މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުން ލަސްވަމުންދާތީ ޓީޗަރުން އަމަލުކުރިގޮތް

ރަނގަޅު
ރަނގަޅެއްނޫން

ނަތީޖާ ބައްލަވާ

ބިޕާޝާ އާމިރާއެކު މަސައްކަތް ކުރާހިތްވާ ކަމަށް ބުނެފި

މޭއި 10، 16:35 0 ޚިޔާލު

ދާދިފަހުން ދިއްލީގައި ބޭއްވި އާ ސެންޓެއް ނެރުމުގެ ހަފްލާގައި ބޮލީވުޑްތަރި ބިޕާޝާ ބާސޫ އޭނާ ދެކޭ ބައެއް ހުވަފެންތައް އާންމުންނަށް އަންގާލައިފިއެވެ. ފިލްމު ރޭސްގެ ކާމިޔާބާއެކު އުފަލުން ފުރިފައި ހުރި ބިޕާޝާ ހާމަކުރި ގޮތުގައި އޭނާ ފިލްމީދާއިރާއިން އެންމެ ދެކެން ބޭނުންވާ އެއްދުވަހަކީ މަޝްހޫރު އެކްޓަރ އާމިރު ޚާންއާއެކު ފިލްމެއް ކުޅުމުގެ ފުރުސަތު ލިބޭނެ ދުވަހެކެވެ. ބިޕާޝާ ބުނާގޮތުގައި އާމިރުއަކީ އޭނާޔަށް ވަރަށް މަޤްބޫލު އަދި އެހާމެ ކުޅަދާނާ އެކްޓަރެއްވެސްމެއެވެ. ހަމަ މިވާހަކައިގެ ތެރޭގައި ބިޕާޝާ ބުނެފައިވަނީ ޝާހްރުކް ޙާންއާއެއްކޮށް މަސައްކަތް ކޮށްލުންވެސް އެއީ އޭނާ ވަރަށް ބޭނުންވާ ކަމެކެވެ. ބިޕާޝާ ބުނާގޮތުގައި ބޮލީވުޑަކީ ޝާހްއާނުލައި އެއްވެސް ތަނެއްނޫނެވެ. ޝާހްނެތްނަމަ ބޮލީވުޑެއްވެސް ނުވާނެއެވެ. ބޮލީވުޑް ދެ ޙާންގެ އިތުރުން ބިޕާޝާ އެކުގައި މަސައްކަތް ކުރުމުގެ އުއްމީދުކުރާ އަނެއް ތަރިޔަކީ މަލަޔަލަމް ސުޕަރ ސްޓަރ މަމޫޓީ އެވެ. އުމުރުން 54 އަހަރުގެ މަމޫޓީވަނީ އިންޑިޔާގެ ނެޝަނަލް ފިލްމް އެވޯޑްގެ އެންމެ މޮޅު އެކްޓަރުގެ މަޤާމް ހާސިލްކޮށްފައެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv