މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުން ލަސްވަމުންދާތީ ޓީޗަރުން އަމަލުކުރިގޮތް

ރަނގަޅު
ރަނގަޅެއްނޫން

ނަތީޖާ ބައްލަވާ

ބޮލީވުޑްގެ ތިން ސުޕަރ ސްޓާރުން ރިއަލިޓީޝޯ ހުށަހެޅުމުގެ މަސައްކަތުގައި

މޭއި 10، 16:34 1 ޚިޔާލު

ބޮލީވުޑްގައި މިވަގުތުތިބި އެންމެ ނަން ހިނގާ އަދި އެންމެ ކާމިޔާބި ތަރިންގެ ތެރޭގައި ގުނާލެވޭ ތިން އެކްޓަރުން ކަމަށްވާ ޝާހްރުކް ޚާން، ސަލްމާން ޚާން އަދި އަކްޝޭ ކުމާރު ފިލްމު ކުޅުމުގެ އިތުރުން އެހެން ކަމެއް ފަށައިފިއެވެ. މި ތިން ތަރިން މިފަހަރު ކުރަން ފަށާފައިވާ ކަމަކީ ރިއަލިޓީ ޝޯ ހުށަހަޅައިދިނުމެވެ. އެހެން ނަމަވެސް ތިން ތަރިން ހުށަަހަޅާދެނީ ތަފާތު ވައްތަރުގެ ތިން ޝޯއެވެ.

ކޯން ބަނޭގާ ކްރޯޕަތީ ހުށަހަޅާދީފައިވާ ސުޕަރ ސްޓަރ ޝާޚްރުކް ޚާން މިފަރުވެސް ހުށަހާޅާދެނީ ސްޓަރ ޕްލަސްގެ ޝޯއެކެެވެ. ކުޑަކުދިންނާއި ބޮޑެތިމީހުން އެކުވެގެން ކުޅޭ ކިޔާ އާޕް ޕާޗްވީ ޕާސްސޭ ތޭޒުހޭ ނަމަކަށް ކިޔާ މި ޓެލެވިޒަން ގޭމް ޝޯ ވަނީ މި ދިމަހުގެ 25 ވަނަދުވަހު ސްޓަރ ޕްލަސްއިން ދައްކަން ފަށާފައެވެ. މި ޝޯއަކީ އެމެރިކާގައި މިހާރު ދައްކަމުންދާ އާޔޫ ސްމާޓާ ދޭން އަ ފިފްތް ގްރޭޑްގެ އާއި ދާދިި އެއްގޮތް ގޭމް ޝޯއެެކެވެ.

ސޮނީ ޓީވީއިން ދެއްކުމަށް ހަމަޖެހިފައިވާ ސަލްމާ ޚާން ހުށަހަޅާދޭ ދަސްކާ ދަމް އަބް އިންޑިޔާ ސޯޗޭގާ ޕަސަންޓޭޖްމޭ އަކީވެސް އެމެރިކާގެ ޝޯއެއްކަމަށްވާ ދި ޕަވަރ އޮފް ޓެންގެ އިންޑިޔަން ވަރޝަންއެވެ.

ރިއަލިޓީ ޝޯ ހުށަހާޅާދިނުމުގެ ލިސްޓަށް އެންމެ ފަހުން އެރި ތަރިޔަކީ އެކްޝަން ސްޓަރ އަކްޝޭ ކުމާރެވެ. އަކްޝޭ ހުށަހަޅާދެނީ ފިއަރ ފެކްޓަރގެ އިންޑިޔަން ވަރޝަންއެވެ. އަކްޝޭ ހާމަކުރިގޮތުގައި ކުރިންވެސް މިކަހަލަ ވަރަށް ގިނަ ފުރުސަތުތައް އޭނާޔަށް ލިބުނުނަވަމެސް އޭނާ އިންތިޒާރުކުރަމުންދިޔަ ފުރުސަތު ލިބުމުން އެކަމާ އެއްބަސްވީ ކަމަށެވެ. އަކްޝޭ ހާމަކުރިގޮތުގައި ޝޯގައި އޭނާ ބައެއް ސްޓަންޓްތައް ހަދާނެއެވެ. އަދި ބައިވެރިންނަށް ސްޓަންޓްތައް ހަދާނެގޮތް ދައްކައިދޭނެވެސް ކަމަށް އަކްޝޭ ހާމަކުރިއެވެ. މި ޝޯއަށް ދީފައިވާ ނަމަކީ ހަތްރޯ ކޭ ކިލާޅީއެވެ. މި ޝޯގައި ގިނަ މަޝްހޫރު ތަރިންތަކެއް ބައިވެރިވާނެ ކަމަށްވެއެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. NJpWbB sraxwxylrypb, [url=http://oikqlivmvjix.com/]oikqlivmvjix[/url], [link=http://llnumkbpqaqq.com/]llnumkbpqaqq[/link], http://iwimecaamesf.com/

    ބުދަ، ޖުލައި 9 2008، 17:32
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv