އެމެރިކާއިން އިޒްރޭލަށް ”މާމޮޅު“ ރާޑަރެއް ދެނީ
މެދުއިރުމަތިން އިޒްރޭލަށް ކުރިމަތިވެދާނެ ނުރައްކަލަކުން ދިފާޢުވުމަށްޓަކައި އިޒްރޭލަށް ވަރުގަދަ ރާޑަރެއް ދިނުމަށް އެމެރިކާއިން ނިންމައިފިއެވެ. މިރާޑަރަކީ ބުނެވޭ ގޮތުގައި ކޮންމެ ހަމަލާއަކުންވެސް އިޒްރޭލު ދިފާޢުވުމަށްޓަކައި މުހިއްމު އަދި ވަރަށްމޮޅު ރާޑަރެކެވެ. ޚާއްޞަ ގޮތެއްގައި ބެލިސްޓިކް މިސައިލާއި ރޮކެޓް ހަމަލާތަކުން ދިފާޢުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިރާޑަރުގެ ސަބަބުން މަގު ހުޅުވިގެންދާނެއެވެ. މިގޮތުން އެއްވެސް މިސައިލް ނުވަތަ ރޮކެޓް ހަމަލާއެއް އިޒްރޭލަށް އަމާޒުކޮށް ފޮނުވާނަމަ, އެކަން މިރާޑަރުގެ އެހީގައި ހޯދޭނެއެވެ.
އިރާނާއި ލުބްނާނު އަދި ސޫރިޔާއިން އިޒްރޭލަށް ހަމަލާއެއް ދީފާނެކަމުގެ ބިރު ހީވަމުންދާއިރު, އެއިން އެއްވެސް ޤައުމަކުން އިޒްރޭލަށް ހަމަލާއެއް ދީފާނެކަމުގެ އިންޒާރެއް ދީފައެއް ނުވެއެވެ. އިރާނުން އެކިފަހަރު އިޒްރޭލު ނައްތާލާނެކަމަށް ބުނެފައިވެއެވެ.
އިޒްރޭލަށް އެމެރިކާއިން ރާޑަރު ދިނުމަށް ނިންމާފައިވަނީ ފަލަސްޠީނާއި އިޒްރޭލުގެ މެދުގައި ޞުލްޙަ ޤާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތަށް އިޒްރޭލުން ހުރަސްއަޅަމުންދާ ދުވަސްވަރެއްގައެވެ.
އަނެއްކޮޅުން އެމެރިކާގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް ވިދާޅުވާ ގޮތުގައި އޭނާގެ ރިޔާސީ ދައުރު ހަމަވުމުގެ ކުރިން އިޒްރޭލާއެކު ޞުލްޙަ ޤާއިމުކުރެވޭނެކަމަށް ވަރަށްބޮޑަށް އޭނާ އުއްމީދު ކުރައްވައެވެ. އިޒްރޭލަށް އަސްކަރީގޮތުން ޤާބިލްކަން އިތުރުކުރުމަށް މިގޮތަށް އެހީ ފޯރުކޮށްދިނުމުގެ ސަބަބުން މެދުއިރުމަތީގެ ވަރަށްގިނަ ޤައުމުތަކުން އެކަމާ ކަންބޮޑުވާކަން ފާޅުކޮށްފައިވެއެވެ.
-
އާދިތްތަ، ޖުލައި 6 2008، 02:42
ioW6Bz ymtbliexuwhp, [url=http://zkedycmianhn.com/]zkedycmianhn[/url], [link=http://embxgriyyoog.com/]embxgriyyoog[/link], http://frheukzvltdd.com/
