މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުން ލަސްވަމުންދާތީ ޓީޗަރުން އަމަލުކުރިގޮތް

ރަނގަޅު
ރަނގަޅެއްނޫން

ނަތީޖާ ބައްލަވާ

އެމެރިކާގެ ސިފައިން އަފްޣާނިސްތާނުގެ ގެއަކަށް ހަމަލާދީ އާއިލާއެއް ޝަހީދުކޮށްލައިފި

ހުސައިން ރަޝީދު މޭއި 11، 15:28 1 ޚިޔާލު

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިން މަންގަހާރު ޕްރޮވިންސްގައި ހުރި ގެއަކަށްވަދެ ދިން ހަމަލާއެއްގައި އެގޭގައި ދިރިއުޅެމުންދިޔަ ދެމަފިރިންނާއި ދެކުދިން ޝަހީދު ކޮށްލައިފިއެވެ.

ޠާލިބާން މުޖާހިދުންނާ ދެކޮޅަށް ދެމުންދާ ހަމަލާތަކުގައި އެމެރިކާ ސިފައިން އެގެއަށް ވަދެފައިވަނީ އެގޭގައި މުޖާހިދުން ފިލާތިބިކަމަށް ބުނެފައެވެ.

މިހާދިސާ އާއި ގުޅިގެން އަފްޣާނިސްތާނުގެ އެކި ހިސާބުތަކުގައި އެމެރިކާ ސިފައިންނާ ދެކޮޅަށް އަޑު އުފުލަމުންދެއެވެ. އަދި އެއްވެސް ކުށެއްނެތް ބަޔަކަށް އެމެރިކާ ސިފައިން ހަމަލާ ދެމުންދާތީ, އެމީހުން އެޤައުމުން ބޭރުކުރުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

އެމެރިކާގެ ކޮމާންޑަރުންވަނީ މިހާދިސާ އާއި ގުޅިގެން އެއީ އޮޅުމަކުން ވެފައިވާ ކަމެއްކަމަށް ބުނެފައެވެ. އެހެންނަމަވެސް, މިހާދިސާއަށްފަހު އެމީހުން މަޢާފަށް އެދިފައެއްނުވެއެވެ.

އަފްޣާނިސްތާނުގައި ނޭޓޯ ސިފައިންނާ ދެކޮޅަށް ހަނގުރާމަވެރިން ހަމަލާތައް ވަރުގަދަ ކުރުމާ ގުޅިގެން އެމެރިކާ ސިފައިންވަނީ އަސްކަރީ އޮޕަރޭޝަން ވަރުގަދަ ކޮށްފައިވެއެވެ. އަނެއްކޮޅުން ހަމަލާތަކުގައި މަރުވަމުންދާ މުޖާހިދުންގެ ޢަދަދު އިތުރުވުމާއެކު އެމެރިކާ ސިފައިންނާއި ނޭޓޯގެ ގުޅިފައިވާ ފައުޖުގެ ސިފައިންގެ ޢަދަދުވެސް އަންނަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ.

މިކަމާ ގުޅިގެން ނޭޓޯ ފައުޖަށް ސިފައިން ފޮނުވުމަށް މެމްބަރު ޤައުމުތަކުން އަންނަނީ ޖެހިލުންވެ ދެކޮޅު ހަދަމުންނެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. pzL9v9 stbbtmybdlws, [url=http://gdbyotwzdxvt.com/]gdbyotwzdxvt[/url], [link=http://qmzhxhzhuilm.com/]qmzhxhzhuilm[/link], http://gsyezbxjmujc.com/

    އާދިތްތަ، ޖުލައި 6 2008، 02:41
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv