މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުން ލަސްވަމުންދާތީ ޓީޗަރުން އަމަލުކުރިގޮތް

ރަނގަޅު
ރަނގަޅެއްނޫން

ނަތީޖާ ބައްލަވާ

އިޓަލީ ޖާގައަކަށް އިންޒާގީވެސް ވާދަކުރަނީ

މުބާރިކް ރަފީއު މޭއި 11، 13:22 1 ޚިޔާލު

މިއަހަރުގެ ޔޫރޯގައި ވާދަކުރަ އިޓަލީ ޓީމުގައި ހިމެނުމަށް އިންޒާގީ ކުރަމުން ގެންދާ އުއްމީދުތަށް އިތުރަށް އާލާވާ ގޮތްވެއްޖެއެވެ.

އަނިޔާގެ ސަބަބުން މިސީޒަންގެ ބޮޑުބައެއްގައި ނުކުޅެ ހުންނަން ޖެހުމުގެ ސަބަބުން އިންޒާގީއަށްވަނީ ކޯޗް ޑޮނަޑޯނީ ހައްލާލާނެ ފުރުސަތު ނުލިބިފައެވެ. ނަމަވެސް އަނިޔާއިން އެނބުރިއައިސް އިންޒާގީދަނީ އަޅައިގަންނަ ފަދަ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިލާނަށް އޭނާ އެންމެ ފަހުން ކުޅުނު 5 މެޗްގައި 9 ގޯލް ޖަހައި އިޓަލީ މީހުންގެ މެދުގައި އޭނާގެ ވާހަކަ ދެއްކުން އިންޒާގީވަނީ އިތުރުކޮށްފައެވެ.

”ޑޮނަޑޯނީ އަށް އެނގޭނެ އަހަރެން ވަރަށް ރަނގަޅަށް, އޭނާ އަށް އަހަރެން ބޭނުން ހިފެންނާ ނަގާނެތާ“ ގައުމީ ޓީމަށްވެސް ގިނަ ލަނޑު ތަކެއް ޖަހާދީފައިވާ އިންޒާގީ ބުންޏެވެ.

އިންޒާގީގެ އިތުރުން ޑެލްޕިއޭރޯވެސް ދަނީ ގައުމީ ޓީމުގެ ޖާގައަކަށް މަސައްކަތް ކުރަމުންނެވެ. ސްވިޒަލެންޑަށާއި އޮސްޓްރިއާއަށް އިންޒާގީ ނުގެންދިޔައަސް ޑެލްޕިއޭރޯ ގެންދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އިޓަލީ ޓީމުގެ ފޯވަޑްލައިނުން މިހާރުވެސް ޖާގަ ކަށަވަރުކޮށްފައިވާ ހަމައެކަނި ކުޅުންތެރިއަކީ ލުކަޓޯނީއެވެ.--ޔުއެފާ ޔޫރޯ


    ކިޔުންތެރިންގެ ޚިޔާލު

  1. xfInPr pplwymiuovoh, [url=http://xvocrfjofuxd.com/]xvocrfjofuxd[/url], [link=http://evxbrnlorgyg.com/]evxbrnlorgyg[/link], http://qipcghqzuzgc.com/

    ބުދަ، ޖުލައި 9 2008، 10:21
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv