
ސަރުކާރުގެ މުވައްޒަފުންނާމެދު ވަރަށް އިހާނެތިކޮށް ކަންތައްތައް ކުރަމުންދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި
ސިޔާސީ ޕާޓީތައް އުފެދުނު ފަހުން ބައެއް މުވައްޒަފުންނާ މެދު ވަރަށް އިހާނެތިކޮށް ސަރުކާރުން ކަންތައްތައް ކުރަމުން ގެންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްއިން ބުނެފި އެވެ. އެ ކޮމިޝަނުގެ ރައީސް އަހުމަދު ސަލީމް މިއަދު ވިދާޅުވީ މުވައްޒަފުންނާމެދު އިހާނެތިކޮށް ކަންތައްތައް ކުރާ ކަމަށް މިފަހަކަށް އައިސް ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
” އެއްވެސް ސަބަބެއް ނެތި ވަޒީފާއިން ވަކިކުރުމާއި, މުސާރަ ނުދީ ގޭގައި ބެހެއްޓުމާއި, ސަސްޕެންޑް ކުރުން މިދުވަސްރު އިތުރުވަފައިވާކަން ވަރަށް ބޮޑަށް ފާހަގަ ކުރެވޭ “ ސަލީމް ވިދާޅުވި އެވެ.
” މިއާ އިދިކޮޅަށް ބައެއް މުވައްޒަފުންނަށް އެކަށީގެންނުވާ ވަޒީފާ ދިނުމާއި މާއި ކައިރިކައިރީގައި އެއްވެސް އުޞޫލެއް ނެތި ޕްރޮމޯޝަންތައް ދިނުން ވެސް ވަނީ މިފަހަކަށް އައިސް އާއްމު ކަމަކަށް ވެފައި“
ސަލީމް ވިދާޅުވީ ވަޒީފާއާ ގުޅިގެން ދިމާވާ ތަފާތު މައްސަލަތައް ވަކި ފަރުދުން އެ ކޮމިޝަނަށް ހުށަހަޅަމުން ގެންދާ ކަމަށެވެ. އެ ފަދަ މައްސަލަތައް ބަލައި, އެފަދަ ފަރާތްތަކަށް އަލުން ވަޒީފާއަށް ނެރުމަށް މަސައްކަތް ކޮށްފައި ވާކަމަށް އޭނާ ވިދާޅުވި އެވެ.
” މިހާރަކަށް އައިސް ހުށަހެޅޭ އެފަދަ މައްސަލަތައް އަންނަނީ އިތުރުވަމުން. އެފަދަ މައްސަލަތައް ބަލައި ވަޒީފާއިން ވަކިކޮށް, ނޫނީ ގެއަށް ފޮނުވާލާފައި ތިބޭ މުވައްޒަފުން އަނބުރައި އޮފީހަށް ނެރުމުގައި ވަރަށް ބޮޑު ރޯލެއް އަޅުގަނޑުމެން މިހާރުވެސް މިއަންނަނީ ކުރަމުން“ ސަލީމް ފޯނުން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުވައްޒަފުންނާ މެދު އެފަދަ ގޮތަކަށް ކަންތައްތައް ސަރުކާރުން ކުރަމުން ގެންދިއުމަކީ އިންސާނީ ހައްގުތަކާ ޚިލާފުކަމެއް ކަމަށެވެ. ހުރިހާ މުވައްޒަފުންނަށް ހަމަހަމަ ގޮތަކަށް އަމަލުކުރަމުން ދިއުމަށް ވަނީ ސަރުކާރަށް ސަލީމް ގޮވާލެއްވި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން ބުނި ގޮތުގައި މުވައްޒަފުންނާމެދު އިހާނެތިކޮށް ކަންތައްތައް ކުރަމުންދާކަން އެ ކޮމިޝަނަށް ފާހަގަ ކުރެވިފައި ވަނީ ސިޔާސީ ޕާޓީތައް އުފެދި, ޕާޓީޕޮލިޓިކްސްއާ ގުޅިގެން ކަމަށެވެ.
ސަލީމް ވިދާޅުވީ ވަޒީފާއަދާ ކުރާ މީހުންގެ ހައްގުތަކެއް ވާ ފަދައިން ސަރުކާރުގެ ވެސް ހައްގުތަކެއް ވާކަން ދަންނަންޖެހޭނެ ކަމަށާއި ބައެއް މުވައްޒަފުންނަށް ބޮޑު ޚަރަދެއް ކޮށްގެން ކިޔަވާ ދިނުމުން ސަރުކާރަށް ޚިދުމަތް ކުރަމުން ނުގެންދާ މައްސަލައިގައި ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. މިއީ ވެސް މިފަހަކަށް އައިސް އިތުރުވަމުން އަންނަ މައްސަލައެއް ކަމުގައި އޭނާ ފާހަގަ ކުރެއްވި އެވެ.
” ބޮޑު ޚަރެދެއް ކޮށްފައި ކިޔަވައިދިނުމުން ބައެއް މީހުން ބަލަނީ ސަރުކާރަށް ޚިދުމަތް ކުރުމުގެ ބަދަލުގައި އަމިއްލަ ވިޔަފާރިއެއް ކުރެވޭތޯ. މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ބޮޑު މައްސަލައެއް“ އޭނާ ވިދާޅުވި އެވެ.
މުވައްޒަފުންނާމެދު އިހާނެތިކޮށް ސަރުކާރުން ކަންތައްތައް ކުރަމުންދާ ކަމަށް ސިޔާސީ ގިނަ ޕާޓީތަކުން ވެސް އަންނަނީ ބުނަމުންނެވެ.
-
ބުރާސްފަތި، މޭއި 24 2007، 08:27
މިއީ ވަރަށް ބޮޑު ހަގީގަތެއް. ދެރައީ މިކަން މިހާލަހުން އެގުނީމާ. ސަރުކާރުން މުވައްޒަފުންނާ ދޭތެރޭ އަމަލުތައް ބަހައްޓާގޮތުން ހީވަނީ މުވައްޒަފުންނަކީ ސަރުކާރުގެ އަޅުންނޭ. ގާނޫނުތަކާއި ގަވާއިދުތައް ހެދިފައި ހުންނަނީ އެންމެންވެސް އެއަށް އަމަލުކުރުމަށް. އެކަމަކު ބަޔަކު ތަނަކަށް އެއްވެ ޝުއޫރު ފާޅުކޮށްފިއްޔާ ފުލުން ނުކުމެ ތަޅާ ރޯނާގަންނުވާލާ. އެއީ ޣައިރުގާނޫނީ އަމަލެއްކަމަށް ބުނެ ބައެއް މީހުންނަށް ދައުވާކޮށް ޙުކުމްވެސް ކޮށްފައިވޭ. އެކަމަކު ސަރުކާރުން ގާނޫނާއި ގަވާއިދާއި ޚިލާފަށް ސަރުކާރުގެ މުވައްޒަފުންނާއި މެދު ކަންތައްކުރުމުން ސަރުކާރުން ކުރީ ޣައިރު ގާނޫނީ ކަމަކަށް ނުވޭ. އެހެންވީމާ ދެން އޮތީ އެންމެ ގޮތެއް އެއީ މިފަދަ ނޭދެވޭ އަމަލުތައް ހިންގާ ސަރުކާރު ބަދަލުކުރުން. މިނޫން އެހެން ގޮތަކަށް ލާހިކެއް ނޫން ދެން މި އަނިޔާވެރިކަމުން ސަލާމަތްވާކަށް.
-
ބުރާސްފަތި، މޭއި 24 2007، 16:32
ތިޔައީ މާގިނަ ވާހަކަ ދެއްކުމުގެ ބޭނުމެއް އޮތްކަމެއް ނޫން ޑީ.އާރު.ޕީ އަށް ވަނީމަ ނިމުނީ ކަންތައް.....