ގާޑިއޯލާ އަށް ފީގޯ ތައުރީފްކޮށްފި
މިސީޒަން ނިމުމުން ބާސެލޯނާގެ ކޯޗް ފްރޭންކް ރައިކާޑް މަގާމުން ވަކިކޮށް ކުރީގެ ކެޕްޓަން ޕެޕް ގާޑިއޯލާ އާއި ހަވާލުކުރުމަކީ ރަނގަޅު ނިންމުމެއް ކަމަށް ކުރީގެ ބާސެލޯނާގެ ތަރި ލުއިސް ފީގޯ ބުނެފިއެވެ.
ފީގޯ ބުނީ ގާޑިއޯލާ އޭނާ ވަރަށް ރަނގަޅަށް ދަންނަ ކަމަށާއި ކޯޗެއްގެ ކިބައިގައި ހުންނަން ޖެހޭ ހުރިހާ ސިފައެއް އޭނާ ގައިގައި އެބަހުރި ކަމަށެވެ.
”ހިންމާ ނިންމުންތަކުގައި އޭނާ އަކީ ވަރަށް ވިސްނުން ތޫނު މީހެއް, ރަނގަޅު ނިންމުން ނިންމާ މީހެއް“ ކުރިން ބާސެލޯނާގައި ފަސްއަހަރު ކުޅެފައިވާ ފީގޯ ބުންޏެވެ.
ފީގޯ ބުނީ އޭނާ ވަރަށް ރަނގަޅަށް ގާޑިއޯލާ ދަންނަ ކަމަށާއި ބާސެލޯނާގެ ކޯޗަކަށް އޭނާ ހަމަޖެއްސުމުން އެކަމާއި މެދު ހައިރާންނުވާ ކަމަށެވެ.
ބާސެލޯނާގެ ރައީސް މިހަފްތާގައި ބުނެފައިވަނީ މިހާރުގެ ކޯޗް ފްރޭންކް ރައިކާޑް މިސީޒަން ނިމުމުން ކްލަބުން ބޭރުކުރާނެ ކަމަށާއި އާ ކޯޗަކަށް ވާނީ މިހާރު ބާސެލޯނާގެ ޖޫނިއަ ޓީމުގެ ކޯޗް ގާޑިއޯލާ ކަމަށެވެ.
ގާޑިއޯލާ (ފޮޓޯ) އަކީ ބާސެލޯނާގެ ހަޔާތުގައި 11 ލީގު ތަށީ ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ.
ރައިކާޑް ބާސެލޯނާ އިން ބޭރުކުރަނީ ތައްޓެއް ނުލިބި ވިދިވިދިގެން ދެ ސީޒަން ނިންމާލަން ޖެހުމުގެ އިތުރަށް ޓީމުގެ ބައެއް ކުޅުންތެރިންނާއި އޭނާ އާއި ދެމެދު މަސްލަހަތު ގޯސްވެގެންނެވެ.--އޭއެފްޕީ
-
ބުދަ، ޖުލައި 9 2008، 17:33
6zQV4e kqiouyjshgik, [url=http://dabjoxpbxlur.com/]dabjoxpbxlur[/url], [link=http://gxxfbphnclhg.com/]gxxfbphnclhg[/link], http://nyqoxchjlsfx.com/
