މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުން ލަސްވަމުންދާތީ ޓީޗަރުން އަމަލުކުރިގޮތް

ރަނގަޅު
ރަނގަޅެއްނޫން

ނަތީޖާ ބައްލަވާ

ސިޓީ ބޮންތިއަށް ގެންދަން އުޅުނު އެރިކްސަން މިސްރާބު ބަދަލުކޮށްފި

މުބާރިކް ރަފީއު މޭއި 11، 13:21 1 ޚިޔާލު

އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީ އެލީގުގެ ޓޮޕް ފްލައިޓްގައި ހިމެނުމަށް މަސައްކަތް ކުރަމުންގެންދިޔަ ކޯޗް ސްވެން ގޯރާން އެރިކްސަން ކްލަބް ދޫކޮށް ޕޯޗުގަލްގެ ބެންފީކާ އާއި ހަވާލުވާން އުޅޭ ކަމަށް ވާހަކަ ފެތުރިއްޖެއެވެ.

މިސީޒަންގެ ފުރަތަމަ ކޮޅު ވަރަށް ރަނގަޅު ކުޅުމެއް ދައްކައި އެންމެ އުހުގައި ހިފެހެއްޓި ސިޓީ ދޫކޮށް އެރިކްސަން ބެންފީކާ އަށް ދަނީ ސިޓީގެ މިހާރުގެ އޯނަރ ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ޖަސްތިން ޝިނަވަތްރާ އަށް އެރިކްސަން ކަމުނުދާތީ ކަމަށްވެއެވެ. ލީގުގެ ފަހުބައިގައި ސިޓީ ދެއްކި ކުޅުމާއި މެދު ޝިނަވަތްރާ އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެހޭ ކަމަށްވެއެވެ.

”އަހަރެން ބެންފީކާގެ އޮފިޝަލުންނާއި ވާހަކަތަށް ބާއްވައިފިން, އަހަރެން މިދަނީ އެކަމާއި މެދު ވިސްނަމުން, ވާނެ ގޮތް ބަލަން ތިބެމާ“ ކުރިން އިންގްލެންޑްގެ ގައުމީ ޓީމަށްވެސް ކޯޗްކޮށްދީފައިވާ އެރިކްސަން ބުންޏެވެ.

ބައެއް ފަރާތްތަކުން ބުނެފައިވަނީ އެރިކްސަން އަދިވެސް މަގާމްގައި ބަހައްޓާފައި ހުރީ ޝިނަވަތުރާ އަށް ރަނގަޅު ކޯޗަކު ލިބެންދެނެވެ.--އޭއެފްޕީ


    ކިޔުންތެރިންގެ ޚިޔާލު

  1. tFKAvn ktytffzkavbc, [url=http://gfjdzijtsiko.com/]gfjdzijtsiko[/url], [link=http://rehccismeoju.com/]rehccismeoju[/link], http://luvjrcqbinjm.com/

    ބުދަ، ޖުލައި 9 2008، 10:21
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv