މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުން ލަސްވަމުންދާތީ ޓީޗަރުން އަމަލުކުރިގޮތް

ރަނގަޅު
ރަނގަޅެއްނޫން

ނަތީޖާ ބައްލަވާ

އިއްތިހާދު ނުވެވިގެން ”އިއްތިހާދު ރޫޅެނީބާ؟

އަންވަރު އިބްރާހިމް މޭއި 11، 12:52 3 ޚިޔާލު

އެންމެ ފަހުން ބޭއްވުނު ދިވެހި ރައްޔިތުން ޕާޓީގެ އާއްމު ޖަލްސާގައި އެޕާޓީގެ ރައީސް އަދި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބުދުލް ގައުޔޫމް ވަނީ ގައުމީ އިއްތިހާދުގެ ނަމުގައި ޕާޓީތަކުން އުފައްދާފައިވާ އިއްތިހާދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އެމަނިކުފާނު ވިދާޅުވީ އިއްތިހާދު ކަންތައްތައް މުޅިން ސުމަކަށް ގޮސްފައިވާ ކަމަށާއި ޕާޓީތައް ބައިބައިވަމުން ދާކަމަށެވެ.

” އެހެން ޕާޓީތަކުގެ ތެރޭގައި އެކުވެރިކަމެއް ނެތް. އެއްބައިވަންތަކަމެއް ނެތް. އެޕާޓީތައް އެދަނީ ރޫޅިގެން ބައިބައިވެގެން. އިދިކޮޅު ޕާޓީތަކުން ގާއިމް ކުރިކަމަށް ބުނާ އިއްތިހާދުގެ ކަންތައް އެދަނީ ހަމަ ސުމަކަށް. އެއިއްތިހާދުގެ ވާހަކަ އެންމެ އަޑުގަދަކޮށް ދެއްކެވި ބޭފުޅުން އެވިދާޅުވަނީ މިހާރު އިއްތިހާދެއް ނެތޭ. އެއީ ހަމައެކަނި ހުވަފެނެކޭ. ބިލާހެކޭ.“ ޒައީމް ވިދާޅުވިއެވެ.

ތެދެކެވެ. އިއްތިހާދުގެ ހަރަކާތްތަކަށް ވުރެ އަޑު މިވަނީ ގަދަވެފަ އެވެ. ކުރެވޭ ކަންކަމަށް ވުރެ ކުރަން އުޅޭ ކަންކަމުގެ ވާހަކަ ދެއްކުން މިވަނީ އިތުރުވެފަ އެވެ. ސިޔާސީ ޕާޓީތައް އެއްގަލަކަށް އަރައި އެއްމޭޒެއްގެ ދޮށަށް ގޮސް އިއްތިހާދުވީ ކަންކަމަކީ ކޮބާހެއްޔެވެ؟ މައިގަނޑު މަގުސަދު ގުޅެނީ ކޮންކަމަކާ ހެއްޔެވެ؟ ހަގީގީ މަގުސަދަކީ މިރާއްޖޭގައި އޮތް މިހާރުގެ ސަރުކާރު ބަދަލުކޮށް ރާއްޖޭގެ ރައްޔިތުންނަށް އާ ފުރިހަމަ ޑިމޮކްރެސީ ވެއްޓެއް ގާއިމް ކޮށްދިނުމެވެ. މި މޭރުމުން އިއްތިހާދުގެ ހުރިހާ ބައިވެރިންވެސް ވާހަކަ ދައްކާފައި ވެއެވެ. ނަމަވެސް މިއަދު ހާލަތަކީ ކޮބާތޯ އެވެ؟

ދިވެހިރާއްޖޭގެ ގައުމީ އިއްތިހާދުގެ ތަރުޖަމާނެއްގެ ގޮތުން މަސައްކަތް ކުރެއްވި ޑރ. އަހުމަދު ޝަހީދު ވިދާޅުވީ އަމަލީ ގޮތުން ފެންނަ ކަންކަމަށް ބަލާއިރު ޕާޓީތައް ގުޅިގެން އުފައްދާފައިވާ އިއްތިހާދެއް ނެތްކަމަށް މިހާރު ގަބޫލުކުރެއްވޭ ކަމަށެވެ.

” އިއްތިހާދު ވެގެން އަޅުގަނޑުމެން މިއުޅެނީ ކޮންކަމަކަށްތޯ؟ އިބްރާހިމް އިސްމާއިލް ވިދާޅުވަނީ އިއްތިހާދު ވާންޖެހެނީ ފުރަތަމަ އިންތިޚާބު ބުރު ނިމުނީމައޭ. އުމަރު ނަސީރު އެވިދާޅުވަނީ އިއްތިހާދުގައި އެބަތިއްބޭ އޭނައާއެކު ނޫޅުއްވޭނެ ބޭބޭފުޅުން. ދެން އިއްތިހާދު ބައިބައި ނުވާކަމަށް އެވިދާޅުވާ ވާހަކަ އަޅުގަނޑަކަށް އެއްގޮތަކަށްވެސް ނުވިސްނޭ.“ ޝަހީދު ވިދާޅުވި އެވެ.

ދާދިފަހުން ކޮމިޝަންސް އޮފް އިލެކްޝަންސް އޮފީހުން ރަޖިސްޓްރީ ދޫކުރި ސޯޝަލް ލިބަރަލް ޕާޓިން ބުނަމުން ގެންދަނީ މައުމޫނާ ވާދަކުރުމަށް އިއްތިހާދުން އެއްކެންޑިޑޭޓަކު ނެރެންޖެހޭނީ އިންތިޚާބުގެ ދެވަނަ ބުރުން ކަމަށެވެ. އެހިސާބަށް ދިއުމުން އިންތިހާދުގެ ކެންޑިޑޭޓެއް އެނގޭނެ ކަމަށެވެ. މިހެން ވިދާޅުވެ އިބްރާ އޭނާގެ ރިޔާސީ ކެމްޕޭނެގެ ދަތުރުތައް ވަނީ ފައްޓަވާފަ އެވެ.

އިއްތިހާދު ނުރޫޅޭނޭކަމަށް ވިދާޅުވަމުން ގެންދަވާ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ)ގެ ރައީސް އުމަރު ނަސީރު ވަނީ އިއްތިހާދުގައި ބައިވެރިއެއް ކަމަށްވާ ޑރ. ހަސަން ސައީދަށް ތާއީދު ނުކުރައްވާނެކަން ހާމަކުރައްވާފަ އެވެ. އުމަރުވެސް ރިޔާސީ ކެމްޕޭނުތައް ވަނީ ފައްޓަވާފަ އެވެ.

އަދާލަތުން ބުނަމުން ގެންދަނީ އިއްތިހާދު ބައިބައި ނުވާނެ ކަމަށާއި އެޕާޓީން ކުރިއަށް ދާނީ އިއްތިހާދާ އެކުގައި ކަމަށެވެ.

” އިއްތިހާދު އުފެދުނީ އެންމެ ކަމެއް ކުރުމަކަށް ނޫން. އެތައް ކަމެއް އިއްތިހާދުން ކުރަމުން އެބަގެންދަން. ޚިޔާލު ތަފާތުވިޔަސް އިއްތިހާދެއް ނުރޫޅޭނެ. އިއްތިހާދުގެ ގޮތުގައި އިއްތިހާދު އޮންނާނެ. އަހަރެމެން މިދަނީ އިއްތިހާދުގައި މުހިންމު ރޯލެއް އަދާކުރަމުން. ހުރިހާ ޕާޓީތަކާ މިދަނީ ވާހަކަދައްކަމުން.“ އަދާލަތު ޕާޓީގެ ރައީސް ޝައިޚް ހުސައިން ރަޝީދު އަހުމަދު ވިދާޅުވި އެވެ.

ޕާޓީތަކުން އިއްތިހާދު ރޫޅޭކަމަށް ގަބޫލު ކުރާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް ފެންނަމުންދާ މަންޒަރު ތަކުން ވަނީ އެއްގަލަކަށް އެރޭ ގޮތް ނުވާތަނެވެ. ކުރަން އުޅުނު ކަންތައްތަކުގެ ފަހު މަރުހަލާއަށް ދިއުމަށް މިއަދު އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ މިހާރު ދެބަސްވެފައިވާ ކަންކަމަށް ހުރިހަ ޕާޓީތަކުން އިއްތިހާދު ނުވެވޭ ކަމެވެ. އެމަގުން ހިނގުމަށް ހުރިހާ ޕާޓީތައް އެއްގަލަކަށް އަރަން ބޭނުން ނުވާ ކަމެވެ.

ސޯޝަލް ލިބަރަލް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު މުހަންމަދު ނަޝީދު (ކާނަލް) ވިދާޅުވީ އިއްތިހާދު ވެފައިވާކަންތައްތައް ފުރިހަމަވެފައިވާ ކަމަށާއި އެއްކެންޑިޑޭޓް ނެރުމަށް އިއްތިހާދު ވެފައި ނުވާކަމަށެވެ.

” އިއްތިހާދުވީ އިންތިގާލީ ބާބެއް އެކުލަވާ ލަން. އިއްތިހާދުވީ ސަބަބު ހާސިލް ކުރެވިއްޖެ މުސްތަގްބަލްގައިވެސް އެބަޖެހޭ އޮންނަން. އެއްކެންޑިޓޭޓް ނުނެރިވިގެންނޭ ކިޔާފައި އިއްތިހާދުގެ ޖަނާޒާ ބާއްވާނެ ފުރުސަތެއް ނުދޭނަން. އިއްތިހާދުން ކޮންމެކަމެއްވެސް ނިންމާނީ ހުރިހާ ބައިވެރިންގެ އިއްތިފާގުން. އިއްތިފާގު ނުވެވޭނަމަ އެކަން ނުކުރުމަށް ވަނީ އެއްބަސް ވެފައި. އެހެންކަމުން މިކަމުން އެނގެނީ އިއްތިހާދުގެ މެދުގައި އުސޫލުތަކަކާއި ގޮތްތަކެއް ކަނޑައަޅާފައި އޮތްކަން. ދެޕާޓީއެއް އެކުވެގެން ކަމެއް ނިންމިއަސް އެއީ އިއްތިހާދުގެ ކަމެއްކަމަށް ގަބޫލެއް ނުކުރެވޭނެ.“ ކާނަލް ވިދާޅުވި އެވެ.

ޕާޓީތަކުގެ ވާހަކަތަކުން އިއްތިހާދެއް ނުރޫޅެެވެ. ނަމަވެސް އިއްތިހާދުގައި ހިމެނޭ ޕާޓީތަކުގައި ދެބަސްވުންތަކެއް އުޅޭކަން ޔަގީންވެ އެވެ. މިދެބަސްވުންތައް އުޅޭއިރު ވަކިވަކި ފަރުދުން ރައީސްކަމަށް ކުރިމަތިލާންކަން މިވަނީ ޔަގީންވެފަ އެވެ. އެއީ އަދުގެ ސަރުކާރަށް ލިބޭ ހިތްހަމަ ޖެހުމެއްކަން މިހާރު ވެރިކަންކުރަމުންދާކަމަށް ބުނާ ޑީއާރްޕީން ވަނީ ބުނެފަ އެވެ.

” ކޮންމެ ޕާޓީއަކުން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓުން ކުރިމަތިކުރާނަމަ އެއީ އަޅުގަނޑުމެންނަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް. ސަރުކާރާ އިދިކޮޅު ހިޔާލު ގެންގުޅޭ މީހުން ދާނީ ބައިބައިވެގެން. އެކި މީހުން އެކި ކެންޑިޑޭޓުންނަށް ވޯޓު ދިނީމަ ކޮންމެ ކެންޑިޑޭޓަކަށް ވެސް ލިބޭނީ ވަރަށް މަދު ވޯޓުކޮޅެއް. އެއާ ހިލާފަށް ދިވެހި ރައްޔިތުންގެ ޕާޓީ އެއީ އެކުވެރި އެއްބައިވަންތަ ޕާޓީއެއް ކަމުގައި އޮވެއްޖެ ނަމަ މާތް ﷲގެ ވާގިފުޅާ އެކު ދިވެހި ރައްޔިތުންގެ ޕާޓީން ނެރޭ ކެންޑިޑޭޓަށް ވަރަށް ބޮޑު ކާމިޔާބީއެއް ލިބިގެންދާނެ,“ އެންމެ ފަހުން ބޭއްވި ޑީއާރްޕީގެ އާއްމު ޖަލްސާގައި އެޕާޓީގެ ޒައީމް ވިދާޅުވި އެވެ.

އިއްތިހާދުން އެކަކު ނެރެގެން ނުވަތަ ކޮންމެ ޕާޓީއަކުން މީހަކު ނެރެގެން އިންތިޚާބުގައި ވާދަކުރުމަށް އިއްތިހާދު ނުވެވިގެން އުޅެނީ ކީއްވެބާއެވެ؟ މިދެގޮތުން ކުރެ ރަނގަޅުގޮތެއް ނިންމުމަށް ފަހު އިއްތިހާދުވެވޭ ގޮތަކަށް މަސައްކަތް ނުފެށިގެން މިއުޅެނީ ކީއްވެބާއެވެ؟ އެންމެ މުހިންމު ވަގުތު އެންމެ މުހިންމު ކަންކަމާ އިއްތިހާދުނުވެވި އިއްތިހާދު ރޫޅެނީބާއެވެ؟


    ކިޔުންތެރިންގެ ޚިޔާލު

  1. އަޖާއިބެއް ފަހެ ނުވާނެތަ. އިންތިހާދޭ ކިޔައިގެން ކިޔޭ ނުކިޔޭ އެއްޗެއް އެނގޭބާއޭ ހިތަށް އަރާ. އިންތިހާދު ނުރޫޅެއޭ ކިޔައިގެން ތިޔަ ވާހަކަ ދައްކަނީ ހައްތާ ވެސް ދެފޫދޯރިން. ބަހާ ޢަމަލާ ދިމާކުރެވޭތޯ ބަލާބަލަ.

    އާދިތްތަ، މޭއި 11 2008، 13:23
  2. ބަލަ އެންމެން ތަޅަނީ ފޮނި އަނގަ އިބުރާ އާއި އުމަރު އަދި ޙަސަން ސައީދުއާ ދެންވެސް ތިބި މީހުން ބޭނުންވަނީ ވެރިކަން.... ހުރިހާ އެންމެން ބުނި ބާރު ލާފައި އެއް ކެންޑިޑޭޓަކު ނެރޭ ވާހަކަ... ކޮބާ އެންމެ ފަހުން މައުމޫނު ބުނިހެން އެކަންތައް އެދަނީ ފަނުފުލުން ( މަޢުމޫނު ބުންޏަސް ތެދެއްވިއްޔާ ވާނީ ތެދަކަށްތާ ). އަދާލަތު ޕާޓީގެ ރައީސް ކިތަންމެ ވަރަކަށް ވީދި ވީދިފަ އެހެންކިޔަސް މިހާރު އިއްތިހާދު އެއޮތީ ބޮއްސުންލާފަ އަދި މީހާރު ޑރ.ޝަހީދަށް ވިސްނޭނެ ރާމާމަކުނު ގެންގުޅޭކަހަލަ ޚިޔާލު ގެންގުޅޭ މީހުން ގޮވައިގެން އުޅުން އެއީ ކިހާވަރެއްގެ ކަމެއްކަން. ހުރިހާ އެންމެވެސް އެތިބީ އަމިއްލަ އެދުމާއިގެން ގޮސް ފޯވެފަ. ދެން އުމަރު ކައިރިން އަހަން ބޭނުންވަނީ ޙަސަން ސައީދަށް ތާއީދު ނުކުރާނަމޭ ބުނީ އޭނަޔާ އޭނަގެ ބޭބެ ލިޔުނު ފޮތެއްގެ ސަބަބުން ބާއޭ ނުވަތަ އެހެން ޒާތީކަމެއް ނުވަތަ ހަސަދައެއް އޮވެގެން ބާއޭ! އުމަރު ހަމަ އެހާ ދީނަށް ތަބާވާ މީހެއް ބާވައޭ ހިތަށް އަރަނީ އެހެން މިބުނީ އުމަރުއަކަށް ނުކެރޭ އުމަރު އަންހެނުން ބުރުގާ އަޅުވާލާކަށްވެސް... އުމަރު ހަދަން އުޅޭ އެއްޗަކާ ދޭތެރޭ މަށަށް ޝައްކު!!! ސުވާލު؟

    އާދިތްތަ، މޭއި 11 2008، 14:38
  3. FnBARD dilvmeavkela, [url=http://izopxyzbcxvx.com/]izopxyzbcxvx[/url], [link=http://vhlzxukgvjdo.com/]vhlzxukgvjdo[/link], http://iqcbdgeuzkkx.com/

    ބުދަ، ޖުލައި 9 2008، 17:38
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv