޓުގެ ތެރޭގައި އެންމެ ގިނަ ޢަދަދަކަށް ދޮން އަނބުކެވޭ މީހަކަށެވެ.
މިމުބާރާތުގައި ކޮންމެ މީހަކަށްވެސް ފުރަތަމަ ދެވިފައިވަނީ 10 އަނބެވެ. އަދި ހުސްވަމުންދާވަރަކަށް ކުރިމަތީގައި ހުރި އަނބު ފޮއްޓަކުން އަނބުތައް ބަހައްޓަމުން ގޮސްފައިވެއެވެ.
މިގޮތުން އެންމެ ގިނައިން އަނބު ކައިފައިވާ މީހާވަނީ 3 މިނެޓު ތެރޭގައި 35 އަނބު ކައިފައެވެ. އަދި އެވްރެޖްކޮށް އެންމެންވެސް 30 އަނބު ކައިފައިވެއެވެ.
މިމުބާރާތް ބެލުމަށްޓަކައި އެތައްހާސް ބަޔަކު އެތަނަށް އެއްވެފައިވެއެވެ. މިއީ އިންޑިޔާގައި މާދަމާގެ ނިޔަލަށް ކުރިއަށްދާ ކޮންކާން ފެސްޓިވަލާއި ދިމާކޮށް އިންތިޒާމު ކުރެވުނު ހަރަކާތެއް ކަމުގައި އެކަން އިންތިޒާމު ކުރި ފަރާތުން ހާމަކޮށްފައިވެއެވެ. މިގޮތުން މިއީ އިންޑިޔާގައި އަނބު މޫސުމަށްވެފައި ގިނަ ޢަދަދެއްގެ ދޮން އަނބު ލިބެން ހުރުމާއެކު މިފަދަ ކަމެއް އިންތިޒާމު ކުރީކަމުގައި އެފަރާތުން ހާމަކޮށްފައިވެއެވެ.
މިއިވެންޓް އިންތިޒާމު ކުރި ފަރާތުން ހާމަކޮށްފައިވާ ގޮތުގައި އަނބު ކެއުމުގެ ކަންތައް ކުރިއަށްދިޔަ ވަގުތު އިންޑިއަން ޕްރެމިއަރ ލީގު ޓުވެންޓީ ޓުވެންޓީ ކްރިމެޓް މެޗު ފެންނާނެ އިންތިޒާމުވެސް ހަމަޖައްސަން ޖެހުނުކަމަށެވެ.
