ބްލެޓަރގެ ޕްލޭން ތަޅަމުން ބޭރކޮށް ފީފާއަށް ފާޑުކިޔައިފި
ފީފާގެ ރައީސް ސެޕް ބްލެޓަރ އެކުލަވާލަން އުޅޭ އާ ގަވައިދު ޔޫރަޕިއަން ޔޫނިއަންގެ ޕާލަމެންޓުގެ ތަޅުމުން ބޭރުކޮށް ބްލެޓަރއަށާއި ފީފާ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
ދުނިޔޭގެ ފުޓުބޯޅަ ލީގުތަކުގައި އެގައުމަކަށް ނިސްބަތްވާ ކުޅުންތެރިންގެ އަދަދު އިތުރުކޮށް ރަށުން ބޭރުކުޅުންތެރިންގެ އަދަދު މަދުކުރުމަށް ފީފާއިން އެކުލަވާލާފައިވާ ޕްލޭނަށް ޔޫރަޕިއަން ޔޫނިއަންގެ ޕާލަމެންޓުން ނޫނެކޭ ބުނީ ވަރަށް ބޮޑު އަގުލަބިއްޔަތަކުންނެވެ. މި ޕްލޭނަށް ވޯޓަށް އެހުމުން 518 މެމްބަރުންވަނީ މިޕްލޭނާއި ދެކޮޅަށް ވޯޓުދީފައެވެ. އަދި ބައެއް މެމްބަރުން ބްލެޓަރ އަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައިވެއެވެ.
”ގައުމިއްޔަތަށް ނިސްބަތްކޮށް ތަފާތުކުރުންތަށް ހުންނަ އާ ގާނޫނުތަށް ބަލައިނުގަތުމަށް ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން މެމްބަރު ގައުމުތަކަށާއި ކުޅިވަރު އެސޯސިއޭޝަންތަކަށް ގޮވާލަން“ މި ބައްދަލުވުމަށްފަހު ޔޫރަޕިއަން ޔޫނިއަނުން ބުންޏެވެ.
ފީފާއިން އެކުލަވާލަން އުޅޭ މިޕްލޭނާއި ޔޫއެފާއިންވެސް ދެކޮޅެވެ. ޔޫއެފާއިންވެސް ބުނަނީ ކުޅުންތެރިންނަކީވެސް ލޭބަރުންގެ ގާނޫނުގައި ހިމެނޭ ބައެއް ކަމަށާއި އެދެބައި ވަކުނުކުރެވޭނެ ކަމަށެވެ.
ޔޫރަޕިއަން ޔޫނިއަނުން މި ޕްލޭނާއި ދެކޮޅު ހެދިނަމަވެސް މި ނިންމުމާއި މެދު އެންމެ ފަހު ބަސް ބުނުން އޮންނާނީ މިމަހު 29 ގައި އޮންނަ ސިޑްނީ ކޮންގްރެސްގައެވެ. މި ކޮންގްރެސްގައި މި ޕްލޭނަށް ވޯޓަށް އެހުން އޮންނާނެއެވެ. ކޮންމެ މެމްބަރު ގައުމަކަށްވެސް ދެވޭނީ އެއް ވޯޓެވެ. ޔޫރަޕިއަން ޔޫނިއަންގެ އެއްވެސް ބާރެއް މި ބައްދަލުވުމަކަށް ނުހިނގާނެއެވެ. އެހެން ނަމަވެސް މި ގަވައިދު ފާސްވުމަށް 75 ޕަސެންޓުގެ އަގުލަބިއްޔަލެއް ލިބެން ޖެހޭނެއެވެ.--ރޮއިޓާސް
-
ބުދަ، ޖުލައި 9 2008، 10:21
MioAcd suxwaveabdbg, [url=http://ukihdsvhuxqv.com/]ukihdsvhuxqv[/url], [link=http://slpqjuicfukr.com/]slpqjuicfukr[/link], http://rkyqabjakwxw.com/
