މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުން ލަސްވަމުންދާތީ ޓީޗަރުން އަމަލުކުރިގޮތް

ރަނގަޅު
ރަނގަޅެއްނޫން

ނަތީޖާ ބައްލަވާ

މާންދޫ މަސްދަޅު ޔޫރަޕަށް ބޭރުކުރުމުގެ ހުއްދަ ލިބިފައިވާ ކަމަށް ހޮރައިޒަން ފިޝަރީޒުން ބުނެފި

މުހައްމަދު އަފްރާޙް މޭއި 10، 14:40 1 ޚިޔާލު

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވުމަށް 2003 ވަނަ އަހަރު ފަށާފައިވާ ހޮރައިޒަން ފިޝަރީޒުން އުފެއްދަމުން ގެންދާ ” މާންދޫ މަސްދަޅު“ ޔޫރަޕަށް އެކްޕޯޓުކުރުމުގެ ހުއްދަ ދީފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

ހޮރައިޒަން ފިޝަރީޒްގެ ޖެނެރަލް މެނޭޖަރ މުހައްމަދު ރަޝީދު ބުރާސްފަތި ދުވަހު ވިދާޅުވީ އެކުންފުނިން އުފެއްދަމުން ގެންދާ މާންދޫ މަސްދަޅު ޔޫރަޕަށް ބޭރުކުރުމުގެ ހުއްދަ މިދިޔަ މަހުގެ 27 ވަނަ ދުވަހު ދީފައިވާ ކަމަށެވެ.

” އަޅުގަނޑުމެންގެ ކޮލެޓީ މިންގަނޑުތައް އެމިންގަނޑުތައް ބެލުމަށް ޔޫރަޕުގެ ކަމާއި ބެހޭ ފަރާތްތަކުން ހަވާލުކޮށްފައިވާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް. އެފަރާތުން ނަގާ ސާންޕަލްތައް ޔޫރަޕުގެ 27 ގައުމަކުން ބަލާ އެޕްރޫވް ދިނުމަށް ފަހު މިހާރު ވަނީ އަޅުގަނޑުމެންނަށް ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް މަސްދަޅު އެކްސްޕޯޓު ކުރުމުގެ ހުއްދަ ދީފައި.“ ރަޝީދު ވިދާޅުވިއެވެ.

ހޮރައިޒަން ފިޝަރީޒުން މައުލޫމާތު ދޭ ގޮތުގައި މިހާރު އެކުންފުނީގެ ފަރާތުން މާންދޫ ފިޝަރީޒް ކޮންޕްލެކްސްގައި ޖުމްލަ 3500 ޓަނުގެ މަސްބަންދުކުރާ ސްޓޯރޭޖެއް ހަދާފައިވާ ކަމަށާއި އަދި އެސްޓޯރޭޖުގައި މިއަހަރުގެ ފަހުކޮޅުފެށިގެން 100 ޓަނުގެ މަސް ބަންދުކުރެވޭ ކޭނަރީއެއް ވެސް ބިނާކޮށް މަސްބަންދު ކުރަމުންދާ ކަމަށެވެ.

” އަޅުގަނޑުމެންނަށް މިހާރު ހުއްދަ ލިބިފައިވުމާއި އެކު ޖޫންމަހުގެ ފަހުކޮޅުގައި އެކްސްޕޯޓުކުރުކަށް ފެށޭވަރުވާނެ. މިހާރުހުރި ކާރުހާނާގައި ޓޫނާ ޕައުޗް އާއި ކުކްޑް ލޮއިންސް ވެސް އުފައްދާ ގޮތަށް ވަނީ ހަމަޖެހިފައި. ނަމަވެސް މެއިން އެއްޗަކަށް ވަނީ ދަޅުމަސް.“ ރަޝީދު ވިދާޅުވިއެވެ.

ހޮރައިޒަން ފިޝަރީޒުން މައުލޫމާތުދޭ ގޮތުގައި އެކުންފުނީގެ ފަރާތުން ވެސް މިދިޔަމަހުގެ 21 ން 24 ގެ ނިޔަލަށް ބެލްޖިއަމްގެ ބްރަސަލްސްގައި ބޭއްވި ސީފުޑް ފެއަރގައި ބައިވެރިވެ އެކުންފުނީގެ އެކްސްޕޯޓު އިތުރުކުރުމުގެ ގޮތުން އެކިގައުމުތަކުގެ ކުންފުނިތަކާއި ވާހަކަ ދައްކާފައި ކަމަށެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. 871IK6 nmpocnbusjab, [url=http://lzfsvldzejzs.com/]lzfsvldzejzs[/url], [link=http://xlklpbnketxm.com/]xlklpbnketxm[/link], http://zxebrobvqbhr.com/

    ބުދަ، ޖުލައި 9 2008، 10:22
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv