މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުން ލަސްވަމުންދާތީ ޓީޗަރުން އަމަލުކުރިގޮތް

ރަނގަޅު
ރަނގަޅެއްނޫން

ނަތީޖާ ބައްލަވާ

ހިޔާނަތުގެ މައްސަލައަށް އެއްބަސްވެވަޑައިގެންނެވި ނަމަވެސް އޮލްމާޓް އިސްތިއުފާ ނުދެއްވާނެ

ހުސައިން ރަޝީދު މޭއި 10، 16:57 1 ޚިޔާލު

އެމެރިކާގެ މުއްސަނދި މަހުޖަނެއްގެ އަތުން ގިނަ ޢަދަދަކަށް ފައިސާ ހޯއްދެވިކަމަށާއި އެފައިސާގެ ބޭނުން ކުރެއްވިކަމަށް އެއްބަސްވެ ވަޑައިގެންނެވި ނަމަވެސް, މަޤާމުން ވަކިވެވަޑައި ނުގަންނަވާނެ ކަމަށާއި އިސްތިޢުފާ ނުދެއްވާނެ ކަމުގައި އިޒްރޭލުގެ ބޮޑުވަޒީރު އިހޫދު އޮލްމާޓް ވިދާޅުވެއްޖެއެވެ.

ޚިޔާނާތުގެ ތަފާތު މައްސަލަތައް ކުރިމަތިވެވަޑައިގެންފައިވާ އޮލްމާޓް ވިދާޅުވެފައިވާ ގޮތުގައި އޭނާ ކުރައްވާފައިވާ ކަމަކީ އެޤައުމުގެ ޤާނޫނުތައް މަނާކުރާ ކަމެއްނޫން ކަމަށެވެ.

އޭނާ އަދިވެސް ވިދާޅުވި ގޮތުގައި ކެމްޕެއިންގެ ދުވަސްވަރު އޭނާއަށް އެމެރިކާގެ މަހުޖަނެއްގެ ކައިރިން ލިބުނު އެހީތެރިކަމަކީ ކޮންމެހެން ޤާނޫނީ ގޮތުން ހުއްދަނުކުރާ ކަމެއްނޫން ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން އޮލްމާޓްގެ މިޢަމަލު ވަރަށްބޮޑަށް ކުށްވެރިކޮށްފައިވެއެވެ. އެފަދަ ފަރާތްތަކުން ބުނެފައިވާ ގޮތުގައި އޮލްމާޓްގެ އަގު މިހާރުވަނީ ވެއްޓިފައެވެ. އެހެންކަމުން އޭނާގެ އިސްތިޢުފާއަށް އެފަދަ ފަރާތްތަކުން ގޮވަމުންދެއެވެ.

އޮލްމާޓް ވިދާޅުވި ގޮތުގައި އޭނާ މަޤާމުން އިސްތިޢުފާ ދެއްވާނީ މެދުއިރުމައްޗަށް ޞުލްޙަ ގެނައުމަށް ކުރެވެމުންދާ މަސައްކަތުގައި އޭނާއަށް އިޒްރޭލު ބޭނުންވާ ގޮތަށް ކަންތައް ނުކުރެވިއްޖެ ހާލެއްގައި ކަމަށެވެ.

އެހެންކަމުން އޭނާގެ ސިޔާސަތަކަށް ވެގެންދާނީ މެދުއިރުމަތީގައި ދާއިމީ ޞުލްޙައެއް ޤާއިމު ކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ނާކާމިޔާބު ކޮށްލުން ކަމުގައި މިހާރު ބެލެވެމުންދެއެވެ. މިހާތަނަށް އޭނާ ކަންތައް ކުރައްވާފައިވަނީވެސް އެގޮތަށެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. CGx0Vi ykfjsrerfhts, [url=http://iaxanfykspia.com/]iaxanfykspia[/url], [link=http://qgqnrqiyhmbf.com/]qgqnrqiyhmbf[/link], http://wqvmaxtcrdqq.com/

    ބުދަ، ޖުލައި 9 2008، 17:32
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv